
ސްޕޭން
ލުއިސް ޑެލަފުއެންޓާ

ލުއިސް ޑެލަފުއެންޓާ
އާބާދީ: 47 މިލިއަން މީހުން
ސްޕޭނަކީ ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ މަންޒިލެވެ. އަހަރަކު 82 މިލިއަނަށްވުރެ ގިނަ މީހުން އެ ގައުމަށް ވަދެނިކުމެ ހަދާތާ މިހާރު ފަސް އަހަރުވެއްޖެ އެވެ. ޔޫރަޕުގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވީ ވެސް ސްޕޭނުގަ އެވެ. އެއީ ބަސްކް ގަބީލާގެ މީހުންނެވެ. މުއްސަދި ތާރީހަކާއި ސަގާފަތެއް ލިބިފައިވާ ސްޕޭނުގެ އާބާދީގެ ބޮޑު ބަޔަކީ ރޮޑިކް ދަރިކޮޅާއި މެޑިޓަރޭނުން މަސްހުނިވެފައިވާ ބައެއްވެސްމެ އެވެ. އަނެއްކޮޅުން އެއީ ދުނިޔޭގެ ފުޓްބޯޅައިގައި އެއީ އާދައިގެ ނަމެއްނޫނެވެ. މިހާތަނަށް 16 ފަހަރު ވޯލްޑް ކަޕް ކުޅެފައިވާއިރު ސްޕޭނަކީ 2010ގެ ޗެމްޕިއަނުންނެވެ. އަދި ޔޫރަޕުގެ ޗެމްޕިއަނުންކަން ތިން ފަހަރު އަދި އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް އެއީ އެވެ. ސްޕޭނުގައި އަނެއްކާ ވެސް އޮތީ ރަންޖީލެކެވެ.
ސްޕޭން ކޮލިފައިވީ ޔޫރަޕުގެ ކޮލިފައިން ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގިނަ އަދަދެއްގެ ގޯލުތަކެއް ޖެހި ސްޕޭނުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ދަތުރުގައި ތުރުކީ ފަދަ ޓީމުތަކަށް ވާދަކޮށްލާނެ ފުރުސަތެއް ވެސް ނުދިނެވެ.
ސްޕޭނަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ގަދަ އެއް ބާރެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް ލީގަކީ ސްޕެނިޝް ލީގެވެ. ހާއްސަކޮށް އެ ގައުމުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ނަން ހިނގާ ދެ ޓީމެވެ. ސްޕޭނުގެ ގައުމީ ޓީމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މި ދެ ކުލަބަށެވެ. ނަމަވެސް މިފަހަރު ރެއާލްގެ އެއްވެސް ކުޅުންތެރިއަކަށް ޓީމުން ޖާގަ ނުލިބުނެވެ. ގަދަ ބާރަކަށް ވިޔަސް ސްޕޭނަށް ވޯލްޑް ކަޕުގެ ތަށި ލިބިފައިވަނީ 2010ގައި އެކަންޏެވެ. އަދި އޭގެ ފަހުން ވެސް 16 ވެފައިވާތީވެ މިއީ ދުނިޔޭގެ ތަށި ނުލިބި މާދިގު މުއްދަތެއް ކަމަށް ސްޕޭން ގަބޫލު ކުރެ އެވެ. މިވަގުތު ސްޕޭނުގައި އޮތީ ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ޖީލަށް ފަހު އަނެއްކާ ވެސް އެފަދަ ޖީލެއް ކަމަށް ކުޅުންތެރިން ވެސް ގަބޫލު ކުރެ އެވެ. އެއީ މުބާރާތުގެ ހޮޓް ފެވަރިޓެކެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ESPސްޕޭން | 3 | +5 | 7 |
| 02 | CPVކާބޯވޭޑޭ | 3 | 0 | 3 |
| 03 |
| 3 |
| -1 |
| 2 |
| 04 | KSAސައޫދީ އަރަބިއާ | 3 | -4 | 2 |
ސްޕޭން ޓީމުގައި ތަރިން ގިނަ އެވެ. ހާއްސަކޮށް މެދުތެރެ އާއި އެޓޭކިން ޑިޕާޓްމަންޓެވެ. ޒުވާން ލަމީން ޔަމާލަކީ މިވަގުތު ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ކުޅުންތެރިޔާ އެވެ. ބާސެލޯނާގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ވޯލްޑް ކަޕަށް ފިޓްކޮށް ހުރުމަކީ ސްޕޭނުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. 18 އަހަރުގެ ކުޅުންތެރިޔާ ސްޕޭނަށް އެންމެ ހަނގު އުމުރެއްގައި ކުޅެ އަދި އެންމެ ހަނގުކޮށްހުރެ ގޯލެއް ޖެހި ކުޅުންތެރިޔާ އެވެ. ސްޕޭނުގެ އެންމެ ގިނަ ބައެއްގެ އުއްމީދުތައް ކޮނޑުއަޅައިގެން ހުންނާނެ މީހަކަށްވާނީ އޭނާ އެވެ.
