
އެމެރިކާ
މައުރީސިއޯ ޕޮޗެޓީނޯ

މައުރީސިއޯ ޕޮޗެޓީނޯ
އާބާދީ: 349 މިލިއަން މީހުން
އެމެރިކާ އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމެވެ. މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ މައި ގައުމު ވެސްމެ އެވެ. އެމެރިކާގެ ގާނޫނު އަސާސީގައިވަނީ އެންމެ 4543 ބަހެވެ. އެމެރިކާގައި 27 ބާވަތެއް ދިދަ ގެންގުޅެ އެވެ. ކޮންމެ ސްޓޭޓަކަށް ވަކި ދިދަ އެކެވެ. ގައުމުގެ އެންމެ ދުވަސްވީ ސިޓީ އަކީ ފްލޮރިޑާ އެވެ. ނިއުޔޯކަކީ ދުނިޔޭގެ މާލީ ދަރުބާރެވެ. މުޅި ދުނިޔެ އަށް އަތްގަދަ ކުރުމުގެ ވިސްނުމުގެ ތެރެއިން އެމެރިކާގެ އެންމެ އިސްކަންދޭ ކަމަކީ އެ ގައުމުގެ ގައުމީ ސަލާމަތް ވަރުގަދަ ކުރުމަށެވެ. އެމެރިކާގައި ފުޓްބޯޅައިގެ މަގުބޫލުކަން އަންނަނީ އެމެރިކަން ފުޓްބޯޅަ އާއި ބާސްކެޓްބޯޅަ އާއި ބޭސްބޯޅަ، ޓެނިސް އަދި ބައެއް ފަހަރު ހޮކީގެ ވެސް ފަހަތުންނެވެ. ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕަކީ އެ ގައުމުގައި ބާއްވާ ދެ ވަނަ ވޯލްޑް ކަޕެވެ.
އެމެރިކާ ވޯލްޑް ކަޕަށް ކޮލިފައިވީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. މިއީ ފަހަރުގައި އެމީހުންނަށް އޮތް ގޮންޖެހުމެކެވެ.
1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅުނުކަން ވެސް އެމެރިކާގެ ބައެއް މީހުންނަށް އެނގުނީ މުބާރާތް ނިމުނު ފަހުންނެވެ. އޭގެ 22 އަހަރު ފަހުން ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ބާއްވާއިރު އެމެރިކާގެ ކުޅިވަރުގެ އީކުއޭޝަނަށް ވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފަ އެވެ. ޑޭވިޑް ބެކަމާއި ލަޔޮނަލް މެސީ ފަދަ ތަރިން އެމެރިކާގައި ކުލަބުތަކާ ގުޅުމުގެ ސަބަބުން ޒުވާން ޖީލުތަކުގެ މެދުގައި ފުޓްބޯޅައިގެ މަގުބޫލުކަން ވަނީ އިތުރުވާން ފަށައިފަ އެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާގެ 30 ޕަސެންޓް ގޭގޭގެ ކޮންމެވެސް އެކަކު ފުޓްބޯޅަ ކުޅެ އެވެ. އެމެރިކާގެ ލީގުގެ މެޗުތައް ކުޅޭއިރު ގިނަ ފަހަރު ސްޓޭޑިއަމްތައް އޮންނަނީ ފުރިބާރުވެފަ އެވެ. އެކަމަކު ފިރިހެނުންނަށްވުރެ ފުޓްބޯޅައިގައި ކާމިޔާބީ އެމެރިކާގެ އަންހެން ޓީމެވެ. ފިރިހެން ޓީމަށް 1930ގެ ފަހުން މިހާތަނަށް ވޯލްޑް ކަޕުގައި އެންމެ ދުރަށް ދެވުނީ ދެ ވަނަ ބުރާ ހަމައަށެވެ. އަދިވެސް އެންމެ ބޮޑު މައްސަލައަކީ އެމެރިކާގެ ލީގު އެއް ފެންވަރެއްގައި ކުރިއަށް ނުގެންދެވުމެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | USAއެމެރިކާ | 3 | +4 | 6 |
| 02 | AUSއޮސްޓްރޭލިޔާ | 3 | 0 | 4 |
| 03 |
| 3 |
| -2 |
| 4 |
| 04 | TURތުރުކިޔޭ | 3 | -2 | 3 |
އެމެރިކާ ޓީމުގެ އެންމެ ވިދުންގަދަވާނެ ކަމަށް ބެލެވޭ ކުޅުންތެރިއަކީ އިޓަލީގެ އޭސީ މިލާނަށް ކުޅޭ ކްރިސްޓިއަން ޕުލްސިޗެވެ. 32 އަހަރުގެ ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް މިހާތަނަސް 84 މެޗުން 32 ގޯލު ޖަހައިދީފަ އެވެ. އޭނާގެ އިތުރުން ލީޑްސް ޔުނައިޓެޑްގެ ފޯވަޑް ބްރެންޑަން އާރޮންސަން އަކީ ވެސް ގައުމީ ޖާޒީގައި މިހާތަނަށް 9 ގޯލު ޖަހާދީފައިވާ ކުޅުންތެރިއެވެ. މެދުތެރެއިން ބަޔާ ލެވެކޫސެންގެ މަލިކް ޓިލްމަން އާއި ފަހަތުން ކްރިސްޓަލް ޕެލަސް އަށް ކުޅޭ ކެޕްޓަން ކްރިސް ރިޗަޑަކީ ޓީމުގައި ނަގާކިޔާނެ ކުޅުންތެރިންނެވެ.
