
އޮސްޓްރޭލިޔާ
ޓޯނީ ޕޮޕޮވިޗް

ޓޯނީ ޕޮޕޮވިޗް
އާބާދީ: 27 މިލިއަން މީހުން
އޮސްޓްރޭލިޔާ އަކީ ފުޓްބޯޅަ އަށްވުރެ ބޮޑަށް ކްރިކެޓްގައި މަޝްހޫރު ގައުމެކެވެ. ދުނިޔޭގެ ކްރިކެޓް ތަށި އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ގައުމަކީ ވެސް އޮސްޓްރޭލިޔާ އެވެ. ނިސްބަތުން އެއީ ދުނިޔޭގެ އެންމެ ބިޔަ އެއް ގައުމެވެ. ދުނިޔޭގެ އެކިއެކި ކުޅިވަރުތަކުގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ގިނަ ކުޅިވަރުތަކުގައި އެއް ފެންވަރެއްގައި ދާއިމީކޮށް ވާދަކުރާ ގައުމަކީ ވެސް އޮސްޓްރޭލިޔާ އެވެ. އެއީ އދުނިޔޭގެ އެންމެ ހަރުދަނާ އިގްތިސާދެއް އޮތް އެއް ގައުމެވެ. ފުޓްބޯޅަ އަށްވުރެ ބޮޑަށް އެ ގައުމުގައި އިސްކަންދެނީ ކްރިކެޓާއި ރަގްބީ އަދި ނެޓްބޯޅަ އައި ފީލްޑް ހޮކީ ފަދަ ކުޅިވަރުތަކަށެވެ. މިއިން ކޮންމެ ކުޅިވަރަކުން ދުނިޔޭގެ ޗެމްޕިއަންކަން ނުވަތަ އޮލިމްޕިކް ޗެމްޕިއަންކަން ހޯދާފައިވާއިރު އޮސްޓްރޭލިޔާ އަށް ފުޓްބޯޅައިގައި މާބޮޑު ކާމިޔާބީތަކެއް ނުހޯދެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އޯޝޭނިއާ ސަރަހައްދުގައި އަހަރުތަކެއްގައި އޮންނަން ޖެހުމެވެ. މިހާރު އޭޝިޔާގެ ގައުމަކަށް ހެދި ނަމަވެސް ސައޫދީ އަރަބިއާ ފަދަ ގައުމުތަކުގެ ފެންވަރު މަތިވުމާއެކު އޭޝިޔާގައި ވެސް އޮސްޓްރޭލިޔާ އަށް ޑޮމިނޭޓް ކުރެވޭ ގޮތެއް ނުވި އެވެ.
އޮސްޓްރޭލިޔާ މުބާރާތަށް ކޮލިފައިވީ ޖަޕާނުގެ ފަހަތުން އޭޝިޔާގެ ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ޖަޕާން އަތުން ކޮލިފައިންގައި ބަލިނުވިޔަސް އޮސްޓްރޭލިޔާ ބަހުރޭން އަތުން ބަލިވުމުން ޓީމުގެ ކޮންސިސްޓެންސީއާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | USAއެމެރިކާ | 3 | +4 | 6 |
| 02 | AUSއޮސްޓްރޭލިޔާ | 3 | 0 | 4 |
| 03 |
| 3 |
| -2 |
| 4 |
| 04 | TURތުރުކިޔޭ | 3 | -2 | 3 |
ޓީވީ މެދުވެރިކޮށް އޮސްޓްރޭލިޔާގައި އެންމެ ގިނަ ބަޔަކު ބަލަނީ ރަގްބީ އެވެ. މީގެ ސަބަބުން ފުޓްބޯޅަ އަށް ވަރުގަދަ ސްޕޮންސާތައް ލިބުމަށް ހުރަސް އެޅެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވޯލްޑް ކަޕް އަންހެން އަދި ފިރިހެން މުބާރާތުގައި ވެސް އޮސްޓްރޭލިޔާގެ ސަޕޯޓަރުންގެ އަދަދު ދަނޑުތަކުގައި ވަނީ މަދުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ބާރަށް ކުރިއަރަމުން އައި އެ ގައުމުގެ އޭ ލީގު ވެސް ވަނީ ފަނޑުވެފަ އެވެ.
ބައިނަލް އަގްވާމީ ފުޓްބޯޅައިގައި އޮސްޓްރޭލިޔާ އަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބު ކުރުމެވެ. ވޯލްޑް ކަޕުގައި އެންމެ ދުރަށް ދެވުނީ 2006 ވަނަ އަހަރު ދެ ވަނަ ބުރަށެވެ.
