
އުރުގުއޭ
މާސެލޯ ބިއެލްސާ

މާސެލޯ ބިއެލްސާ
އާބާދީ: 3 މިލިއަން މީހުން
އުރުގުއޭ އަކީ އާޖެންޓީނާ އާއި ބްރެޒިލާ ދެމެދު އޮތް ސޮވޭރިއަން ގައުމެކެވެ. ދެކުނު އެމެރިކާގެ ދެ ވަނަ އަށް އެންމެ ކުޑަ ގައުމެވެ. އިހުގައި ޔޫރަޕުގެ ގައުމުތަކުން އަޅުވެތިކޮށްގެން އުޅުނު ގައުމަކަށްވި ނަމަވެސް މިހާރު އުރުގުއޭ އަކީ ދެކުނު އެމެރިކާގައި އޮތް އެންމެ އަމާން އަދި އެންމެ ޑިމޮކްރެޓިކް ގައުމެކެވެ. ގައުމުގެ އަސްކަރިއްޔާގެ އާބާދީ އަކީ އެންމެ 14000 ސިފައިންނެވެ. ދުނިޔޭގެ އެންމެ ފައްކާ ކޮންޓެއިނާ ޓާމިނަލް އޮންނަނީ އުރުގުއޭގަ އެވެ. އުރުގުއޭގެ ގިނަ ބަޔަކު ވާހަކަ ދައްކައި އުޅުނީ ސްޕެނިޝް ބަހުންނެވެ. ނަމަވެސް ގިނަ އަދަދަކަށް އިޓަލީ މީހުން ހިޖުރަ ކުރުމުގެ ސަބަބުން މިހާރު ގިނަ ބަޔަކު ވާހަކަ ދައްކަނީ އިޓަލީ އާއި ސްޕެނިޝް ބަސް އެއްކޮށްލައިގެންނެވެ. އުރުގުއޭގައި ތައުލީމު ދެމުންދަނީ ހިލޭ އެވެ. އުމުރުން ހަތަރު އަހަރުން ފެށިގެން 14 އަހަރާ ހަމައަށް ސްކޫލަށް ދިއުމަކީ މަޖުބޫރު ކަމެކެވެ. އުރުގުއޭގެ އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ފީފާ ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވި ގައުމަކީ ވެސް އުރުގުއޭ އެވެ. އެ ގައުމަކީ ވޯލްޑް ކަޕް ތަށި ހޯދި އެންމެ އާބާދީ މަދު ގައުމުވެސްމެ އެވެ.
އުރުގުއޭ ވޯލްޑް ކަޕަށް ކޮލިފައިވި ދެކުނު އެމެރިކާ ސަރަހައްދުގެ ހަތަރު ވަނަ ގައުމުގެ ގޮތުގަ އެވެ. އުރުގުއޭ ޖާގަ ޔަގީން ކުރީ 3-0އިން ޕެރޫ ބަލިކުރުމަށްފަހު އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ESPސްޕޭން | 3 | +5 | 7 |
| 02 | CPVކާބޯވޭޑޭ | 3 | 0 | 3 |
| 03 |
| 3 |
| -1 |
| 2 |
| 04 | KSAސައޫދީ އަރަބިއާ | 3 | -4 | 2 |
އުރުގުއޭގެ އެންމެ ގިނަ ބަޔަކު ކުޅެނީ ފުޓްބޯޅަ އެވެ. އާބާދީގެ ގިނަ ބަޔަކު ކުޅެނީ ވެސް ފުޓްބޯޅަ އެވެ. އެމީހުން އެންމެ ފުރަތަމަ މެޗެއް ކުޅުނީ މީގެ 145 އަހަރު ކުރިންނެވެ. އިހުގައި އުރުގުއޭ އަކީ ސަރަހައްދުގެ ބާރެއް ނަމަވެސް މިހާރު އެ ފަދަ ފަންވަރެއް ގައުމީ ޓީމާއި ކުލަބުތަކަށް ވެސް ނުދެއްކެ އެވެ. މިއީ އުރުގުއޭ ވޯލްޑް ކަޕް ކުޅޭނެ 15 ވަނަ ފަހަރެވެ.
އުރުގުއޭ ޓީމުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފެޑެރިކޯ ވަލްވާޑޭ އެވެ. އޭނަ އަކީ ސްޕޭނުގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެކެވެ. މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ވަލްވާޑޭ އަކީ އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ އަކީ މެދުތެރެއިން ގޯލު ޖަހަން މަގުފަހިކޮށްދީ ޑިފެންސިވްކޮށް ވެސް މުހިންމު ދައުރެއް އަދާ ކުރާ ކުޅުންތެރިއެކެވެ.
