
ސްވިޑްން
ގްރެހަމް ޕޮޓާ

ގްރެހަމް ޕޮޓާ
އާބާދީ: 10 މިލިއަން މީހުން
ސްވިޑްން އަކީ ނޯޑިކް ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގައުމެވެ. ނޯޑިކް ގައުމުތަކުގެ ތެރެއިން ކޮފީ އެންމެ ގިނައިން ބޯ ބަޔަކީ ވެސް ސްވިޑްން މީހުންނެވެ. ގައުމުގެ އާއްމު ހިދުމަތްތައް އޮންނަނީ ހިލޭ ހަމަޖައްސައިދީފަ އެވެ. މި ގައުމުގައި 10 އަހަރު ވަންދެން ސްކޫލްތަކަށް ގޮސް ތައުލީމު އުނގެނުމަކީ މަޖުބޫރު ކަމެކެވެ. ސަރުކާރުގެ މުވައްޒަފުން މަހަކު 25 ދުވަހު މަސައްކަތް ކުރަން ޖެހޭނެ އެވެ. ގައުމުގެ އިގްތިސާދު ބިނާވެފައިވަނީ ދަތުރު ފަތުރުގެ އާލާތްތަކާއި މެޝިނަރީސް އާއި ބޭހާއި ކެމިކަލާއި ވަކަރާއި ކަރުދާސް އުފެއްދުމަށެވެ. ދުނިޔޭގެ ތާރީހުގައި ސީމަނުންގެ ގޮތުގައި ފާހަގަ ކުރެވިގެންދިޔަ ސްވިޑަން އަކީ ޔޫރަޕުގެ އުތުރު ފަޅީގައިވާ ގައުމެކެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ނުވަތަ ވޯލްޑް ކަޕުގައި ހަތަރު ފަހަރު ސެމީ ފައިނަލް ކުޅެ 1958ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ފައިނަލަށް ވެސް އެމީހުން ދަތޔރު ކުރި ނަމަވެސް މިހަނދާންހުރި މަދުބަޔަކު މެނުވީ މިހާރަކު ނެތެވެ. ފައިނަލުގައި ސްވިޑަން ބަލިވީ މަޝްހޫރު ބްރެޒިލް އަތުން 5-2 ލަނޑުންނެވެ. މިއީ ބްރެޒިލް އަށް ދުނިޔޭގެ ތަށި ލިބުނު ފުރަތަމަ ފަހަރު ވެސްމެ އެވެ.
ވޯލްޑް ކަޕަށް ސްވިޑްން ކޮލިފައިވީ ގްރޫޕް ފޭހުގައި އުނދަގޫތަކަކަށް ފަހު އެންމެ ފަހުން ޕްލޭއޯފް ކުޅެގެންނެވެ. ޔޫރަޕުގެ ޕްލޭއޯޕުގެ ފައިނަލަށް ސްވިޑްން ދަތުރު ކުރީ ޔުކްރޭން 3-1އިން ބަލިކޮށްގެންނެވެ. އަދި ފައިނަލް ޕްލޭއޯފް މެޗު ކާމިޔާބު ކުރީ ޕޮލެންޑް 3-2އިން ބަލިކޮށްފަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | NEDނެދަލޭންޑްސް | 3 | +6 | 7 |
| 02 | JPNޖަޕާން | 3 | +4 | 5 |
| 03 |
| 3 |
| 0 |
| 4 |
| 04 | TUNޓިއުނީޝިޔާ | 3 | -10 | 0 |
ސްވިޑްން އަކީ ފުޓްބޯޅައިގެ ބާރެއް ނޫނެވެ. އެ ގައުމަށް މިހާތަނަށް ހޯދުނު އެންމެ ފުރިހަމަ ކާމިޔާބީ އަކީ 1948 ވަނަ އަހަރުގެ އޮލިމްޕިކްސް އިން ރަންމެޑަލް ހޯދުމެވެ. ވޯލްޑް ކަޕުގައި އެންމެ ދުރަށް ދެވުނީ ފައިނަލާ ހަމައަށެވެ. އެއީ 1958 ވަނަ އަހަރު އެވެ. އޭގެ ފަހުން އެމެރިކާގައި ބޭއްވި މުބާރާތުގެ ތިން ވަނަ ހޯދި ނަމަވެސް އޭގެ ފަހުން މާ އެދެވޭ ކާމިޔާބީ އެއް ނުހޯދެ އެވެ. ސްވިޑްންގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެ ގައުމުގެ ވާހަކަ ދައްކާނަމަ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ މަޝްހޫރު ލާޓަން އިބްރަހިމޮވިޗެވެ. ޔޫރަޕުގެ ގިނަ ކުލަބުތަކަށް ކާމިޔާބު ހޯދައިދިން ކުޅުންތެރިޔާގެ އިތުރުން ހެންރިކް ލާސަން އަކީ ވެސް ގިނަ ބަޔަކަށް އުފާވެރިކަން ހޯދައިދިން ކުޅުންތެރިއެކެވެ.