މެދުތެރެއިން ބާސެލޯނާގެ ޕެޑްރީ އަކީ އިދިކޮޅު ޓީމުތަކުގެ ކުޅުން ހަލާކުކޮށްލައި އުފެއްދުންތެރި ކުޅުންތެރިއެކެވެ. މިހާރު އޭނާ ހުރީ ވޯލްޑް ކަޕް އުފުލާލަން އެންމެ ރަނގަޅު އުމުރުގައި ކަމަށް ގިނަ ތަޖުރިބާކާރުން ދެކެ އެވެ. ގޯކީޕަރުންގެ ޑިޕާޓްމަންޓަކީ ކޯޗުގެ އެންމެ ބޮޑު ބޮލު ރިހުމެވެ. ސަބަބަކީ އެއް ފެންވަރެއްގެ ތިނެއް ނުވަތަ ހަތަރު ކީޕަރުން ވެސް ނެގޭ ވަރުގެ މޮޅު ކީޕަރުން ތިބުމެވެ. އުނާއީ ސިމޮން އަކީ ޔޫރޯ ހޯދައިދިން ކީޕަރެވެ. ޑޭވިޑް ރާޔާ ވަނީ އާސެނަލްގައި ގައުމީ އަންގި ލައްވަން އެންމެ ކުޅަދާނައީ އޭނާ ކަން ސާބިތުކޮށްދީފަ އެވެ. އެކަމަކު ބާސެލޯނާގެ ޒުވާން ކީޕަރު ޖޯން ގާސިއާ އަކީ ސްޕެނިޝް ލީގުގެ އެއްވަނަ ކީޕަރެވެ. ގިނަ ބައެއްގެ ނަޒަރުގައި ގައުމީ ކީޕަރުކަން ކުރަންވާނީ އޭނާ އެވެ.
ކޯޗު ޑެލަފުއެންޓޭގެ އިރުޝާދުގެ ދަށުން މެޗު ކޮންޓްރޯލް ކުރަނީ ސްޕޭނެވެ. އެކަމަކު ކުރިއާ ހިލާފަށް މާގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ތިބުމުގެ ބަދަލުގައި ދެ އަރިމަތިން ކުޅޭ ހަލުވި ކުޅުންތެރިންގެ ބޭނުން ހިފައި އިދިކޮޅު ޓީމަށް ނުރައްކާ ކުރުމަކީ ސްޕޭނުގެ އާދައެކެވެ. މިހެންވެ ކައުންޓަ އެޓޭކްގައި ސްޕޭނަކީ އެންމެ ނުރައްކާތެރި އެއް ޓީމަށްވާނެ އެވެ. ޓީމުގެ ފަހަތާއި މެދުތެރެ އޮތީ ބަދަހިކޮށެވެ. ކުރިއަށް ކުޅުވާނެ ފޯވަޑެއްގެ މައްސަލަ އާއި ގޯލުގައި ބަހައްޓާނެ މީހަކު އިހްތިޔާރު ކުރުން ކޯޗަށް ފަސޭހަ ނުވާނެ އެވެ.
ކޯޗު: ލުއިސް ޑެލަފުއެންޓޭ
އުމުރު: 64
ގައުމު: ސްޕޭން
ލުއިސް އެންރީކޭ ވަކިކޮށް 2022 ވަނަ އަހަރު ލުއިސް ޑެލަފުއްޓޭ ކޯޗަކަށް ގެނައިރު އެއީ ކާކުކަން މާގިނަ ބަޔަކަށް ނޭނގެ އެވެ. އެކަމަކު ސްޕޭނުގެ ކުޅުންތެރިންނަކީ ކޮންބައެއްކަން، ކިހިނެތް އުޅޭ ބައެއްކަން އޭނާ ދަނެ އެވެ. ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ 19 އަހަރުން ދަށާއި 21 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ޓީމުގައި އޭނާ ކޯޗުކޮށްދިން ކުޅުންތެރިންނެވެ. އެންމެ ފަހުގެ ޔޫރޯ ސްޕޭނުން އުފުލާލީ އޭނާގެ ރޭވުންތެރިކަމުގަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ވެއްޖެނަމަ އޭނާ ވެގެންދާނީ ކުރީގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ އަށް ފަހު ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބު ކުރާ ފުރަތަމަ ކޯޗަށެވެ.
އަހަރުމެންގެ ހުރިހާ ކުޅުންތެރިން ސްޕޭނުގައި ކުޅޭނަމަ ވަރަށް ރަނގަޅުވީސް. އެކަމަކު ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ސަބަބުން ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުވޭ. މި ފަހަރުގެ ވޯލްޑް ކަޕުގައި ތައްޓަށް ވަރަށް ގިނަ ޓީމުތައް ވާދަ ކުރާނެ. ދެކުނު އެމެރިކާ އާއި އެފްރިކާއިން މޮރޮކޯ އާއި ސެނެގާލް އަދި ޔޫރަޕުގެ ހުރިހާ ޓީމެއް ވެސް ވާދަކުރާނެ.