
ކޮލޮމްބިއާ
ނެސްޓާ ލޮރެންޒޯ

ނެސްޓާ ލޮރެންޒޯ
އާބާދީ: 53 މިލިއަން މީހުން
އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑަށް ވެސް ވާގޮތަށް އޮންނަ ކޮލޮމްބިއާ އަކީ ދެކުނު އެމެރިކާގެ ބިޔަ ގައުމެކެވެ. ގައުމުގެ ބޮޑުބައި ދަނޑުވެރިކަމަށް ހާއްސަވެފައިވާ ގުދުރަތީ ގޮތުން މުއްސަދި މި ގައުމުގައި އެންމެ ގިނައިން މިހާރު ހައްދަނީ ކޮފީ އެވެ. ކޮލަމްބިއާގެ ގިނަ ބަޔަކު ވާހަކަ ދައްކަނީ ސްޕެނިޝް ބަހުންނެވެ. ސަބަބަކީ ސްޕޭނުގެ ރަސްކަން އެ ގައުމުގައި ގިނަ ދުވަސްތަކެއްގައި އޮތުމެވެ. 1993 ވަނަ އަހަރު ކޮލަމްބިއާ ދުނިޔެ އަށް މަޝްހޫރުވީ މަރުގެ ސިޓީގެ ގޮތުގަ އެވެ. ސަބަބަކީ މަޝްހޫރު އެސްކޮބާ ބަޑިޖަހައި މަރާލުމާ ގުޅިގެންނެވެ.
ކޮލޮމްބިއާ ވޯލްޑް ކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާގެ ތިން ވަނަ ގައުމުގެ ގޮތުގަ އެވެ. ކުޅުނު 18 މެޗުގެ ތެރެއިން އެގައުމު ވަނީ 14 މެޗު ބަލިނުވެ ސަލާމަތްވެފަ އެވެ. ހަތް މޮޅާއި ހަތް އެއްވަރުވުމާއެކު ހަތަރު މެޗުން ބަލިވި އެވެ.
ފުޓްބޯޅައިގެ ވަރުގަދަ ހިސާބަކަށް ނިސްބަތްވި ނަމަވެސް ކޮލަމްބިއާ އަކީ ފުޓްބޯޅައިގައި މާ ފުންނާބު އުސްބައެއްނޫނެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދެވުން ފިޔަވައި އެމީހުންނަށް މި މުބާރާތުގައި ހޯދުނު ކާމިޔާބީއެއް ނެތެވެ. ކޮލަމްބިއާ ފާހަގަ ކުރެވެނީ ދޭތެރެ ދޭތެރެއިން ވޯލްޑް ކަޕަށް ކުޅޭ މެހުމާނެއްގެ ގޮތުގަ އެވެ. މިހާރު އެ ގައުމުގައި އޮތް ޓީމަކީ 2014 ވަނަ އަހަރުގެ ކާމިޔާބީ ފަހަނައަޅައި ދެވޭވަރުގެ ޓީމެއް ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ގަބޫލު ނުކުރެ އެވެ. ވޯލްޑް ކަޕުން ދިވެހިންގެ ތެރެއަށް މަޝްހޫރުވި ކާލޮސް ވަލްޑަރާމާއަކީ ކޮލަމްބިއާ އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | COLކޮލޮމްބިއާ | 3 | +3 | 7 |
| 02 | PORޕޯޗުގަލް | 3 | +5 | 5 |
| 03 |
| 3 |
| +1 |
| 4 |
| 04 | UZBއުޒުބަކިސްތާން | 3 | -9 | 0 |
ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަންބޫޓު ހާސިލް ކުރި ހާމޭސް ރޮޑްރިގޭޒެވެ. އެ މުބާރާތަށް ފަހު ސްޕޭނުގެ ރެއާލް މެޑްރިޑުން އޭނާގެ ސޮއި ހޯދި ނަމަވެސް ހާމޭސް ވެގެންދިޔައީ ސައިބޯނި ބޮތްކަކަށެވެ. ގައުމީ ޓީމަށް 124 މެޗުން 31 ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ މިހާރު ކުޅެނީ އެމެރިކާގެ މިނެސޮޓާގަ އެވެ. މިއީ ހަ އަހަރު ތެރޭގައި އޭނާގެ ހަތް ވަނަ ކުލަބެވެ.
