
ކެނެޑާ
ޖެެސޭ މާޝް

ޖެެސޭ މާޝް
އާބާދީ: 40 މިލިއަން މީހުން
ލެސް ރޫޖީސްގެ ވަނަން ލިބިފައިވާ ކެނެޑާ އަކީ މި ފަހަރުގެ ވޯލްޑް ބާއްވާ އެއް ގައުމެވެ. މިފަދަ ބޮޑު މުބާރާތެއް ބޭއްވުމުގެ މާބޮޑު ތަޖުރިބާއެއް އެ ގައުމަކު ނެތެވެ. ބައިނަލް އަގްވާމީ ގިނަ ކުޅިވަރުތަކެއް ބޭއްވި ނަމަވެސް މީގެ ކުރިން ބޭއްވި ބޮޑު ހަމައެކަނި ފުޓްބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕެވެ.
ކެނެޑާ އަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ގައުމެވެ. އަދި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެންމެ ވަރުގަދަ އެއް އިގްތިސާދަކީ ވެސް އެއީ އެވެ. 17 ވަނަ ގަރުނުފަހު ކޮޅުން ފެށިގެން ކުޅިވަރުގެ ތާރީހެއް އޮތް ކެނެޑާގެ އެންމެ މަގުބޫލު ކުޅިވަރަކީ އައިސް ހޮކީ އެވެ. އެޓްލާންޓިކާއި އާކްޓިކް އަދި ފެސިފިކް ކަނޑާ ވެސް ގުޅިފައި އޮތް ކެނެޑާގައި ފެތުމަކީ އެންމެ ގިނަ ބަޔަކު ޝާމިލްވެ އުޅޭ ކުޅިވަރެވެ. މި ގައުމުގައި ފުޓްބޯޅަ ކުޅެން ފެށީ 18 ވަނަ ގަރުނުގެ ފަހުކޮޅުގަ އެވެ. އެ ގައުމުގައި އަށް ލައްކައަށްވުރެ ގިނަ ކުޅުންތެރިން އެބަތިއްބެވެ. ފުޓްބޯޅައިގައި އެމީހުން ނިސްބަތްވަނީ ކޮންކާކަޕް ސަރަހައްދުގެ ތަށި ހޯދުނީ ވެސް 2000 ވަނަ އަހަރު އެކަންޏެވެ.
ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރޭގައި ހިމެނިގެންނެވެ.
މުޅި ގައުމު އުއްމީދު ކުރަމުންދަނީ ވޯލްޑް ކަޕުގައި މެޗެއް ކާމިޔާބު ކުރެވޭނެ ފުރަތަމަ ދުވަހަށެވެ. ފުޓްބޯޅައަކީ މިހާރު ކެނެޑާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެވެ. މިހާތަނަށް ވޯލްޑް ކަޕުގައި ކުޅުނު ދެ ފަހަރު ވެސް ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ނަމަވެސް މިއީ އަމިއްލަ ގައުމުގައި ކުޅޭ މުބާރާތަކަށް ވުމުން މި ފަހަރު އެންމެ ދަށްވެގެން ދެ ވަނަ ބުރަށް ނުދެވިއްޖެނަމަ އެކަންވާނީ ވަރަށް ބޮޑު ނާކާމިޔާބީ އަކަށެވެ.
