
ޓިއުނީޝިޔާ
ސަބްރީ ލަމޫޗީ

ސަބްރީ ލަމޫޗީ
އާބާދީ: 12 މިލިއަން މީހުން
ޓިއުނީޝިޔާ އަކީ ފްރާންސްގެ އަޅުވެތިކަމުގައި ކުރިން އޮތް ގައުމެކެވެ. މިހެންވެ ފްރާންސްގެ ކުލަވަރު އެ ގައުމާއި މީހުންގެ ވައްޓަފާޅީގައި ބޮޑެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި އެފްރިކާ ތަމްސީލު ކުރާނެ އެންމެ މުހިންމު އެއް ގައުމަކީ ވެސް ޓިއުނީޝިޔާ އެވެ. އެފްރިކާގެ އެންމެ އުތުރުގައިވާ ޓިއުނީޝިޔާ މީހުން ފުޓްބޯޅަ ކުޅެން ދަސްކުރީ އިޓަލީ މީހުންގެ ފަރާތުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން ޓިއުނީޝިޔާ ކުޅެފައިވަނީ ކުޅުނީ 1978 އާއި 1998 އަދި 2002 ވަނަ އަހަރާއި 2006ގަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި މާ ބޮޑަށް ފާހަގަ ނުކުރެވޭއިރު ޓިއުނީޝިޔާ އަކީ އެފްރިކާގެ ފުޓްބޯޅައިގައި ވެސް މާ ވިދުންގަދަ ބައެއް ނޫނެވެ. އެކަމަކު ވޯލްޑް ކަޕުގައި އެންމެ ފުރަތަމަ މެޗެއް ކާމިޔާބު ކުރި ޓީމުގެ ޝަރަފު އެފްރިކާގައި އޮތީ ޓިއުނީޝިޔާ އަށެވެ. އެއީ 1978 ވަނަ މެކްސިކޯ 3-1އިން ބަލިކޮށްގެންނެވެ. އެމީހުން ވަނީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން އެފްރިކަން ނޭޝަންސް ކަޕް ކާމިޔާބުކޮށްފަ އެވެ.
ޓިއުނީޝިއާ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕް އެޗްގެ އެއްވަނަ ހޯދައިގެންނެވެ. ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗު ކާމިޔާބު ކުރި އެވެ. ފަހަތުން އައި ޓީމުތަކަށްވުރެ 13 ޕޮއިންޓް އިތުރަށް ހޯދައި ގޯލް ޑިފަރެންސް ވެސް 22ގައި ބޭއްވުމުން އެ މީހުންނާ ވާދަވެރި ޓީމެއް މި ގްރޫޕުގައި ނެތްކަން އެނގުނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | NEDނެދަލޭންޑްސް | 3 | +6 | 7 |
| 02 | JPNޖަޕާން | 3 | +4 | 5 |
| 03 |
| 3 |
| 0 |
| 4 |
| 04 | TUNޓިއުނީޝިޔާ | 3 | -10 | 0 |
ފުޓްބޯޅަ އަކީ ޓިއުނީޝިއާގައި އެންމެ މަގުބޫލު އެއް ކުޅިވަރެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން ބޮޑެތި މުބާރާތްތަކަށް އެންމެ ފަރިތަ އެއް ގައުމަކީ ވެސް ޓިއުނީޝިއާ އެވެ. ގައުމުގެ ގިނަ ކުޅުންތެރިން ކުޅެނީ ފްރާންސާއި ޖަރުމަނާއި މެދުއިރުމަތީގެ ގައުމުތަކުގަ އެވެ. ޓިއުނީޝިޔާގެ ފުޓްބޯޅަ މުބާރާތްތަކަށް ބަލާއިރު އެ ގައުމުގައި އެކަށީގެންވާ ލީގެއް ވެސް ނެތެވެ. ނަތީޖާއެއްގެ ގޮތުން ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ދެވުން ވަނީ ދަތިކަމަކަށްވެފަ އެވެ.
އެލްޔާސް ޝިރީ އަކީ މެދުތެރޭގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 74 މެޗު ކުޅެދީފަ އެވެ. ޖަރުމަނާއި ފްރާންސްގައި އޭނާ ހޯދި ތަޖުރިބާ ގައުމީ ޓީމުގައި ހިފައިގެން މެނުވީ ތާރީހު ބަދަލު ނުކުރެވޭނެ އެވެ. އޭނާ އަކީ އުފެއްދުންތެރި ކުޅުންތެރިއެކެވެ. މޮންޓަސާރް ތަލްބީ އަކީ ޑިފެންސްލައިން ހަމަޔަކަށް އަޅުވައިދިނުމުގެ ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ. ފްރާންސާއި ތުރުލީ ލީގުގައި އޭނާ ވަނީ މިކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ. ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ވެސް ޓީމުގައި ގަވާއިދުން ގިނަ މެޗުތަކެއް ކުޅުނު މަދު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ އޭނާ އެވެ. ހަނިބާލް މެޖްބްރީ އަކީ ޒުވާން އެކަމަކު ކުރިއާއި މެދުތެރެ ގުޅުވައިދިނުމުގައި ހަލުވި ކުޅުންތެރިއެކެވެ. އޭނާ ވަނީ ޒުވާން އުމުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ސްޕޭނުގެ ކުލަބުތަކުގައި ތަޖުރިބާ ހޯދައިފަ އެވެ.
