
ސްކޮޓްލޭންޑް
ސްޓީވް ކްލާކް

ސްޓީވް ކްލާކް
އާބާދީ: 5 މިލިއަން މީހުން
ސްކޮޓްލޭންޑް ނުވަތަ ޓާޓަން އެނިމީ އަކީ ޔުނައިޓެޑް ކިންގްޑަމްގެ ބައެކެވެ. ގައުމުގެ އެންމެ އިސްވެރިއަކީ ވެސް އިނގިރޭސި ރަސްގެފާނު ޗާލްސް އެވެ. މިނިވަން ބަޔަކަށް ސްލޮޓްލޭންޑްވީ ނުވަ ވަނަ ގަރުނުގަ އެވެ. ސްކޮޓްލޭންޑަކީ ގޮލްފްގައި މަޝްހޫރު ގައުމެކެވެ. ގާތްގަނޑަކަށް 700 ގޮލްފް ކޯސް މިގައުމުގައިވެ އެވެ. އިނގިރޭސީންނާ އޮތް ގުޅުމުގެ ތެރެއިން އެންމެ ފުރަތަމަ މެޗެއް ކުޅުނީ ވެސް އެ ގައުމާ ދެކޮޅަށެވެ.
ސްކޮޓްލޭންޑް ކޮލިފައިވީ ކޮލިފައިންގެ ފަހު މެޗު ނިމިނިމި އޮއްވައި ފަހު ވަގުތު ޑެންމާކް ކޮޅަށް ޖެހި ދެ ގޯލުންނެވެ. މި ފަހަރުގެ ކޮލިފައިންގައި ސްކޮޓްލޭންޑަށް މާބޮޑު ދަތިތަކެއް ކުރިމަތިނުވެ އެވެ. ފާއިތުވެދިޔަ ހައެއްކަ އަހަރު ކުޅުންތެރިން ހޯދި ތަޖުރިބާއާއެކު ކޮލިފައިންގައި ސްކޮޓްލޭންޑް ފެނުނީ ވަރަށް ހަރުދަނާ ޓީމެއްގެ ގޮތުގަ އެވެ.
ކޯޗު ކްލާކް ވަނީ ސްކޮޓްލޭންޑްގައި ޒުވާން މޮޅު ޓީމެއް އެކުލަވާލައިފަ އެވެ. ނަމަވެސް ތަޖުރިބާ މަދުކަމުން ޔޫރަޕުގެ ގަދަ ޓީމުތައް ބަލިކުރުމަކީ އެމީހުންނަށް އަދި މާފަސޭހަކަމަކަށްނުވެ އެވެ. ހާއްސަކޮށް އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ނުކުޅެވުމަކީ ޓީމުގެ އެންމެ ބޮޑު ބަލިފަޔެވެ. ސްކޮޓްލޭންޑްގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ގިނަ ކުޅުންތެރިން ކުޅެނީ ވެސް އިނގިރޭސިވިލާތުގަ އެވެ. އަމިއްލަ ގައުމުގެ ލީގަށްވުރެ އިނގިރޭސި ކުލަބުތަކަށް ކުޅެން ކުޅުންތެރިން މާބޮޑަށް ވެސް އިސްކަންދެ އެވެ. 1998ގެ ފަހުން ފުރަތަމަ ފަހަރަށް ކުޅޭ ވޯލްޑް ކަޕުގައި ސްކޮޓްލޭންޑް އުއްމީދު ކުރަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައިދާށެވެ. މިއީ މިހާތަނަށް ވޯލްޑް ކަޕުގައި ސްކޮޓްލޭންޑަށް ދެވިފައިވާ ހިސާބެއް ނޫނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | BRAބްރެޒިލް | 3 | +6 | 7 |
| 02 | MARމޮރޮކޯ | 3 | +3 | 7 |
| 03 |
| 3 |
| -3 |
| 3 |
| 04 | HAIހައިޓީ | 3 | -6 | 0 |
ކޮލިފައިންގައި މިޑްފީލްޑަރު މެކްޓޮމިނޭ ވަނީ އަށް މެޗުން ހަތް ގޯލު ޖަހައިފަ އެވެ. މިއަށްވުރެ ވިދުންގަދަ ބަޔަކަށް ތިބީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފޯވަޑުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކީލިއަން އެމްބާޕޭ އާއި ހެރީކޭން އެވެ. މިހެންވެ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރަކީ ކްލާކް ފާހަގަކުރާ ގޮތުގައި ޓީމުގެ މައިބަދަ އެވެ.
ނިމިދިޔަ ސީޒަނަކީ 27 އަހަރުގެ ކުޅުންތެރިޔާގެ އެންމެ ވިދުންގަދަ ސީޒަނެވެ. ކުލަބާއި ގައުމީ ޓީމުގައިވެސްމެ އެވެ. އޭނާ އަކީ މީގެ ކުރިން މާ ބޮޑަށް ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައި ފެނިފައިވާ ކުޅުންތެރިއެއްނޫނެވެ. އޭނާއާއެކު ތަޖުރިބާކާރު މިޑްފީލްޑަރު މެކް ގިން އަކީ ހާއްސަ ކުޅުންތެރިއެކެވެ. ގިނަ މަގާމުތަކަށް ކުޅެން އޭނާ ނުހަނު ފަރިތަ އެވެ.
