
ބްރެޒިލް
ކާލޯ އަންޗެލޯޓީ

ކާލޯ އަންޗެލޯޓީ
އާބާދީ: 213 މިލިއަން މީހުން
ބްރެޒިލް އަކީ ވޯލްޑް ކަޕުގެ ހުރިހާ މުބާރާތެއްގައި ކުޅެފައިވާ ހަމައެކަނި ގައުމެވެ. މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ގައުމަކީ ވެސް ބްރެޒިލް އެވެ. އެގައުމުގެ އެންމެ މަގުބޫލު ކުޅިވަރަކީ ވެސް ފުޓްބޯޅަ އެވެ. މަޝްހޫރު ޕެލޭ އާއި ރޮނާލްޑޯ އަދި ރޮނާލްޑީނިއޯ ފަދަ ތަރިން ބްރެޒިލަށް ކާމިޔާބުކޮށްދިން ވޯލްޑް ކަޕް މި ފަހަރު އަލުން ހޯދަން މަސައްކަތް ކުރާއިރު ބްރެޒިލަށް އޮތީ ތަފާތު ޕްރެޝަރެކެވެ. ސަބަބަކީ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވި 24 އަހަރުވުމުގެ ޕްރެޝަރެވެ. މިއީ މިހާތަނަށް ދުނިޔޭގެ ތަށި ނުލިބި ބްރެޒިލް ހޭދަ ކުރަން ޖެހުނު އެންމެ ދިގު މުއްދަތެވެ.
މިކަން ނިމުމަކަށް ގެނައުމަށް ބްރެޒިލަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ސަބަބަކީ ބްރެޒިލަށްވުރެ ޔޫރަޕުގައި މާމޮޅު ޓީމުތައް ތިބުމެވެ. ޔޫރަޕުގެ ބޮޑެތި ޓީމުތަކުގައި މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިން ބްރެޒިލް ޓީމުގައި ތިއްބަސް މައްސަލައަކީ ޓީމެއްގެ ގޮތުގައި ނުކުޅެވުމެވެ. ބްރެޒިލް އަކީ ދުނިޔޭގެ ހަތަރު ކޮންޓިނެންޓްގައި ވޯލްޑް ކަޕް ކާމިޔާބު ކުރި ހަމައެކަނި ގައުމުވެސްމެ އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި މުބާރާތް ވެސް ކާމިޔާބު ކުރީ ބްރެޒިލެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައިވީ ދަތިއުނދަގޫ މަގަކުންނެވެ. މުބާރާތް ފުޅާކޮށް 48 އަށް ބަދަލުކުރުމުން ދެކުނު އެމެރިކާ އަށް ގިނަ ޖާގަތަޖެއް ލިބިފައިނުވިނަމަ ބްރެޒިލް ކޮލިފައި ނުވެދާނެ ފަހަރަށް މިފަހަރުގެ ވޯލްޑްކަޕް ވެދާނެ ކަމުގެ ބިރު ވެސް ހީވި އެވެ. ކޮލިފައިންގައި ތިން ކޯޗަކު ޓީމަށް އެކި ފަހަރުތަކުގެ މަތިން އިރުޝާދު ދިނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | BRAބްރެޒިލް | 3 | +6 | 7 |
| 02 | MARމޮރޮކޯ | 3 | +3 | 7 |
| 03 |
| 3 |
| -3 |
| 3 |
| 04 | HAIހައިޓީ | 3 | -6 | 0 |
ބްރެޒިލްގައި މޮޅު ކުޅުންތެރިން ގިނަ އެވެ. ނަމަވެސް ކުރިއާއި މިހާރުގެ އެންމެ ބޮޑު ތަފާތަކީ ޅަ އުމުރުގައި ބްރެޒިލްގެ ކުދިން ޔޫރަޕުގެ ޓީމުތަކަށް ގަތުމާއި ކުޅުމުގެ ފުރުސަތު ނުލިބި ތިބެން ޖެހުމެވެ. މިހެންވެ ގައުމީ ޓީމަށް ވަނީ އޭގެ ނިކަމެތިކަން ވަރަށް ބޮޑަށް އިހުސާސް ކުރަން ޖެހިފަ އެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ބްރެޒިލަށް މި މައްސަލަ ހައްލު ކުރެވެނީ އަމިއްލަ ގައުމުގެ ކުލަބުތައް ވަރުގަދަ ކޮށްގެންނާއި ޔޫރަޕް ފަދައިން ވަރުގަދަ އެކަޑަމީތަކެއް ސިސްޓަމެޓިކް ގޮތެއްގައި ހިންގައިގެންނެވެ. މީގެ އިތުރުން 2002އިން ފެށިގެން ބްރެޒިލް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޔޫރަޕުގެ ޓީމުތައް އަތުން ވޯލްޑް ކަޕުގައި ކާމިޔާބު ނުހޯދުމެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަން ތިބީ ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އާއި ބާސެލޯނާގެ ރަފީނިއާ އެވެ. މީގެ ތެރެއިން ރަފީނިއާ އަކީ ފާއިތުވެދިޔަ ދެ ސީޒަނުގައި ކުލަބު ލެވެލްގައި އެންމެ ވިދާލި ފޯވަޑެވެ. ވިނީޝިއުސް ވަނީ މީގެ ދެ ސީޒަން ކުރިން ދުނިޔޭގެ މޮޅު ކުޅުތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މެދުތެރެއިން ކަސެމީރޯ އާއި ފަހަތުން ގަބްރިއަލް އާއި ކީޕަރު އަލިސަން ބެކާ އަކީ ބްރެޒިލްގެ މުހިންމު ކުޅުންތެރިންނެވެ. ސްޕޮންސަރުންގެ ބާރު އެޅުމާއެލު ނޭމާ ޖޫނިއާ ޓީމަށް ނެގި ނަމަވެސް ފުރަތަމަ 11 އަށް އޭނާ އަށް ޔަގީނެއް ނޫނެވެ. މުޅިން ފިޓެއް ވެސް ނޫނެވެ.