2024 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވި ފަހުން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ވަރަށް ގިނަ ފޯމޭޝަންތަކަށް ކުޅުވައިފަ އެވެ. އަދިވެސް ޓީމަށް އެންމެ ބޭނުންތެރި ފޯމޭޝަނަށް ކަށަވަރު ކުރެވިފައިނުވެ އެވެ. އެމެރިކާ އާއްމުކޮށް ކުޅެނީ 4-4-2 އަށެވެ. ކޮންމެ ފޯމޭޝަނަކަށް ކުޅުނަސް ޓީމުގެ އެންމެ ބޮޑު ބަލިފަޔަކީ ފާތު ބެކުގެ މަގާމެވެ. މީގެ އިތުރުން އެޓޭކިން ރޯލު އަދާ ކުރާ ކުޅުންތެރިންގެ ތޫނުފިލިކަން ވެސް އެހާ ރަނގަޅެއް ނޫނެވެ. ކޯޗު ބައެއް ފަހަރު ފަހަތަށް ފައިބައިގެން ބޯޅަ ހޮވައިގެން ކުރިއަރާ ކުޅުންތެރިންނަށް އިސްކަންދެނީ މިހެންވެ ކަމަށް ބެލެވެ އެވެ. ގޯލްކީޕަރު މަޓް ފްރީސޭގެ ދިގު ބޯޅަތައް ކައުންޓަ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރެ އެވެ. ވޯލްޑް ކަޕަށް ޓީމު ހޮވިއިރު ޕޮޗެޓީނޯ ބޮޑަށް ބެލީ ގިނަ މަގާމުތަކަށް ކުޅެވެ އަދި ޑިފެންސިވް ޒިންމާ އަދާކުރެވޭ ކުޅުންތެރިންނަށެވެ.
ކޯޗު: މައުރީސިއޯ ޕޮޗެޓީނޯ
އުމުރު: 54
ގައުމު: އާޖެންޓީނާ
އެމެރިކާގެ ކޯޗަކީ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އެވެ. ސްޕޭނުގެ ރަށްވެހިކަން ވެސް އޮންނަ ކޯޗު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އިނގިރޭސި ކުލަބު ޓޮޓެންހަމުގަ އެވެ. އެ ޓީމު ގޮވައިގެން ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލަށް އޭނާ ދަތުރު ކުރި އެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް 20 މެޗު ކުޅެދީ ދެ ގޯލު ޖަހާދިން ކުޅުންތެރިޔާ އެމެރިކާގެ ގައުމީ ޓިމާ ހަވާލުވީ ފްރާންސްގެ ޕީއެސްޖީ އާއި ޗެލްސީގައި ވެސް ދުވަސްކޮޅަކު ކޯޗުކޮށްދިނުމަށްފަހު 2024ގަ އެވެ. ދެން ފާހަގަ ކުރެވެނީ އޭނާގެ ދަރިފުޅު ފިޓްނަސް ކޯޗެއްގެ ގޮތުގައި އޭނާއާއެކު މަސައްކަތުގައި ބައިވެރި ކުރުމެވެ. ވޯލްޑްކަޕް ގުރުނެގުމުގެ ރަސްމިއްޔާތަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ސުވާލު ކުރެއްވުމުން ޕޮޗެޓީނޯ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވިދާނެ ކަމަށެވެ.
އަހަރުމެން މިވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އެމެރިކާ މީހުންނަކީ އުއްމީދު ކުރާ ބައެއް. މިފަހަރު އަމުދުން ޓީމާމެދު އުއްމީދު ކުރެވިދާނެ. އަހަރުމެން ތައްޔާރު މިވަނީ ތަފާތު މުބާރާތަކަށް ހަދަން.