
އުޒުބަކިސްތާން
ފަބިއޯ ކަނަވާރޯ

ފަބިއޯ ކަނަވާރޯ
އާބާދީ: 37 މިލިއަން މީހުން
ހަތެއް އަދި އަށް ވަނަ ގަރުނުގައި އަރަބިން އިސްލާމީ ގައުމެއްގެ ގޮތުގައި ބޭއްވި އުޒުބަކިސްތާނަކީ އޭޝިޔާގެ މެދުތެރެއަށްވާ ގޮތަށް ފިތިބާރުވެފައި އޮތް ގައުމެކެވެ. އެއީ ކޮޓަން އުފައްދައި އެކްސްޕޯޓް ކުރުމުގައި އަރާ އޮތް ގައުމެކެވެ. ނަތީޖާގެ އެއްގެ ގޮތުން ގައުމުގެ އާބާދީގެ ތެރެއިން ޕްރޮފެޝަނަލުންނާއި ކިޔަވާކުދިން ހިމެނޭ ގޮތަށް ކޮންމެ އަހަރަކު ވެސް އެއް މިލިއަން މީހުން ކޮޓަން އިންޑަސްޓްރީގައި މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މެދުތެރޭ އޭޝިޔާގައި އެންމެ ގިނައިން ކަރަންޓް އުފައްދާ ގައުމަކީ ވެސް އުޒުބަކިސްތާނެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގެ ނާޒީންނާ ދެކޮޅަށް ނުކުތް އުޒުބަކިސްތާން، 200 އަހަރު ފަހުން ރަޝިޔާ އަތްދަށުން ސަލާމްވެ އެ ގައުމުގެ ނަމުން ވެސް ދޭހަކޮށްދޭ ފަދަ މިނިވަން ބިމަކަށްވީ 1991 ވަނަ އަހަރު އެވެ. ގައުމުގެ ގިނަ ބަޔަކު ވާހަކަ ދައްކަނީ އުޒްބެކް، ރަޝިޔާ އަދި ތަޖިކް ބަހުންނެވެ. އެ ގައުމުގެ ދިދާގައިވާ ހަތަރު ކުލައިން ދޭހަ ކޮށްދެނީ ތަފާތު ހަތަރު ކަމެކެވެ. ނޫކުލައިގެ މާނައަކީ ކަނޑާއި އުޑެވެ. ހުދު ކުލައިން ދޭހަ ކޮށްދެނީ އަމާންކަމެވެ. ފެހި ކުލައިގެ މާނައަކީ ގުދުރަތީ މާހައުލާއި އެމީހުންނަށް ލިބުނު މިނިވަންކަމުގެ ހަޔާތެވެ. ރަތް ދެ ފަށުން ދޭހަ ކޮށްދެނީ އިންސާނުންގެ ހަޔާތެވެ. ނުވަތަ ލެޔެވެ. ނޫކުލައިގެ ތެރޭގައިވާ ހަނދުފަޅި އާއި 12 ތަރީގެ މާނައަކީ މިނިވަންކަމާއި އެ ގައުމުގެ 12 ސަރަހައްދެވެ. ދުނިޔޭގެ އެންމެ ވައިނުސާފު އެއް ގައުމަކީ ވެސް އުކުބަކިސްތާނެވެ.
އުޒުބަކިސްތާން ވޯލްޑް ކަޕަށް ކޮލިފައިވީ އިރާނުގެ ފަހަތުން އޭޝިޔާ ކޮލިފައިންގެ ގްރޫޕް އީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި މެޗާއި ބަލިވި މެޗުގެ އިތުރުން ޕޮއިންޓްގެ ގޮތުން ވެސް އިރާނާއި އުޒުބަކިސްތާންވީ ހަމަހަމަ އެވެ. އިރާނުގެ ފަހަތަށް ދިޔައީ ފައިދާ ތިން ގޯލެއް މަދުވެގެންނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | COLކޮލޮމްބިއާ | 3 | +3 | 7 |
| 02 | PORޕޯޗުގަލް | 3 | +5 | 5 |
| 03 |
| 3 |
| +1 |
| 4 |
| 04 | UZBއުޒުބަކިސްތާން | 3 | -9 | 0 |
އުޒުބަކިސްތާނުގެ ވެސް އެއްވަނަ ކުޅިވަރަކީ ފުޓްބޯޅަ އެވެ. މިނިވަންވުމުގެ މާކުރިން ވެސް އުޒުބަކިސްތާނުގެ ކުލަބުތަކާއި ފުޓްބޯޅަ ލީގު ތައާރްފަ ވެއްޖެ އެވެ. މިކަން ކުރި ބަޔަކީ ރަޝިޔާ މީހުންނެވެ. ސޯވިއެޓް ޔޫވިއެޓް ޔޫނިއަންގެ ލީގުގައި ވެސް އެ ގައުމުގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޕާކްތެކާ ކުޅުނެވެ.
އުޒްބަލިސްތާން ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ ކެޕްޓަން އަދި ފޯވަޑް އެލްޑޯ އަޒްމަޓޯ ޝޮމްރްދޯވް އެވެ. އުމުރުން މިހާރު 30 އަހަރުގެ ފޯވަޑް ވަނީ ގައުމީ ޓީމަށް މިހާތަނަށް 90 މެޗުން 44 ގޯލު ޖަހައިދީފަ އެވެ. އޭނާ މިވަގުތު ކުޅެނީ އިޓަލީގެ ރޯމާއިން ލޯނު އުސޫލުން ދޫކޮށްލުމުން ތުރުކީ ލީގުގަ އެވެ.
