
ސައޫދީ އަރަބިއާ
ޖޯޖިއޯސް ޑޯނިސް

ޖޯޖިއޯސް ޑޯނިސް
އާބާދީ: 35 މިލިއަން މީހުން
އަރަބިއަން ޕެނިންސިއުލާގެ 80 ޕަސެންޓް ލިބިފައި އޮތް ސައޫދީ އަރަބިއާ އަކީ މުސްލިމުންގެ އެންމެ މުގައްދަސް ބިމެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދަނީ ސައޫދީގަ އެވެ. އަދި ދެ ވަނަ އަށް އެންމެ ވަރުގަދަ ތެލުގެ ރިޒާވެއް އޮތީ ވެސް ސައޫދީގަ އެވެ. އަދި ދިފާއީގޮތުން ވަރުގަދަވުމަށް ހަތަރުވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް ސައޫދީންނެވެ. މި ގޮތުން ޖީޑީޕީގެ 10 ޕަސެންޓް ހޭދަކުރަނީ ގައުމުގެ އަސްކަރިއްޔާ އަށެވެ. ގައުމު ބަހާލާފައިވަނީ 13 ވަކިވަކި ސިޓީތަކަކަށެވެ. ފުޓްބޯޅަ އަކީ ސައޫދީގެ އެއްވަނަ ކުޅިވަރެވެ. އެކަމަކު އަންހެނުންނަށް ފުޓްބޯޅަ މެޗުތައް ބަލަން ދަނޑަށް ވަނުމުގެ ހުއްދަ ދީފައިވަނީ 2018 ވަނަ އަހަރު ކުރީކޮޅު އެވެ. ފުޓްބޯޅައިގައި ސައޫދީންނަކީ އޭޝިޔާގައި އަބަދުވެސް ގަދަ ބާރެކެވެ. އޭޝިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވެ އެވެ. ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ފަހު ތައްޔާރުވުންތައް ފެނިފައިވަނީ ވަރަށް ވަނދުކޮށެވެ. މަގާމާ ހަވާލުވިތާ މާގިނަ ދުވަހެއްނުވެ ދެ ކޯޗަކު މަގާމުން ވަކިވުމާއެކު މައްސަލަތަކެއް ފެންމަތިވި އެވެ.
ކޮންމެވެސް ވަރަކަށް ފުރަތަމަ މަރުހަލާ އުނދަގޫވި ނަމަވެސް ސައޫދީ އަރަބިއާ ވޯލްޑް ކަޕަށް ކޮލިފައިވީ އޭޝިޔާގެ ގަދަ ބާރެއްގެ ގޮތުގަ އެވެ. އިރާގާއި އިންޑޮނީޝިޔާ ފަހަތަށް ލުމަށްފަހު އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ESPސްޕޭން | 3 | +5 | 7 |
| 02 | CPVކާބޯވޭޑޭ | 3 | 0 | 3 |
| 03 |
| 3 |
| -1 |
| 2 |
| 04 | KSAސައޫދީ އަރަބިއާ | 3 | -4 | 2 |
ސައޫދީ އަރަބިއާ އަކީ މިހާރު ދުނިޔޭގައި ފުޓްބޯޅަ އަށް އެންމެ ބޮޑަށް ހޭދަ ކުރާ އެއް ގައުމެވެ. ހާއްސަކޮށް ސައޫދީ ޕްރޯ ލީގު ތައާރަފްކޮށް ދުނިޔޭގެ މޮޅު ކުޅުންތެރިން ވަނީ އެ ލީގަށް ގެންދަން ފަށައިފަ އެވެ. ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެނީ ސައޫދީ އަރަބިއާގެ އަށް ނަސްރަށެވެ. އޭނާގެ އިތުރުން މޮޅު އެތައް ކުޅުންތެރިންނެއް ވަނީ ސައޫދީގެ އެމްބެސެޑަރުންގެ ގޮތުގައި އެވެ. ގައުމުގައި އަންހެން ފުޓްބޯޅަ ފަށައި އެކަޑަމީތައް ވަނީ ހިންގަން ފަށައިފަ އެވެ. މީގެ އިތުރުން ސްޕޭނާއި އިޓަލީ ފަދަ ގައުމުތަކުގެ ވާދަވެރި ކުދިކުދި މުބާރާތްތައް މިހާރު ސައޫދީގައި ބާއްވަމުންދަނީ އެ ގައުމުގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށް، ސްޕޯޓްސް ޓުވަރިޒަމް ކުރިއެރުމަށެވެ. 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ވެސް ސައޫދީ އަރަބިއާގަ އެވެ. މިއީ މިހާތަނަށް ބާއްވާނެ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ހެދުމަކީ ސައޫދީންގެ އަމާޒެކެވެ.