މިޑްފީލްޑަރު ޖެކްސަން އިރްވިނޭ އަކީ ޓީމުގެ މެދުތެރޭގެ މައި ތަނބެވެ. ވޯލްޑް ކަޕުގެ ކުރިން ފައިތިލައިގެ އޮޕަރޭޝަނަށް ކުރި ނަމަވެސް ކޯޗު އޭނާ ޓީމަށް ނެގީ ވަރަށް ބޮޑަށް އިތުބާރު ކުރާތީ އެވެ. ތިން ފަހަރު ވޯލްޑް ކަޕް ކުޅެފައިވާ ގޯލްކީޕަރު މަތިއު ރަޔަން އަކީ ގައުމީ ޓީމުގެ ކެޕްޓަންކަން އެންމެ ގިނަ ދުވަހު ކޮށްފައިވާ ކުޅުންތެރިޔާ އެވެ. ސްޕޭނުގެ ލެވަންޓޭގެ ކީޕަރު ވަނީ ގައުމީ ޓީމަށް 103 މެޗު ކުޅެދީފަ އެވެ. މީގެ އިތުރުން ވަޓްފޯޑް ފޯވަޑް ނެސްޓްރޯއި އިރަންކުންޑާ އާއި އެމެރިކާގައި ކުޅޭ ހައެއްކަ ކުޅުންތެރިން ތިބުމަކީ ވެސް ކޯޗަށް އޮތް ހިތްހަމަ ޖެހުމެކެވެ.
ކޮންމެ ބަޔަކު ލައިގެން، ކޮންމެ ފޯމޭޝަނަކަށް ކުޅުނަސް އޮސްޓްރޭލިޔާގެ އެންމެ އިސް ވިސްނުމަކީ ދިފާއު ކުރުމެވެ. ފަހަތަށް ވަރުގަދަ ޑިފެންޑަރުން ލައިގެން މެދުތެރޭގައި ވެސް ފިޒިކަލީ ވަރުގަދަ ކުޅުންތެރިން ބައިތިއްބަން ކޯޗު އިސްކަންދެނީ ގޯލު ޖެހުމުގައި ބައި ދަށްކަމުންނެވެ. މިހެންވެ ކުރިއަށް ކުޅުވާނެ ފޯވަޑަކު ނެގުން ވެސް ކޯޗަށް ވަނީ ދަތިވެފަ އެވެ.
ކޯޗު: ޓޯނީ ޕޮޕޮވިޗް:
އުމުރު: 52
ގައުމު: އޮސްޓްރޭލިޔާ
އޮސްޓްރޭލިޔާގެ ކޯޗަކީ އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޓޯނީ ޕޮޕޮވިޗެވެ. ގައުމީ ޓީމަށް 58 މެޗުން އަށް ގޯލު ޖެހި އުމުރުން 52 އަހަރުގެ ކޯޗު ގައުމީ ޓީމާ ހަވާލުވީ 2024ގަ އެވެ. އޭނާގެ ކޯޗުކަމުގައި މިހާތަނަށް ރަނގަޅު ނަތިޖާތަކެއް ނެރެމުން އަންނައިރު ޕޮޕޮވިޗް ވެފައިވަނީ އޮސްޓްރޭލިޔާގެ ކުލަބުތަކުގައި ކާމިޔާބު ކޯޗަކަށެވެ. އޮސްޓްރޭލިޔާގެ އެންމެ މޮޅު ކޯޗުކަން އޭނާ ވަނީ ތިން ފަހަރު ހޯދައިފަ އެވެ. އަދި އޭނާ ވަނީ އޭއެފްސީގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް 2024 ވަނަ އަހަރު ހޯފައިފަ އެވެ. ކޯޗު ޕޮޕޮވިޗް ދެ ކުދިންނަކީ ވެސް ފުޓްބޯޅަ ކުޅުންތެރިންނެވެ.
އަހަރުމެން މިވަނީ ކޮލިފައިވެފައި. އެއީ ވަރަށް ބޮޑު ކާމިޔާބީ އެއް. ޔޫރަޕުގައި ކުޅޭ ކުޅުންތެރިން ހަފުތާއަކު ދެ މެޗު ކުޅެފައި ގައުމީ ޓީމަށް އަންނައިރު އިންޖަރީ ވުމުގެ ފުރުސަތު ބޮޑު. އަހަރުމެން ބޮޑު ސްކޮޑެއް އެކުލަވާލީ ވެސް މިހެންވެ. ވޯލްޑް ކަޕަށް ދާން ޖެހޭނީ އެންމެ ފުރިހަމަ ކުޅުންތެރިން.