
ކޮންގޯ
ސެބަސްޓިއަން ޑިސޭބްރާ

ސެބަސްޓިއަން ޑިސޭބްރާ
އާބާދީ: 6 މިލިއަން މީހުން
ބެލްޖިއަމް އަތުން ކޮންގޯ މިނިވަންވީ 1960ގަ އެވެ. އެފްރިކާ ބައްރުގައި ނުވަ ގައުމަކާ އިންވެގެން އޮތް ކޮންގޯ އަކީ މި ސަރަހައްދުގެ ދެ ވަނަ އަށް އެންމެ ބޮޑު ގައުމެވެ. އެހާ ތަނަވަސް ގައުމެއް ނޫނެވެ. ކުޑަކުދިން ހަނގުރާމައިގައި ބައިވެރިކުރުމާއި އަސްކަރިއްޔާ އަށް ނެރުން އިންތިހާ އަށް އޮތުމުން ކޮންގޯ އަކީ އދ. އިން އެންމެ ވަރުގަދަ އިސްލާހީ ހަރަކާތް ހިންގަން ޖެހުނު އެއް ގައުމެވެ. އިގްތިސާދު ބިނާވެފައިވަނީ ތެލާއި ދަނޑުވަރިކަމަށެވެ. އަތްތެރި މަސައްކަތުގައި ވެސް ކޮންގޯ އަކީ ގަދަ ބައެކެވެ. މާ ތަނަވަސް ނޫނަސް އެއީ ގުދުރަތީ ވަސީލަތްތައް މުއްސަނދި ގައުމެކެވެ. ރަނާއި ރިއްސާއި މައުދަނާއި ތެލަކީ ވެސް އެ ގައުމުގައި ގިނަ އެވެ. މައިގަނޑު ފަސް ބަހަކުން ވާހަކަ ދައްކާ ގައުމުގެ ގިނަ މީހުންނަކީ އަހަރަކު 200 ޑޮލަރު ވެސް ނުލިބޭ މީހުންނެވެ. މުސްލިމް އާބާދީ އަކީ ގާތްގަނޑަކަށް 10 ޕަސެންޓެވެ.
ކޮންގޯ ވޯލްޑް ކަޕަށް ކޮލިފައިވީ އިންޓަކޮންޓިނެންޓަލް ޕްލޭއޯފް ކުޅެގެންނެވެ. ބަލިކުރީ ޖެމެއިކާ އެވެ. މި ހިސާބަށް ކޮންގޯ ދަތުރު ކުރީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕް ބީގެ ދެ ވަނަ ހޯދައިގެންނެވެ. ސެނެގާލަށްވުރެ ކޮންގޯ އަށް މަދުވީ އެންމެ ދެ ޕޮއިންޓެވެ. ކޮލިފައިންގައި ކޮންގޯ އާއި ސެންގާލަށް ވެސް މޮޅުވެވުނީ ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުންނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | COLކޮލޮމްބިއާ | 3 | +3 | 7 |
| 02 | PORޕޯޗުގަލް | 3 | +5 | 5 |
| 03 |
| 3 |
| +1 |
| 4 |
| 04 | UZBއުޒުބަކިސްތާން | 3 | -9 | 0 |
ކޮންގޯގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެފްރިކާގެ ޗެމްޕިއަންކަން 1968 އާއި 1974 ވަނަ ހޯދި އެވެ. އެކަމަކު އެއީ އެ ގައުމަށް ކުރިން ކިޔައި އުޅުނު ނަން ކަމަށްވާ ޒާރޭގެ ނަމުގަ އެވެ. ގައުމުގައި ވަނީ ބައިނަލް އަގްވާމީ މެޗުތައް ކުޅެވޭ ފެންވަރުގެ އެންމެ ދެ ސްޓޭޑިއަމެވެ. ގައުމުގެ އެތެރޭގެ ފުޓްބޯޅައިގެ ހާލަތު ދަށުގައި އޮތަސް ގިނަ ކުޅުންތެރިން ކުޅެނީ އަމިއްލަ ގައުމުގަ އެވެ. ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ޑިފެންޑަރު ކްރިސްޓް މަކޯސޯ ކުޅެނީ އިނގިރޭސި ޗެމްޕިއަންޝިޕުގެ ދެ ވަނަ ފަންތީގެ ޓީމެއް ކަމުގައިވާ އޮކްސްފޯޑް ޔުނައިޓެޑަށެވެ. ރޮމާރިކް އެޓޫ ކުޅެނީ ޖޯޖިއާގަ އެވެ. މިޑްފީލްޑަރު މާވެލީ ކުޅެނީ ކްރޮއޭޝިޔާ ލީގުގަ އެވެ.
