
ޖަޕާން
ހާޖިމީ މޮރިޔާސޫ

ހާޖިމީ މޮރިޔާސޫ
އާބާދީ: 122 މިލިއަން މީހުން
ސަމުރާއީ ބްލޫސްގެ ނަމުން މަޝްހޫރުވެފައިވާ ޖަޕާނަށް މިއީ އަށް ވަނަ ވޯލްޑް ކަޕެވެ. އޭޝިޔާގެ އެންމެ މުއްސަދި ގައުމު ކަމަށްވާ ޖަޕާން އެންމެ ފުރަތަމަ ވޯލްޑް ކަޕުގައި ކުޅުނީ ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ހަ ވަނަ ފަހަރަށް ނުކުންނަ ޖަޕާނަށް ވޯލްޑް ކަޕުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ އަމިއްލަ ގައުމުގައި 2002 ވަނަ އަހަރު ބޭއްވި މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރުމެވެ. ނަމަވެސް އެ ކާމިޔާބަކީ ޖަޕާނަށް ހައްގު ގޮތުގައި ލިބުނު ކާމިޔާބެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. މިފަހަރުގެ މުބާރާތަށް ނުކުންނައިރު ޖަޕާނަކީ ގްރޫޕް ސްޓޭޖުގެ މެހުމާނެއް ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. އެކަމަކު ޖަޕާނަކީ އޭޝިޔާގެ ފުޓްބޯޅައިގައި ގަދަ ބާރެކެވެ. އޭޝިއަން ކަޕް މިހާތަނަށް ޖަޕާން ވަނީ ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ.
މުބާރާތް ބާއްވާ ތިން ގައުމު ފިޔަވައި ޖަޕާނަކީ މި ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމެވެ. އެއީ އޭޝިޔާގެ ކޮލިފައިންގައި ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.
ޖަޕާނުގެ އަމާޒަކީ 2050 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ޖަޕާނުގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ބޭސްބޯޅަ އާއި ޓެނިހާއި ގޮލްފް ވެސް ހިމެނެނީ މި ކެޓަގަރީގަ އެވެ. ޖަޕާނުގެ ފުޓްބޯޅަ ކުރިއެރުވުމަށް މިހާތަނަށް ކުރި އެންމެ ރަނގަޅު އެއް މަސައްކަތަކީ އެ ގައުމުގެ ޖޭ ލީގު ފެށުމެވެ. އެކަމަކު ދެމެހެއްޓެނިވި ގޮތެއްގައި ޖޭލީގަށް އިންވެސްޓް ނުކުރެވުމާއެކު އެ ލީގުގެ މަގުބޫލުކަން އޭޝިޔާގައި ވެސް ކުޑަ އެވެ. ޖަޕާނުގެ ގިނަ ކުލަބުތަކުން މިހާރު އެންމެ ބޮޑަށް އިސްކަންދެނީ ގައުމުން ބޭރުގައި އެކަޑަމީ ހިންގުމަށެވެ. މިއީ ކުލަބުތަކަށް ގިނަ އާމްދަނީ ހޯދުމުގެ ގޮތުން ކުރާ ކަމެކެވެ. ޖަޕާނަކީ އޭޝިޔާއިން ވޯލްޑް ކަޕް ދާއިމީކޮށް ކުޅޭ އެއް ގައުމެވެ. އެކަމަކު އެ ގައުމުގެ ޒަމާނީ ޓެކްނޮލޮޖީ އާއި ކުރިއެރުން ގައުމީ ޓީމުގެ ފުށުން ނުފެނުމަކީ ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | NEDނެދަލޭންޑްސް | 3 | +6 | 7 |
| 02 | JPNޖަޕާން | 3 | +4 | 5 |
| 03 |
| 3 |
| 0 |
| 4 |
| 04 | TUNޓިއުނީޝިޔާ | 3 | -10 | 0 |
ލިވަޕޫލްގެ ޑިފެންސިވް މިޑްފީލްޑަރު ވަޓަރޫ އެންޑޯ އަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ހާއްސަކޮށް މެދުތެރެ ހަމަޔަކަށް އަޅުވައި ފަހަތާއި މެދު ގުޅުވައިދިނުމުގެ ޒިންމާ އޮންނަނީ އޭނާ އަށެވެ. ޓީމުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ. ޓަކަފޫސާ ކޫބޯ އޭނާގެ ޑްރިބްލިން އާއި ސްޕީޑް ބޭނުންކޮށް ޓީމަށް އުފެއްދުންތެރިކަން ގެނުވާނެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ބްރައިޓަން އަށް ކުޅޭ ކޯރު މިޓޮމާ އަކީ މެދުތެރެއިން ޓީމު ލައްވައި ކުޅުވައި ދިނުމުގެ މުހިންމު ރޯލެއް އޮތް ކުޅުންތެރިއެކެވެ. އިޓަލީގެ ޕާމާގެ ކީޕަރު ޒިއޯން ސުކުކީ ވަނީ ގައުމީ ޓީމަށް 23 މެޗު ކުޅެދީފަ އެވެ. ޖަރުމަނުގެ ވާޑާ ބްރޭމަންގެ ޔުކިނާރީ ސުގަވާރާ އަކީ ތަޖުރިބާ ހުރި ޑިފެންޑަރެކެވެ.
