
ހައިޓީ
ސެބަސްޓިއަން ބާނާޑް މިންގޭ

ސެބަސްޓިއަން ބާނާޑް މިންގޭ
އާބާދީ: 12 މިލިއަން މީހުން
ކެރީބިއަން ސަރަހައްދުގައިވާ ހައިޓީ އަކީ ފަރުބަދަތައް ގިނަ ގައުމެކެވެ. ހައިޓީ މި ނަމަކީ ވެސް އުސް ފަރުބަދަތަކަށް ނިސްބަކޮށް ކިޔާފައިވާ ނަމެކެވެ. ނަމަވެސް މިއީ މައްސަލަ ބޮޑު ގައުމެކެވެ. މިހެންވެ ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އަމިއްލަ ގައުމުގައި އެންމެ މެޗެއް ވެސް ނުކުޅެ އެވެ. އިންތިހާބީ އެއްވެސް މީހަކު ހައިޓީގައި ނުހުންނާނެ އެވެ. ގޭންގް ކުށްތައް ގިނަ އެވެ. ޒަމާންވީ ތާރީހަށް ބަލާއިރު ވެސް އެއީ އާދައިގެ ހާލަތެއްގައި އޮތް އިގްތިސާދީ ގޮތުން ދަތި ގައުމެކެވެ. އިންސާނީ ވަގުފާރީގައި ކުރީގައި އުޅޭ ގައުމެކެވެ. ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެވެ. ގައުމުގެ އާމްދަނީގެ 90 ޕަސެންޓަކީ ވެނެޒުއޭލާއާއެކު ކުރާ ތެލުގެ ވިޔަފާރީން ލިބޭ ފައިސާ އެވެ.
ހައިޓީއަކީ އެންމެ ފުރަތަމަ މިނިވަންވި ކަޅުމީހުން ދިރިއުޅުނު ގައުމެވެ. މިހާރު ވެސް ގިނަ ބަޔަކު ވާހަކަ ދައްކާ މައިގަނޑު އެއް ބަހަކީ ފްރާންސް ބަހެވެ. ޕީނަޓް ބަޓަރ އަކީ މި ގައުމުގައި މަޝްހޫރު ކެއުމުގެ ބާވަތެކެވެ. އަދި ކެއިން ބުއިމުގައި ހައިޓީ މީހުންނަކީ ވަރަށް ކުޅިކޮށް ކާބައެކެވެ.
ހައިޓީ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮންކާކަފް ސަހަރައްދުގެ ތިން ވަނަ ބުރުގައި ގްރޫޕް ސީގެ ކުރި ހޯދައިގެންނެވެ. ހަ މެޗު ކުޅުނުއިރު ތިން މެޗުން މޮޅުވެ، ދެ މެޗު އެއްވަރު ކުރި އެވެ. މިކަމުގައި އެންމެ ފާހަގަ ކުރެވުނު ކަމަކީ ހައިޓީގެ ހުރިހާ މެޗެއް ވެސް ގައުމުން ބޭރުގައި ކުޅެން ޖެހުމެވެ. މިއާއެކު ވެސް ހައިޓީ ކުޅުންތެރިން ވަނީ އެ މީހުންގެ ކެތްތެރިކަމާއި ހިތްވަރު ސާބިތުކޮށްދީފަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | BRAބްރެޒިލް | 3 | +6 | 7 |
| 02 | MARމޮރޮކޯ | 3 | +3 | 7 |
| 03 |
| 3 |
| -3 |
| 3 |
| 04 | HAIހައިޓީ | 3 | -6 | 0 |
ފުޓްބޯޅަ އަކީ ހައިޓީގެ އެންމެ މަގުބޫލު ކުޅިވަރެވެ. އެކަމަކު އެ ގައުމުގައި ރަސްމީ ހައިސިއްޔަތު ލިބިފައިވާ މާވަރުގަދަ ފުޓްބޯޅަ ލީގެއް ނެތެވެ. ގައުމުގައި އޮތީ އެންމެ ފުޓްބޯޅަ ސްޓޭޑިއަމެކެވެ. އެތަނަށް ވަދެވެނީ 20000 މީހުންނަށެވެ. އެ މީހުންނަށް ފުޓްބޯޅައިން ލިބުނު މާބޮޑު ކާމިޔާބީއެއް ވެސް ނެތެވެ. އެކަމަކު ހައިޓީގެ އަންހެން ފުޓްބޯޅަ ޓީމު ވަނީ 2023 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެފަ އެވެ.
މިއީ ހައިޓީ ފިރިހެނުންގެ ވޯލްޑް ކަޕުގައި ކުޅޭ ދެ ވަނަ ފަހަރެވެ. އެމީހުން އެންމެ ފުރަތަމަ ވޯލްޑް ކަޕުގައި ކުޅުނީ 1974 ވަނަ އަހަރު އެވެ. އެފަހަރު ޕޮލެންޑާއި އިޓަލީ އާއި އާޖެންޓިނާ އަތުން ވެސް ބަލިވެ ދިޔައީ ގްރޫޕުގެ ފުލަށެވެ. ނަމަވެސް ހަތްދިހައިގެ އަހަރުތަކަކީ ހައިޓީގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދުވަސްވަރެވެ. ކޮންކާފް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން އެ މީހުން ހޯދީ 1973ގަ އެވެ. އަދި އަދި 1978 އާއި 2007ގައި ކެރީބިއަން ކަޕް ވެސް ކާމިޔާބު ކުރި އެވެ. މި ފަހަރުގެ ޓީމު އެކުލަވާލާފައިވަނީ އެމެރިކާ އާއި ފްރާންސާއި އަމިއްލަ ގައުމުގައި ކުޅޭ ކުޅުންތެރިންގެ މައްޗަށެވެ. މުޅި ފުޓްބޯޅަ އެސޯސިއޭޝަނުގެ ބަޖެޓަކީ ގާތްގަނޑަކަށް 14 މިލިއަން ޑޮލަރެވެ.