މި ފަހަކަށް އައިސް ކޮންގޯއިން ކުރި އެއް ކަމަކީ އެ ގައުމާ ގުޅުން ހުރި ދުނިޔޭގެ އެކި ތަންތަނުގައި ތިބި ކުޅުންތެރިން އަތްފުނާ އަޅައިގެން ހޯދުމެވެ. މިގޮތަށް ގައުމީ ޓީމު ވަރުގަދަ ކުރުމުން ވޯލްޑް ކަޕް ކޮލިފައިންގައި މައްސަލަ ވެސް ޖެހުނެވެ. އެ ގައުމަށް އުފަންވެފައިވާ ނުވާ އަދި ޔޫރަޕަށް ނިސްބަތްވާ ނުވަ ކުޅުންތެރިން ލައްވައި ކުޅުވި ކަމަށްބުނެ ނައިޖީރިއާ އާއި ކެމަރޫނުން ފީފާ އަށް ވެސް ދިޔަ އެވެ. ބުނީ ޔޫރަޕަށް އުފަންވި ނުވަ ކުޅުންތެރިއަކު ކޮންގޯގެ ރަށްވެހިން ކަމުގައި ހެދީ ގަވާއިދާ ހިލާފަށް ކަމަށެވެ. ފްރާންސާއި ނެދަލޭންޑްސް އަށް ނިސްބަތްވި ކުޅުންތެރިންނަށް ކޮންގޯގެ ރަށްވެހިކަން ދިނީ އެ މީހުން ކުރިން ނިސްބަތްވި ގައުމުތަކުގެ ޕާސްޕޯޓް ދޫކޮށްނުލައި ކަމަށް ބުނެ ޖެއްސި މައްސަލަ ފިފާއިން ބަލާފައި ނިންމީ މައްސަލައެއް ނެތް ކަމަށެވެ. ކޮންގޯގެ އަނެއް މައްސަލައަކީ ހިޔާނާތާއި ކޮރަޕްޝަނެވެ.
ކޮންގޯގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ޑިފެންޑަރު އެލެކްސް ޓުއާންޒެބޭ އެވެ. އޭނާ އަކީ ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މިޑްފީލްޑަރު މާވެލީ ވަނީ ގައުމީ ޓީމަށް 28 މެޗު ކުޅެދީފަ އެވެ. ތުރުކީ ލީގުގައި ކުޅޭ ޗަންދްރެލް މަސަންގާ ވެސް ވަނީ ގައުމީ ޓީމަށް 13 މެޗުން އެއް ގޯލު ޖަހައިދީފަ އެވެ.
ކޮންގޯ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޓީމެކެވެ. ވަރުބަލިކަމެއް ނެތި މުޅި ޓީމު ކުޅޭއިރު އެންމެ ފާހަގަކޮށްލެވޭ ބަޔަކީ އެ މީހުންގެ ހަލުވި ފޯވަޑް ލައިނެވެ. އަވަހަށް ދޭ ބޯޅަތަކާއެކު އެ މީހުންގެ ސްޕީޑްގެ ބޭނުންކުރެ އެވެ. ޓީމުގެ ޑިފެންސިވް ޑިސިޕްލިން މިހާރު ކުރިއަށްވުރެ ހަރުދަނާ އެވެ. މެދުތެރެ އަށް ކުޅޭ ކުޅުންތެރިންނަކީ ފަހަތުން ބޯޅައާއެކު ކުރިއަރައި އެހެން ކުޅުންތެރިންނަށް އެހީވާ ބައެކެވެ. ހާއްސަކޮށް އެ މީހުންގެ ދިގު ބޯޅަތައް ކޮލިފައިން މެޗުތަކުގައި ފެނުނީ ކާމިޔާބު ކޮށެވެ.
ކޯޗު: ސެބަސްޓިއަން ޑިސޭބްރާ
އުމުރު:
ގައުމު: 49
ގައުމު: ފްރާންސް
ކޯޗު ސެބަސްޓިއަން ޑިސޭބްރާ އަށް ގައުމީ ކޯޗުކަން ދިނީ 2022 ވަނަ އަހަރު އެވެ. އޭނާ ވަނީ ކޮންގޯގެ ކޯޗުކަމާ ހަވާލުވުމަށްފަހު ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ ކުރިން އޭނާ ވަނީ ކެމަރޫނާއި ކޮންގޯ އާއި އެންގޯލާ އާއި ޔޫއޭއީ ފަދަ ގައުމުތަކުގެ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވަރަށް ބޮޑު އުފަލެއް. އަހަރެން އެންމެ އުފާވަނީ ހުރިހާ ކުޅުންތެރިން ވެސް އެއް އަމާޒަކަށް ދާން މަސައްކަތް ކުރާތީވެ. ޓީމުގެ އެކުވެރިކަން ވަރަށް ބޮޑު. އަހަރުމެން އެކަކު އަނެކަކަށް އިތުބާރު ކުރަން. މިއީ ޓީމެއްގައި ވަރަށް މުހިންމު ކަމެއް. އަހަރުމެންގެ ޑިފެންސިވް ޑިސިޕްލިން ވަރަށް ރަނގަޅު. މިއީ ވޯލްޑް ކަޕް ކުޅޭއިރު ވަރަށް މުހިންމު ކަމެއް.