މީގެ އިތުރުން ލިވަޕޫލްގެ އެންޑީ ރޮބަޓްސަން އަކީ ޓީމުގެ ކެޕްޓަނެވެ. އޭނާ އަކީ އަރިމަތިން ހަލުވިކޮށް ކުޅޭ ފަހަތާއި ކުރިއަރައި ގޯލް ޖެހުމުގައި ވެސް ކުޅަދާނަ ކުޅުންތެރިއެކެވެ. ނަމަވެސް ލިވަޕޫލްގައި އޭނާއާއެކު ކުޅެންތިބި ފަދަ މޮޅު ކުޅުންތެރިން ގައުމީ ޓީމުގައި ނެތުމާއެކު ގައުމީ ޖާޒީގައި އެހާ ވިދުން ގަދަވުމަށް ރޮބަޓްސަނަށް އޮންނަނީ ފުރުސަތު ހަނިވެފަ އެވެ.
ސްކޮޓްލޭންޑަށް ޓީމަށް ބަލާއިރު ފާހަގަކޮށްލެވޭ އެންމެ ހާއްސަ ކަމަކީ ކޮލިފައިންގައި ވެސް އެންމެ ގިނަ ގޯލު ޖެހީ މިޑްފީލްޑަރުން ކަމެވެ. ޓީމުގައި މަދުވަނީ ވަރުގަދަ ފޯވަޑެކެވެ. މިހެންވެ މެދުތެރެ އަށް ބަރޯސާ ވެގެން ކުޅޭއިރު ނަތީޖާ އަނބުރާލުމުގެ ޒިންމާ މެދާއި ފަހަތުން ކުރިއަރާ ކުޅުންތެރިން ނަގަން ޖެހުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ތަޖުރިބާކާރު ގޯލްކީޕަރު ކްރައިގް ގޯޑަން ވަނީ މި ސީޒަނުގައި މޮޅަށް ކުޅެފަ އެވެ. އެކަމަކު އޭނާ އަކީ ހީނުކުރާ ވަގުތުތަކުގައި ބޮޑެތި ގޯސްތައް ހަދާ ކީޕަރެކެވެ.
ކޯޗު: ސްޓީވް ކްލާކް
އުމުރު: 62
ގައުމު: ސްކޮޓްލޭންޑް
14 އަހަރަށް ފަހު ސްކޮޓްލޭންޑް އެންމެ ފަހުގެ ދެ ޔޫރޯ އާއި ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގެ ހުރިހާ ކްރެޑިޓެއް އޮތީ ސްޓީވް ކްލާކަށެވެ. ވެސްޓް ބްރޮމްގެ ކުރީގެ ކޯޗު ވަނީ 2019 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވުމަށްފަހު އޭނާގެ ކޯޗުކަމުގައި ކުޅުނު 53 މެޗުގެ ތެރެއިން ދެބައިކުޅެ އެއްބައި މެޗުތައް ކާމިޔާބުކޮށްފަ އެވެ. މިއީ އޭނާއަށް ކޯޗުކަންދިއިރު އެކަކު ވެސް އުއްމީދުކުރި ކަމެއްނޫނެވެ. އޭނާގެ ކޯޗުކަމުގައި ސްކޮޓްލޭންޑް ގައުމީ ޓީމު ކުރިއަރާފައިވަނީ ދަނޑުމަތީގައި އެކަންޏެއްނޫނެވެ. ޓީމުގެ މޮޅު ކުޅުމާއެކު ކުރިން ޓީމާމެދު ހިޔާލުތަފާތުވި އެންމެން މިހާރު ތިބީ ގައުމީ ޓީމުގެ ފަހަތުގަ އެވެ. މިހެންވެ މި ފަހަރުގެ ޔޫރޯ އަކީ އާދައިގެ މުބާރާތަކަށް ނުވާނެ ކަމަށް އެ ގައުމުގެ ގިނަ ބަޔަކާއި ކްލާކް ވެސް އުއްމީދުކުރެ އެވެ.
މި ގްރޫޕަށް ބަލާލުމުން ފެނިގެންދަނީ ތަފާތު ހަތަރު ބައްރުގެ ހަތަރު ގައުމު. އަހަރެންނަށް އެއްވެސް ގޮތަކަށް ނުވިސްނޭ މި ގްރޫޕުން އަހަރުމެން ދެ ވަނަ ބުރަށް ނުދާންވީ ސަބަބެއް. ބްރެޒިލް އަކީ ސްކޮޓްލޭންޑަށް ހާއްސަ ގައުމެއް. އެ މެޗު ވެސް ހާއްސަވާނެ.