ކާލޯ އަންޗެލޯޓީ ޓީމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ގެނައި ބަދަލަކީ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ޓީމަށް ގެނައުމެވެ. ސަބަބަކީ ޑިފެންސިވްކޮށް މެދުތެރެ ވަރުގަދަ ކުރުމެވެ. އެކަމަކު އެޑާ މިނިޓާއޯ އަށް އަނިޔާވުމުން ބްރެޒިލްގެ މެދުތެރޭގައި ތިން މިޑްފީލްޑަރުން ބޭނުން ކުރާނެ ކަމަށް ބެލެވެ އެވެ. ކުރިއާ ހިލާފަށް ބްރެޒިލް ޓީމުގައި މިހާރު ގިނައީ އަރިމަތިން ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިންނެވެ. މި ގްރޫޕް ގިނަކަމުން އެޓޭކިން ލައިން އަތުރާލުން ކޯޗަށް ވަނީ އުނދަގޫވެފަ އެވެ.
ކޯޗު: ކާލޯ އަންޗެލޯޓީ
އުމުރު: 66
ގައުމު: އިޓަލީ
ބްރެޒިލްގެ ކޯޗުކަމަށް ކާލޯ އަންޗެލޯޓީ ގެނައީ ޔޫރަޕާ ވާދަ ކުރުމަށެވެ. އޭނާ އަކީ ބްރެޒިލްގެ ގައުމީ ޓީމު ހަވާލުކުރި ފުރަތަމަ ބިދޭސި ކޯޗެވެ. އަދި ޔޫރަޕުގެ ކުލަބު ފެންވަރުގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. މިވަރުގެ ތަޖުރިބާކާރަކު ބްރެޒިލަށް ގެނައީ އެ ގައުމުގެ ފުޓްބޯޅަ ކާމިޔާބީއާ ހަމައަށް ގެންދެވޭނީ އޭނާ ފަދަ ލީޑަރަކަށް ކަމަށް ގަބޫލުކުރެވި އެކަމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރުމަށްފަހު އެވެ. އަންޗެލޯޓީ އަކީ ރެއާލް މެޑްރިޑާއި އޭސީ މިލާނާއި ޗެލްސީ އާއި ބަޔާން މިއުނިކް އަދި ޕީއެސްޖީގައި ގިނަ ކާމިޔާބުތަކެއް ހޯދި ކޯޗެކެވެ. ކުޅުންތެރިންނަށް ވަރަށް ބޮޑަށް މިނިވަންކަން ދީގެން ކުޅުވާ ކޯޗަކީ ހަރުދަނާ ލީޑަރެކެވެ. މިއީ ގައުމީ ޓީމެއްގައި އޭނާގެ ފުރަތަމަ ތަޖުރިބާ އެވެ.
އަހަރެންނަކީ ވޯލްޑް ކަޕަށް އާ މީހެއް ނޫން. ތިން ފަހަރު މަތިން އަހަރެން ވޯލްޑް ކަޕް ތަޖުރިބާ ކޮށްފިން. ބްރެޒިލަކީ ވޯލްޑް ކަޕް ހޯދޭ ފެންވަރުގެ ޓީމެއް. އަހަރެން ޓީމުގައި ތިބޭނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން. ކާމިޔާބީ އަކީ ގަދައަޅާ ކުރާ މަސައްކަތާއި ހުނަރު އެކުވެގެން ލިބޭނެ އެއްޗެއް،" އަންޗެލޯޓީ