އުޒުބަކިސްތާނުގެ ގިނަ ކުޅުންތެރިން ކުޅެނީ އަމިއްލަ ގައުމުގަ އެވެ. ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިން ތެރެއިން މެންޗެސްޓާ ސިޓީގެ އަބްދުކޯދިރް ހުސަނޯވް އަކީ ޓީމުގެ އެންމެ އިތުބާރު ޑިފެންޑަރެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 25 މެޗު ކުޅެދީފަ އެވެ. އިރާނުގެ އިސްތިގްލާލް އަށް ކުޅޭ ރުސްޓަމް އަޝުރްމަޓޯވް އަކީ ގައުމީ ޓީމަށް 47 މެޗު ކުޅެދީފައިވާ ތަޖުރިބާކާރެކެވެ. މީގެ އިތުރުން އީރާނުގެ ޕާސޭޕޮލިސް އަށް ކުޅޭ ތަޖުރިބާކާރު ފޯވަޑް އިގޯ ސާގީވް ވަނީ ގައުމީ ޓީމަށް 81 މެޗުން 24 ގޯލު ޖަހައިފަ އެވެ. އިރާގުގެ އެރްބިލް އަށް ކުޅޭ ޝެރްޒޯދް ޓެމިރޯވް އަކީ ވެސް އަރަމުން އަންނަ ކުޅުންތެރިއެކެވެ.
ކޯޗު ކަނަވާރޯ އަށް ޖެހިފައިވާ އެންމެ ބުރަ މަސައްކަތަކީ ޓީމުގެ ޑިފެންސިވް ޑިސިޕްލިން ވަރުގަދަ ކުރުމެވެ. އޭނާގެ އިޓާލިއަން ސްޓައިލަށް ޓީމު ހާނުވަން ފަހަތް ވަރުގަދަކޮށް، ދިފާއުގައި ބޯޅަ ނެތީސް ތިބޭއިރު ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ދަށްވުމަކީ ވަރަށް ގިނަ މެޗުތަކުގައި ފެނިފައިވާ މަންޒަރެކެވެ. މިކަންކަން ބަދަލު ކުރަން އޭނާ މަސައްކަތް ކުރިއިރު ކުރިމަތިވި އަނެއް މައްސަލައަކީ ގިނަ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމެވެ. ހާއްސަކޮށް އީރާނުގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިން ނުކުޅެ ގިނަ ދުވަހު ތިބެން ޖެހުމެވެ.
ކޯޗު: ފަބިއޯ ކަނަވާރޯ
އުމުރު: 52
ގައުމު: އިޓަލީ
އުޒުބަކިސްތާނުގެ ކޯޗަކީ ދުނިޔެ އަށް މަޝްހޫރު ޑިފެންޑަރު ފަބިއޯ ކަނަވާރޯ އެވެ. އޭނާ ކޯޗުކަމާ ހަވާލުވީ އުޒުބަކިސްތާން ވޯލްޑް ކަޕަށް ކޮލިފައިވި ފަހުން މިދިޔަ ޑިސެމްބަރު މަހު އެވެ. ކަނަވާރޯ އަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބު ކޮށްދިން ކެޕްޓަނެވެ. އިޓަލީ ވޯލްޑްކަޕުގައި ނެތްތަން ފަޅުފިލުވައިދޭނެ މަދު މީހުންގެ ތެރެއިން އެކަކީ ކުރިން ރެއާލް މެޑްރިޑަށް ކުޅެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ އިތުބާރު ދިފާއީ ކުޅުންތެރިޔާ އެވެ.
ކަނަވާރޯ ކޯޗުކޮށްދޭން ފެށީ 2014 ވަނަ އަހަރު ޗައިނާގެ ކުލަބު ގުއަންގްޒޫ އިންނެވެ. އޭގެ ފަހުން ސައޫދީ އަރަބިއާގެ އައް ނަސްރާއި ކްރޮއޭޝިޔާގެ ޑީނަމޯ ޒަގްރެބާއި އިޓަލީގެ އުދިނޭޒީ އަށް ވެސް ކޯޗުކޮށްދިނެވެ. އުޒްބަކިސްތާނަކީ އޭނާ ކޯޗުކޮށްދޭ ދެ ވަނަ ގައުމީ ޓީމެވެ. މީގެ ކުރިން ކޯޗުކޮށްދިނީ 2019 ވަނަ އަހަރު ޗައިނާ އަށެވެ.
ކަނަވާރޯގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. ކޯޗެއްގެ ގޮތުގައި އޭނާ އަށް މިހާތަނަށް ލިބުނު ކާމިޔާބީ އަކީ ޗައިނާގެ ސުޕަލީގާއި އެ ގައުމުގެ އެފްއޭކަޕް ކާމިޔާބު ކުރުމެވެ.
ޔޫރަޕާއި އެފްރިކާގެ ޓީމުތަކާ ކުޅޭއިރު ފިޒިކަލީ ފިޓްނޫން ނަމަ އެކަންވާނީ ފޫނުބެއްދޭނެ ގެއްލުމަކަށް. އުޒިބަކިސްތާނުގެ ލީގުގެ އެންމެ ބޮޑު މައްސަލައަކީ އިންޓެންސިޓީ ދަށްވުން. މިކަންކަން އެއް ދުވަހުން ރަނގަޅެއް ނުކުރެވޭނެ. އަހަރުމެން ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވަރަށް ބޮޑު އުފަލެއް. އެކަމަކު މުބާރާތަށް ފުރިހަމަ އަށް ތައްޔާރުވެގެން ދިއުމަކީ މުހިންމު ކަމެއް. މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅުންތެރިންގެ ފިޓްނަސް.