ޓިއުނީޝިޔާ އަކީ ދިފާއީ ޓީމެކެވެ. އަބަދުވެސްމެ އެވެ. ކޮލިފައިންގެ ކުރީކޮޅު ޓިއުނީޝިޔާގެ ދިފާއީ ސްޓައިލް އެޓޭކަށް ބަދަލުކޮށްލުމުން ޓީމުގެ އުނިކަންކަން މާބޮޑަށް ފެނިގެންދިޔަ އެވެ. މިހެންވެ އެނބުރި ކުރީގެ ދިފާއީ އުސޫލަށް ބަދަލުވެ، ކޮލިފައިންގެ ގިނަ މެޗުތަކުގައި ފަހަތް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. އެކަމަކު ޓީމުގައި ތިބި ތިން ގޯލްކީޕަރުން ކުރެ އެއްވަނަ ކީޕަރު ހޮވަން އުނދަގޫވާހާ ވަރަށް ކީޕަރުން ވަނީ ގޯސްތައް ތަކުރާރު ކޮށްފަ އެވެ. މެދުތެރޭގައި ތިބި ގިނަ ކުޅުންތެރިންނަކީ ހަރަކާތް މާ އަވަސް ނޫނަސް ޑިފެންސަށް އެހީތެރިވެދިނުން ރަނގަޅެވެ. ދިފާއީ ގޭމެއްގައި ކުޅެ އެ މީހުން މޮޅުވުމަށް ބަރޯސާ ވަނީ ދެ ފަހާރުގެ ދެ އަރިމަތިން އުފައްދާ ކައުޓަ އެޓޭކަށެވެ.
ކޯޗު: ސަބްރީ ލަމޫޗީ
އުމުރު: 54
ގައުމު: ފްރާންސް
ޓިއުނީޝިޔާގެ ކޯޗަކީ ސަބްރީ ލަމޫޗީ އެވެ. އުމުރުން 54 އަހަރުގެ ލަމޫޗީ އަކީ ފްރާންސްގެ ރައްޔިތެކެވެ. ފްރާންސްގެ ގައުމީ ޓީމަށް 12 މެޗު ކުޅެދީ ގޯލެއް ވެސް ޖެހި އެވެ. ފްރާންސްގެ މޮނާކޯ އާއި އިޓަލީގެ އިންޓަމިލާނާއި ޕާމާ އަށް ވެސް ކުޅުނު ލަމޫޗީ ކޯޗިން ކެރިއަރު ފެށީ 2012ގައި އައިވަރީ ކޯސްޓުގެ ކޯޗުކަމުންނެވެ. ޓިއުނީޝިޔާ އަކީ އޭނާ ކޯޗުކޮށްދޭ ދެ ވަނަ ގައުމެވެ. ކޯޗުކަމާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓްގައި މި އަހަރުގެ ޖެނުއަރީ މަހު އެވެ. ޓިއުނީޝިޔާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނީ އެ ގައުމުގެ ރައްޔިތެއް ކަމުގައިވާ ސާމީ ޓްރަބެލްސީ އެވެ. ކުރީގެ އިތުބާރު ޑިފެންޑަރު ގައުމީ ކޯޗުކަން ދޫކޮށްލީ އެފްރިކާ ކަޕްގެ ފުރަތަމަ ބުރުން ކެޓުމުންނެވެ.
އަހަރުމެން ކުޅޭނީ އަހަރުމެންގެ ފިލޯސަފީގައި ތިބެ. މި ގްރޫޕުގައި ސްވިޑްން އަކީ ވަރަށް ސްޓަޑީކޮށްގެން ކުޅޭ ޓީމެއް. ޖަޕާން ވަނީ ވެމްބަލީގައި އިނގިރޭސިން ބަލިކޮށްފައި. ދެން ނެދަލޭންޑްސްގެ ފެންވަރު މުޅި ދުނިޔެ އަށް އެނގޭ. މީގެ މާނަ އަކީ އަހަރުމެން ކޮންމެ މެޗަކަށް 100 ޕަސެންޓް ދޭން ނުޖެހުމެއް ނޫން. މިއީ އުނދަގޫ ގްރޫޕެއް.