ޖަޕާނަކީ ވަރަށް ވިސްނުންތެރިކަމާއެކު ކެތްތެރިކަން އިސް ކުރާ ޓީމެކެވެ. މުޅި ޓީމުގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ ވެސް 90 މިނިޓް އެއް ފެންވަރެއްގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވެފައި ތިބުމެވެ. ކޯޗު އާއްމުކޮށް ކުޅުވަނީ ދެ އަރިމަތިން ހަލުވި ކުޅުތެރިން ބޭނުން ކޮށްގެންނެވެ. ބައެއް ފަހަރު ޑިފެންސް ހަމަޔަކަށް އަޅުވަން އޭނާ ތިން ޑިފެންޑަރުންނާއި ފަސް މިޑްފީލްޑަރުން ވެސް ބޭނުން ކުރެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި ވެސް އެ މީހުންގެ އެންމެ ނުރައްކާވާނީ އަރިމަތީގެ ސްޕީޑާއި ޖަޕާން ކުޅޭ ހައި ޕްރެސިން ގޭމެވެ. އެ މީހުން މިސާލެއްގެ ގޮތުން ބަލަނީ އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގައި ކްރޮއޭޝިޔާ ދެއްކި ކުޅުމެވެ.
ކޯޗު: ހާޖިމީ މޮރިޔާސޫ
އުމުރު: 57
ގައުމު: ޖަޕާން
ޖަޕާނުގެ ކޯޗަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ދެ ވަނަ ބުރަށް ޓީމުގެ ކުޅުންތެރިޔާ ހާޖިމީ މޮރިޔާސޫ އެވެ. ކުރީގެ މިޑްފީލްޑަރު ވަނީ ގައުމީ ޓީމަށް 35 މެޗުން އެއް ގޯލު ޖަހައިދީފަ އެވެ. އޭނާ ވެގެންދާނީ މި ފަހަރުގެ ވޯލްޑް ކަޕުން ފެންނާނެ ގައުމީ ކޯޗުންގެ ތެރެއިން ޓީމުގައި އެންމެ ދުވަސްވީ ކޯޗެވެ. މޮރިޔާސޫ ޓީމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީހާ ދުވަހު އޭނާ ކުރި މަސައްކަތް މި ފަހަރުގެ ވޯލްޑް ކަޕުގައި ނުފެނިއްޖެނަމަ މަގާމު ގެއްލުން އެކަށީގެންވެ އެވެ. އޭނާގެ ކޯޗުކަމުގައި ޖަޕާން މިހާތަނަށް ކުޅުނު މުބާރާތްތަކަށް ބަލާއިރު ތައްޓެއް ލިބިފައިނުވުމަކީ ހުދު ކޯޗު ވެސް ކަންބޮޑުވާ ކަމެކެވެ. ޖަޕާންގެ ކުލަބު ލެވެލްގައި ކާމިޔާބު ހޯދި ނަމަވެސް ގައުމީ ކޯޗުކަމުގައި 57 އަހަރުގެ މޮރިޔާސޫ އަށް ކިރިޔާ ވެސް ލިބުނު ކާމިޔާބީ އަކީ 2019 ވަނަ އަހަރުގެ އޭޝިޔާ ކަޕްގެ ފައިނަލަށް ދިއުމެވެ.
އަހަރުމެންގެ އަމާޒަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުން. އެފްއޭގެ އަމާޒަކީ 2050 ވަނަ އަހަރު އެކަން ކުރުން. މި ދެ ވިސްނުން އެއްކޮށްލީމާ ޓީމު ތިބެންޖެހޭނީ އެ ވިސްނުމުގައި. އަހަރުމެންގެ އެންމެ ބޮޑު ބާރަކީ ހުރިހާ ކުޅުންތެރިން 90 މިނިޓް ވަންދެން ގޭމް ތެރޭގައި ތިބޭތީވެ. އަހަރުމެން އެންމެ ފަހު ވޯލްޑް ކަޕުގައި ދެއްކި ކުޅުމަށް ބަލާއިރު ބަލިވީ ކްރޮއޭޝިޔާ އަތުން. އެ ކަންކަމަށް ބަލާއިރު މިއީ އަހަރުމެންނަށް ތަފާތު މުބާރާތަކަށް ހެދިދާނެ.