
ގަތަރު
ހޫލިއަން ލެޕޮޓީގް

ހޫލިއަން ލެޕޮޓީގް
އާބާދީ: 3 މިލިއަން މީހުން
ގަތަރަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ބޭއްވި ގައުމެވެ. 2022 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕެވެ. ބޮޑު ހޭދައެއްކޮށްގެން ގަތަރުން ބޭއްވި މުބާރާތާއެކު ވޯލްޑް ކަޕުގެ އިންތިޒާމްތައް ވަނީ މުޅިން އާ އުސްމިނަކަށް އުފުލިފަ އެވެ. ހަމައެކަނި ހިތާމައަކީ މުޅިން އަލަށް ވޯލްޑް ކަޕުގައި ކުޅުނު ގައުމީ ޓީމު އެ މުބާރާތުގެ ފުރަތަމަ ބުރުން ފޭލްވުމެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަތަރަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. ވަރުގަދަ އިގްތިސާދެއް އޮތް ގައުމެކެވެ. ނަމަވެސް އިރާން ހަނގުރާމައިގެ ސަބަބުން ގަތަރުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފަ އެވެ.
ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވީ އޭޝިޔާ ބައްރުގެ ހަތަރު ވަނަ ބުރުން އެއްވަނަ ހޯދައިގެންނެވެ. ތިން ވަނަ ބުރުގައި ހަތަރު ވަނަ ލިބުނަސް ގަތަރުން ވަނީ ފަހު ބުރުގައި އޮމާނާއި ޔޫއޭއީގެ މައްޗަށް ގަދަވެގެންފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި ގަތަރު ހިމެނެނީ ކެނެޑާ އާއި ބޮސްނިއާ އާއި ސްވިޒަލޭންޑާއެކު ގްރޫޕް ބީގަ އެވެ.
ގަތަރަކީ މުއްސަނދި ގައުމެއް ނަމަވެސް އެ ގައުމުގެ ފުޓްބޯޅަ ލީގުގައި މާބޮޑު އާރެއް ނުލަ އެވެ. މިހާތަނަށް ކުޅުނު ހަމައެކަނި ވޯލްޑް ކަޕަކީ ވެސް އަމިއްލަ ގައުމުގައި ބޭއްވި މުބާރާތެވެ. މިހެންވެ މިއީ ކޮލިފައިވެގެން ގަތަރު ކުޅޭ ފުރަތަމަ މުބާރާތެވެ. އޭޝިޔާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ފަހަރު ހޯދި ނަމަވެސް (2019 އާއި 2023)ގައި ހޯދި ގަތަރުގެ ގިނަ ކުޅުންތެރިންނަށް އޭޝިޔާގެ ގަދަ ޓީމުތަކުން އަދިވެސް ޖާގަ ނުލިބެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕާ ދިމާކޮށް ބައެއް ކުޅުންތެރިން ސްޕޭނުގެ ކުލަބުތަކަށް ފޮނުވިޔަސް އެކަންވެސް ކާމިޔާބު ނުވި އެވެ. ނަމަވެސް ފާއިތުވެދިޔަ އަށެއްކަ އަހަރު ގަތަރުން ގިނައިން ފުރުސަތުދީފައިވަނީ ސްޕޭނުގެ ކޯޗުންނަށެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | SUIސްވިޒަލޭންޑް | 3 | +4 | 7 |
| 02 | CANކެނެޑާ | 3 | +5 | 4 |
| 03 |
| 3 |
| -1 |
| 4 |
| 04 | QATގަތަރު | 3 | -8 | 1 |
އަކްރަމް އަފީފަކީ ގަތަރުގެ އެންމެ އަލިގަދަ ތަރި އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި އޭނާ އަށް މާއެދެވޭ ކުޅުމެއް ނުދެއްކުނީ ހޯމް ޕްރެޝަރާ ހެދިކަމަށް ބުނެ އެވެ. އޭޝިޔާގައި އަފީފަށް ނުލިބޭ ކާމިޔާބީއެއް ނެތެވެ. އޭޝިޔގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު، ގަތަރުގެ ލީގު ޗެމްޕއަންކަން އަލްސާދާއެކު އެތައް ފަހަރަކު ހޯދައި އޭޝިއަން ކަޕް 2023ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އޭނާ އެވެ. މީގެ އިތުރުން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ އަލްމުއީޒް އަލީ ވެސް ޓީމުގެ ކުރީގައި ނަގާ ކިޔާނެ ކުޅުންތެރިއެކެވެ. ނަމަވެސް ގައުމީ ޓީމަށް ވޯލްޑް ކަޕުގައި ކާމިޔާބު ހޯދައިދެވިގެން މެނުވީ މި ދެ ކުޅުންތެރިންގެ ތަރި އިތުރަށް އަރާނެ ގޮތެއް ނެތެވެ.