ފަހަތުން ހޯސެ މާރިއާ ގިމިނޭޒް އަކީ އެތްލެޓިކޯ މެޑްރިޑުގައި ވެސް މޮޅަށް ކުޅޭ ވަރުގަދަ ޑިފެންޑަރެކެވެ. 2013 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 97 މެޗު ކުޅެދީފަ އެވެ.
ބާސެލޯނާގެ ކެޕްޓަން ރޮނަލްޑް އަރައުހޯ އަކީ ވެސް ފަހަތުގައި މުހިންމު ކުޅުންތެރިއެކެވެ. 2020 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި ބަރާބަރަށް ކުޅެމުން އަންނަ ކުޅުންތެރިޔާގެ އެންމެ ހާއްސަ ކަމަކީ ކޯޗު ބޭނުންވެއްޖެނަމަ ފަހަތުން ކުރިއަރައި ގޯލު ޖަހަން ވެސް އެހީތެރިވެދޭތީ އެވެ.
ކޯޗު މާސެލޯ ބިއެލްސާގެ ޕްލޭން ވަރަށް ސާފެވެ. އޭނާ ބޭނުންވަނީ އަބަދުވެސް އިދިކޮޅު ޕެނަލްޓީ އޭރިޔާގައި ބޯޅަ ބާއްވާށެވެ. ދެ އަރިމަތިން ވަރަށް ބޮޑަށް ވައިޑްކޮށް ކުޅެ ސެންޓަ ފޯވަޑު ގޯލު ޖަހަން ޖާގަ ހޯދައިދޭށެވެ. އެކަމަކު މިކަން މިދިޔަ ދެ އަހަރު އުރުގުއޭ އަށް ފުރިހަމަ އަށް ނުކުރެވުނެވެ. ބިއެލްސާ ގަބޫލު ކުރާ ގޮތުގައި ޓީމު ހަޔަކަށް އަޅުވަން ވަރަށް ގިނަ ކަންކަން ކުރަން ޖެހެ އެވެ. މީގެ ތެރޭގައި އެއް މަގާމަކަށް ކުޅޭ ކުޅުންތެރިން ގިނަވުމެވެ. ހާއްސަކޮށް ފްރީކޮށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ޖާގަ ހޯދައިދޭން ރޮޑްރީގޯ ބެންޓެންކޫރު ފަދަ ކުޅުންތެރިން ލައްވައި ޒިންމާ ނެގުމުގެ ދައުރ ބޮޑު ކުރުމެވެ.
ކޯޗު: މާސެލޯ ބިއެލްސާ
އުމުރު: 70
ގައުމު: އާޖެންޓީނާ
މާސެލޯ ބިއެލްސާ އަކީ ތަޖުރިބާކާރެކެވެ. އޭނާ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އޭނަ އަކީ ޓެކްޓިކްސް އަށް ވަރަށް ބޮޑަށް ސަމާލުކަންދޭ އަދި އަވަސް ގޭމެއް ކުޅެން ބާރު އަޅާ ކޯޗެކެވެ. އާޖެންޓީނާ އާއި ޗިލީ އަށް ވެސް ކޯޗުކޮށްދިން ބިއެލްސާގެ ޓީމާ ހަވާލުވުމަށްފަހު އުރުގުއޭ ޓީމު ވަނީ ވަރަށް ބޮޑަށް ޒުވާން ކޮށްލައިފަ އެވެ. އުމުރުން 70 އަހަރުގެ ކޯޗު ވަނީ އާޖެންޓީނާ އަށް ކޮޕާ އެމެރިކާގެ ރަނަރަބްކަން އަދ 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ތިން ވަނަ ހޯދައިދީފަ އެވެ. ކުލަބު ކެރިއަރުގައި އޭނާ އެންމެ ފާހަގަ ކުރެވުނީ އިނގިރޭސި ކުލަބު ލީޑްސް އަށް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީ ޕްރެމިއާ ލީގަށް ކޮލިފައި ކޮށްދިނުމުންނެވެ.
އަހަރުމެން ކުޅޭ ގޮތް ވަރަށް ސާފު. އިދިކޮޅު ހާފުގައި ބޯޅަ ބޭއްވުން. އެކަމަކު އަހަރުމެންގެ ގޯލު ޖެހުން މިވަނީ ދަށްވެފައި. މިއީ ހަމައެކަނި ފޯވަޑުންގެ މައްސަލައެއްނޫން. މިއީ މުޅި ޓީމުގެ މައްސަލައެއް. އަހަރެން ވާނީ ވަރަށް ގިނަ ވަގުތު މިކަން ހައްލު ކުރާނެ ގޮތެއް ވިސްނަން ހޭދަކޮށްފައި. އަހަރެން ދެކޭ ގޮތުގައި ކުރަންވީ ކަމަކީ މުޅި ޓީމުގެ އުފެއްދުންތެރިކަން އިތުރު ކުރުން.