ވައިސް ކެޕްޓަން ޑޭވިޑް އޮސްޕިނާ އަކީ ތަޖުރިބާކާރު ކީޕަރެކެވެ. ގައުމީ ޓީމަށް 129 މެޗު ކުޅެދީފައިވާ ކީޕަރު މިހާރު ކުޅެނީ ކޮލަމްބިއާގެ އެތްލެޓިކޯ އަށެވެ. އިނގިރޭސި ކުލަބު ކްރިސްޓަލް ޕެލަސްގެ ޑެނިއަލް މުނޯޒް އާއި ޔުވެންޓަސްގެ ހުއާން ކާބެލް އާއި ގަކަޓަސަރާއީގެ ޑެވިންސަން ސަންޗޭޒަކީ ފަހަތުގެ މުހިންމު ކުޅުންތެރިންނެވެ.
މެދުތެރެއިން ރިވަޕްލޭޓުގެ ކެވިން ކަސްޓާނޯ އާއި އެންމެ ކުރިން ބަޔާން މިއުނިކްގެ ފޯވަޑް ލުއިސް ޑިއާޒަކީ ވަރަށް މުހިންމު ދެ ކުޅުންތެރިންނެވެ. ހާއްސަކޮށް ޑިއާޒް ފޯމުގައި ހުރެފިނަމަ އެޓޭކް ވަރުގަދަ ވާނެ އެވެ.
ކޮލަމްބިއާގެ ޓީމުގެ ހިތުވިންދަނީ އަދިވެސް ހާމޭސް ރޮޑްރިގޭޒް އެވެ. ދިފާއީ ކުޅުމެއް ޓީމު ކުޅޭއިރު ކޮލިފައިންގައި އެކަނި ވެސް އޭނާ ހަތް ބޯޅަ ގޯލު ޖަހަން ދިނެވެ. އެކަމަކު އޭނާގެ ގޯލު ޖެހުމުގެ ރޭޓް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކޮލަމްބިއާގެ ދިފާއު ބަލިކަށްޓެވެ. ޓީމުގެ ވަރުގަދަކަން ފެނިގެންދަނީ ވަކިވަކި ކުޅުންތެރިންގެ ފަރާތުންނެވެ. ހާއްސަކޮށް ލުއިޒް ޑިއާޒްފަދަ ހަލުވި ކުޅުންތެރިންނަށް ބޯޅަ ލިބުމުންނެވެ.
ކޯޗު: ނެސްޓާ ލޮރެންޒޯ
އުމުރު: 60
ގައުމު: އާޖެންޓީނާ
ކޮލޮމްބިއާގެ ކޯޗަކީ ނެސްޓާ ލޮރެންޒޯ އެވެ. އާޖެންޓީނާގެ 60 އަހަރުގެ ކޯޗު ގައުމީ ޓީމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ކޮލަމްބިއާ އާއި އާޖެންޓީނާގެ ގައުމީ ޓީމުގައި އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 44 މެޗުގެ ތެރެއިން ބަލިވީ އެންމެ ހަތް މެޗުންނެވެ. މޮޅުވީ 26 މެޗުންނެވެ. އެންމެ ހާއްސަ ކާމިޔާބީ އަކީ 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލަށް ކޮލޮމްބިއާ ގެންގޮސްދިނުމެވެ.
އަހަރުމެން ޓީމުގައި ދުނިޔޭގެ ފެންވަރުގެ ދެ ކުޅުންތެރިން އެބަތިބި. އެއީ ހާމޭސް އާއި ލުއިޒް ޑިއާޒް. މި ދެ ކުޅުންތެރިން ބަރޯސާ ނުވެ މުޅި ޓީމު ބެލެންސްކޮށް ކުޅުމަކީ ވަރަށް މުހިންމު ކަމެއް. ޓީމުގެ ދިފާއުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި. އަދި އެމެރިކާގެ ހޫނުގައި ކުޅެން ޓީމު ފަރިތަވެސް ވާން ޖެހޭ. އޭރުން މުހިންމު މެޗުތަކުގައި އެ މައްސަލަތަކާ ކުރިމަތިލާން އެނގޭނީ.