ކުރީގެ ކޯޗުން ފަދައިން ކޯޗު ހޫލެން ލޮޕެޓެގީ އަށް ވެސް ނުކުރެވިގެން އުޅޭ ކަމަކީ ޓީމުގެ ތަރި އަކްރަފް އަފީފަށް އެންމެ ފައްކާ ފޯމޭޝަން ކަނޑައެޅުމެވެ. އެތަކެއް ފޯމޭޝަނެއް ޓެސްޓްކޮށްގެން މިހާތަނަށް ފެނުނު އެންމެ ރަނގަޅު ހައްލަކީ 4-2-3-1 ފޯމޭޝަނަށް ކުޅުވުމެވެ. މި ފޯމޭޝަނުގައި ފަހަތުގައި ތިބޭ ހަތަރު ކުޅުންތެރިންގެ ތެރެއިން ކުރިއަރައި އެޓޭކަށް އެހީތެރިވަނީ އަކްރަމް އަފީފް ހުނަން ފަޅީގައި ކުޅޭ ފުލްބެކެވެ. ބޭނުމަކީ އޭނާ އަށް ފްރޯ ރޯލެއް ހޯދައިދިނުމެވެ. މިހެންކަމުން ޓީމުގެ އެހެން ކުޅުންތެރިންގެ އެހީތެރިކަން އަފީފަށާއި އަލް މޮއީޒަށް ލިބިގެން މެނުވީ ގަތަރުގެ ކުރިއެރުން ފެނުން ދުރެވެ.
ކޯޗު: ހޫލެން ލޮޕެޓެގީ
އުމުރު: 59
ގައުމު:
އުމުރުން 59 އަހަރިގެ ކޯޗު ހޫލެން ލޮޕެޓެގީ އަކީ ތަޖުރިބާކާރު ކޯޗެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ހުރީ ސްޕޭނުގެ ގައުމީ ޓީމުގަ އެވެ. އޭނާ ވަނީ ސްޕޭނުގެ ސެވިއްޔާ އަށް 2020 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި ސްޕޭނުގެ ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ޕޯޓޯ އާއި އިނގިރޭސިވިލާތުގެ ވުލްވުސް އަށް ވެސް ލޮޕެޓެގީ ވަނީ ކޯޗުކޮށްދީފަ އެވެ. ގަތަރުގެ ގައުމީ ކޯޗުކަމާ އޭނާ ހަވާލުވީ ހުސްވި އަހަރުގެ މޭމަހު އެވެ. އޭނާ އަކީ ކުޅުންތެރިންނާއި ކުލަބުތަކާ ގުޅިގެން މަސައްކަތް ކުރާ މަޑުމައިތިރި ކޯޗެވެ. އޭނާގެ އެންމެ ބޮޑު އެއް މައްސަލަ އަކީ ޕްރެޝަރު ވަގުތުތަކުގައި މަސައްކަތް ކުރަން ދަތިވުމެވެ.
ގަތަރުގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި. އެކަމަކު ގައުމީ ޓީމަށް އޮތް އެންމެ ބޮޑު މައްސަލައަކީ ގަތަރު ލީގުގައި ބިދޭސީ ކުޅުންތެރިން ގިނަވުން. މީގެ ސަބަބުން އަހަރުމެންގެ ގިނަ ކުޅުންތެރިން ތިބެނީ ކުލަބު ލެވެލްގައި ނުކުޅެ ބެންޗުގައި. މިހެންވެ ވަރަށް ކުދިކުދި ކަންކަން ވެސް ގައުމީ ޓީމާ ހިސާބުން މި ޖެހެނީ ރަނގަޅު ކުރަން.