ޑުކެންސް ނަޒޮން އަކީ ހައިޓީގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެންމެ އުފެއްދުންތެރި ކުޅުންތެރިޔާ އެވެ. ގޯލްޑް ކަޕާއި ނޭޝަންސް ލީގުގައި ވެސް އޭނާ ޖެހި ގޯލުތަކުން ގައުމީ ޓީމު ކުރިއަށް ދިޔަ އެވެ. ފްރާންސާއި ބެލްޖިއަމްގައި ވެސް ކުޅުނު ނަޒޮން އެންމެ ފަހުން ކުޅުނީ އިރާނުގެ އިސްތްގްލާލަށެވެ. އުމުރުން މިހާރު 32 އަހަރުގެ ފޯވަޑް ވަނީ ގައުމީ ޓީމަށް މިހާތަނަށް 80 މެޗު ކުޅެ 44 ގޯލު ޖަހައިދީފަ އެވެ. މީގެ އިތުރުން ޕްރެމިއާ ލީގުގެ ވުލްސްއަށް ކުޅޭ ޖީން ބެލެގާޑޭ އާއި ސަންޑަލޭންޑަށް ކުޅޭ ވިލްސަން އިސިޑޯ އަކީ ވެސް ފާހަގަ ކޮށްލެވޭ ދެ ކުޅުންތެރިންނެވެ.
ހައިޓީގެ އެންމެ ބޮޑު މައްސަލައަކީ ކޮންސިސްޓެންޓް ޑިފެންސެއް ނެތުމެވެ. 2025 ވަނަ އަހަރު އެ މީހުން ކުޅުނު ހަތަރުބައިކުޅަ އެއްބައި މެޗުތަކުގައި ތިނެއް ނުވަތަ އެއަށްވުރެ ގިނަ ގޯލު ބައިކޮޅަށް ވަދެފައިވެ އެވެ. ފަހަތަށް ހަތަރު ޑިފެންޑަރުން ލައިގެން ކުޅޭއިރު އެޓޭކިން ހަތަރު ކުޅުންތެރިއަކު ކުރީގައި ބޭނުންކޮށްފިނަމަ ފަހަތަށް ވަންނަ ގޯލުގެ އަދަދު މަދު ނުކުރެވޭތީވެ ހައިޓީ ވިސްނާނީ ވީ އެންމެ ބޮޑަކަށް ދިފާއުގައި ތިބެފައި ލިބޭ ފުރުސަތަކަށް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ކޯޗު: ސެބަސްޓިއަން ބާނާޑް މިންގޭ
އުމުރު: 53
ގައުމު: ފްރާންސް
ޓީމުގެ ކޯޗަކީ ފްރާންސްގެ ސެބަސްޓިއަން ބާނާޑް މިންގޭ އެވެ. އޭނާ އަކީ 2022 ވަނަ އަހަރު ކެމަރޫނުން ބްރެޒިލް ބަލިކުރިއިރު ކޯޗު ރިގޯބާޓް ސޮންގްގެ އެހީތެރިޔާ އެވެ. މިހާރު 53 އަހަރުގެ ކޯޗު ގައުމީ ޓީމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ކޮންގޯ އާއި ކެންޔާ އާއި އީކުއޭޓޯރިއަލް ގިނީ އަށް ކޯޗުކޮށްދީ ކެމަރޫންގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. އެކަމަކު ސަލާމަތީ ސަބަބުތަކާހުރެ ހައިޓީގައި އޭނާ ނުހުރެ އެވެ. މެޗުތައް ބަލައި ދިރާސާ ކުރީ ޓީވީގެ ޒަރީއާއިންނެވެ. އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސާއި އިނގިރޭސިވިލާތުގައި ދުވަސްތަކެއް ހޭދަކޮށްފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ކޯޗުކަމުގައި އޭނާގެ ވިދުން ގަދަކޮށް، އާއްމުންގެ ފުރިހަމަ އިތުބާރު ހޯދަން ލިބޭ ފުރުސަތެކެވެ.
އަމިއްލަ ގައުމުގައި މެޗުތައް ކުޅެ، ކުޅުންތެރިން ދިރާސާ ކުރުމުގެ ފުރުސަތު ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު މިކަން އަހަރުމެން ނެގީ އިތުރު ހިތްވަރެއްގެ ގޮތުގައި. އުއްމީދު ކުރަނީ އެމެރިކާގައި އަހަރުމެންނަށް ރަނގަޅު ސަޕޯޓެއް ލިބިގެންދާނެ ކަމަށް.