ސްވިޑްންގެ ގިނަ ކުޅުންތެރިން ކުޅެނީ ގައުމުން ބޭރުގަ އެވެ. އެސްޓަން ވިލާގެ ވިކްޓަރ ލިންޑްލޯފަކީ ޓީމުގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާ އަދި ކެޕްޓަނެވެ. ބޮރޫޝިޔާ ޑޯޓްމުންޑްގެ ޑެނިއަލް ސްވެންސަން އަކީ މުހިންމު ޑިފެންޑަރެކެވެ. އަދި ޖަރުމަނުގެ ވުލްފުސްބާގްގެ މަތިއަސް ސްވެންބާގް އާއި ނިއުކާސަލްގެ ފޯވަޑް އެންތޮނީ އެލަންގާ އަކީ މުހިންމު ކުޅުންތެރިއެކެވެ. ނަމަވެސް ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިންނަކީ އާސެނަލްގެ ފޯވަޑް ވިކްޓަ ޔޯކެރެސް އާއި ލިވަޕޫލްގެ އެލެގްޒެންޑާ އިސާކެވެ. މި ދެ ކުޅުންތެރިން އެކުވުމުން އެޓޭކް ކިތަންމެ ވަރުގަދަވިޔަސް ސްވިޑްގެ މެދާއި ފަހަތުގައި މައްސަލަ އުޅޭ ކަމަށް ކޯޗު ވެސް އެއްބަސްވެ އެވެ.
ވޯލްޑް ކަޕަށް ނުކުންނައިރު ސްވިޑްންއާ މެދު އޮތް އެންމެ ބޮޑު ސުވާލަކީ ޓީމުގެ އެންމެ މުހިންމު ދެ ފޯވަޑުން އެކުގައި ކުޅުވާނެތޯ އެވެ؟. އެލެގްޒެންޑާ އިސާކް ނުލައި ކޮލިފައިން މެޗުތައް ކުޅުވި ފޯމޭޝަނާއި މުޅި ޓީމުގެ ރޭވުން އޭނާ އެނބުރި އައުމުން ބަދަލު ކުރަން ޖެހޭނެ އެވެ. ސްވިޑްންގެ ކޯޗުކަމާ ޕޮޓާ ހަވާލުވުމަށްފަހު އޭނާ އިސްކަންދެނީ ފަހަތަށް ތިން ޑިފެންޑަރުން ލައިގެން ކުޅުވުމަށެވެ. ސަބަބަކީ މެދުތެރޭގެ ސަޕޯޓް ފަހަތާއި ކުރިއަށް އެއްވަރަކަށް ހޯދައިދޭން ބޭނުންވާތީ އެވެ.
ކޯޗު: ގްރެހަމް ޕޮޓާ
އުމުރު: 50
ގައުމު: އިންގްލޭންޑް
ސްވިޑްންގެ ކޯޗަކީ އިނގިރޭސިއެކެވެ. ގްރެހަމް ޕޮޓާ އެވެ. އުމުރުން 50 އަހަރުގެ ޕޮޓާ ވަނީ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ޗެލްސީ އާއި ވެސްޓްހަމް އަދި ސްވަންސީ އާއި ބްރައިޓަން އަށް ވެސް ކޯޗުކޮށްދީފަ އެވެ. މިއީ ގައުމީ ޓީމަކަށް އޭނާ ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. އޭނާ ކޯޗު ކަމާ ހަވާލުވީ 2025 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އިނގިރޭސި މީޑިއާގެ ޕްރެޝަރާ ވެސް އެކު ކުލަބުތަކުގައި ގާއިމްވެ ނުހުރެވުނަސް ޕޮޓާ ވަނީ ސްވިޑްންގެ ގައުމީ ޓީމާ ހަވާލުވުމަށްފަހު މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމަށް ބަދަކުތަކެއް ގެނެސްފަ އެވެ. ކޯޗިންގައި އޭނާ ގެންގުޅެނީ ސްޕޭނުގެ ކޯޗުންގެ އުސޫލުތަކެވެ. ހާއްސަކޮށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އުސޫލުތައް އޭނާ ވަރަށް ބޮޑަށް ގަބޫލު ކުރެ އެވެ.
ވިކްޓަރ ޔޯކެރެސް އަކީ ހަމައެކަނި ގޯލު ޖަހާ ކުޅުންތެރިއެއް ނޫން. އޭނާ އަކީ ފަހަތަށް ފައިބައި ޑިފެންސް ވެސް ކޮށްދޭ ކުޅުންތެރިއެއް. އޭނާ ޓީމުގައި ހުރުމުން ލިބޭ އިތުބާރު އިސާކް އައުމުން ބޮޑުވާނެ. މި ދެ ކުޅުންތެރިން އެކުވުމުން އެޓޭކް ވަރުގަދަވާނެ. އަހަރެންނަށް ދެ ކުޅުންތެރިން އެކީގައި ބޭނުން ކުރަން ދައްޗެއް ނެތް.