ސާލިމް އައް ދައުސާރީ އަކީ ސައުދީ އަރަބިއާގެ އެންމެ ތަޖުރިބާކާރު އަދި ޓީމުގެ ކުރީގައި ހުރި އެންމެ ހަރުދަނާ ޝަހުސިއްޔަތެވެ. އަލް ހިލާގައި 10 އަހަރު ހޭދަކުރި ކުޅުންތެރިޔާ އެންމެ ބޮޑަށް ވިދާލީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ބަލިކުރަން ޖެހި ގޯލުންނެވެ. މުސްއަބް އަލް ޖުވޭރަކީ މެދުތެރޭގައި މޮޅަށް ކުޅޭ ޒުވާން ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް އޭނާ ނެގީ ސައޫދީގެ ޒުވާން ޓީމުތަކުގައި މޮޅަށް ކުޅެން ފެށުމުންނެވެ. ސައޫދީގެ ކުޅުންތެރިންގެ ތެރެއިން ޑިފެންޑަރު ސައުދު އަބަދުލް ހާމިދަކީ ފްރާންސްގެ ލެންސަށް ކުޅޭ ކުޅުންތެރިއެކެވެ. އަދި މިޑްފީލްޑަރު މަރްވާން އަލް ޝަރަފީ ކުޅެނީ ބެލްޖިއަމުގަ އެވެ. ސައޫދީގެ ގިނަ ކުޅުންތެރިން ގައުމުގައި ކުޅުނަސް މި ދެ ކުޅުންތެރިންގެ ފުށުން ޔޫރަޕުގެ ތަޖުރިބާ ޓީމަށް އިތުރުކޮށްދޭނެ އެވެ.
ކުރީގެ ކޯޗު ހާވް ރެނާޑަށް ވުރެ މިހާރުގެ ކޯޗު ޑޯނިސް އަކީ އެޓޭކަށް އިސްކަންދޭ ކޯޗެވެ. އޭނާ ސައޫދީ އަރަބިއާގެ އަލް ހަލީޖްގެ ކޯޗުކަމާ ހަވާލުވިއިރު ޓޭބަލުގެ މެދުތެރޭގައި އޮތް ޓީމު ވަނީ ލީގު ނިމުނުއިރު ގަދަ ފަސް ޓީމަށްވުރެ ގިނަ ގޯލު ޖަހައިފަ އެވެ. އޭނާ ކޯޗުކަމާ ހަވާލުވެ ކުޅުވަން ފެށި ދެ ފޯމޭޝަނަކީ 4-4-2 އާއި 5-3-2 އެވެ. އެކަމަކު އެޕްރޯޗް ކުރުމަށް ކޯޗު ރެނާޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސައޫދީ ފޯވަޑުން ކުލަބު ލެވެލްގައި ނުކުޅެ ތިބުމެވެ. ލީގުގައި ބިދޭސީ ފޯވަޑުން ގިނަވުމުން ސައޫދީ ފޯވަޑުންނަށް ޖެހުނީ އެ މީހުންގެ ފަހަތުން ލިބޭ ހައެއްކަ މިނިޓް ފުރިހަމަ ކުރާށެވެ.
ކޯޗު: ޖޯޖިއޯސް ޑޯނިސް
އުމުރ: 56
ގައުމު: ގްރީސް
ސައޫދީ އަރަބިއާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނީ ފްރާންސްގެ ކޯޗު ހާވް ރެނާޑެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އަތުން ސައޫދީން މޮޅުކޮށްދިން ކޯޗު މަގާމުން އޭނާ މަގާމުން ވަކިކުރީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ވަކިކުރި ސަބަބެއް ފެޑަރޭޝަނުން ވެސް ނުބުނެ އެވެ. އެކަމަކު އޭނާގެ މަގާމާމެދު ސުވާލު އުފެންދެން ފެށީ ރަހުމަތްތެރިކަމުގެ މެޗެއްގައި މިސުރު އަތުން 4-0އިން އަދި ސާބިއާ އަތުން 2-1އިން ބަލިވުމުންނެވެ. މިހާރުގެ ކޯޗަކީ ގްރީސްގެ ޖޯޖިއޯސް ޑޯނިސް އެވެ. ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ކޯޗުކޮށް ދެމުން އައީ ސައޫދީ ޕްރޯ ލީގުގެ އަލް ހަލީޖަށެވެ. މިއީ އޭނާ ކޯޗުކޮށްދިން ސައޫދީ އަރަބިއާގެ ހަތަރު ވަނަ ކުލަބެވެ. މިހެން ކަމުން ސައޫދީގެ ކުޅުންތެރިންނާއި ފުޓްބޯޅަ އަށް އުމުރުން 56 އަހަރުގެ ޑޯނިސް އަކީ ފަރިތަ މީހެކެވެ.
އަމާޒަކީ ދެ ވަނަ ބުރުން ޖާގަ ހޯދުން. މި ގްރޫޕުގައި އުރުގުއޭ އާއި ސްޕޭން އޮތުމަކީ ވަރަށް ވިސްނަން ޖެހޭ ކަމެއް. މިހާރު މި އޮތް ގޮތުން ޔަގީނުން ވެސް އަހަރުމެން ކޭޕްވާޑޭ މެޗު ކާމިޔާބު ކުރަން ޖެހޭނެ.