ސަބަބަކީ ޔޫރަޕުގައި ކުޅޭ ކުޅުންތެރިން ގިނަވުމެވެ. އެކަމަކު ކޮލިފައިން މެޗުތަކެއް ނެތި ހަމައެކަނި އެކުވެރިކަމުގެ މެޗުތަކަކާއެކު ވޯލްޑް ކަޕާ ކުރިމަތިލާން ޖެހުމަކީ އޮތް ގޮންޖެހުމެކެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | SUIސްވިޒަލޭންޑް | 3 | +4 | 7 |
| 02 | CANކެނެޑާ | 3 | +5 | 4 |
| 03 |
| 3 |
| -1 |
| 4 |
| 04 | QATގަތަރު | 3 | -8 | 1 |
އިތުބާރު ޑިފެންޑަރު އަލްފަންސޯ ޑޭވިސް އަކީ ޔޫރަޕުގައި ކެނެޑާގެ ނަން ދިރުވައިދޭ ކުޅުންތެރިޔާ އެވެ. މާޗު މަހު ފަޔަށް ލިބުނު އަނިޔާ އަކަށް ފަހު އޭނާ ވޯލްޑް ކަޕަށް ފިޓްވެއްޖެނަމަ އެކަންވާނީ މުޅި ގައުމަށް ވެސް ލިބޭނެ އިތުބާރަކަށެވެ. އެންމެ ފަހުގެ ވޯލްޑް ކަޕަށް މުޅި ގައުމު ކޮނޑު އަޅައިގެން ދިޔަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ބަޔާން މިއުނިކްގައި ވާތު ބެކަށް ކުޅުނަސް ކެނެޑާގަ ގައުމީ ޖާޒީގައި އޭނާ އަކީ ވަރުބަލިކަމެއް ނެތި ވާތް ފަރާތުން ފަހަތުން ކުރިއަށް ދުވާ ޓީމުގެ އެންމެ މުހިންމު އެއް ތަނބެވެ.
ކެނެޑާގެ ކުޅުންތެރިންގެ ތެރެއިން ޖޮނަތަން ޑޭވިޑް އަކީ އެންމެ އިސް އެއް ފޯވަޑެވެ. ފްރާންސްގެ ލިލް އަށް ގިނަ ގޯލު ތަކެއް ޖަހައިދީފައިވާ ފޯވަޑް މިހާރު ކުޅެމުންދަނީ އިޓަލީގެ ޔުވެންޓަސް އަށެވެ. ޓީމުގެ އެހެން ކުޅުންތެރިންނަށް ބަލާއިރު ސްޕޭނުގެ ވިޔަރެއާލް އަށް ކުޅޭ މިޑްފީލްޑަރު ޓަޖަން ބުޗަނަން އާއި ޕޯޓޯ އަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިޔާ ސްޓެފަން ޔުސްޓާކިއޯ އަކީ ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ.
ކެނެޑާގެ ކޯޗަށް އެންމެ ބޮޑު ބޮލު ރިހުމަކީ ގޯލްކީޕަރުގެ އަންގި ދޭނެ ކުޅުންތެރިއެއްގެ މައްސަލަ އެވެ. ޓީމުގެ ސްޓައިލަކީ ހައި ޕްރެސިން އެވެ. ގިނައީ ޒުވާން ކުޅުންތެރިންނެވެ. ޓީމު ހަލުވި ވެފައި ކައުންޓަ އެޓޭކްގައި ވަރުގަދަކޮށް ފެންނަނީ މި ނޫކަށި ފުރައިގެ ޒުވާނުންގެ ހިތްވަރުންނެވެ. ޓީމުގެ ފަހަތާއި މެދުތެރޭގައި ހާއެޅުން އޮތަސް ކޯޗު ގަބޫލު ކުރަނީ ހައި ޕްރެސް ކޮށްގެންނޫނީ ކުރިއެރުން ނުލިބޭނެ ކަމެވެ. އެކަމަކު ގޯލު ނުޖެހުމަކީ އެންމެ ބޮޑު މައްސަލަ އެވެ. އެންމެ ފަހުން އެ ގައުމު ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުގައި އޯޕަން ޕްލޭގައި ގޯލެއް ނުޖެހަ އެވެ.
ކޯޗު: ޖެސީ މާޝް
އުމުރު: 52
ގައުމު:
ކޯޗު ޖެސީ މާޝް އޭނާގެ ކުޅުމުގެ ދުވަސްވަރު ވަރަށް ވިސްނުންތެރި މިޑްފީލްޑަރެކެވެ. ކެނެޑާގެ ކޯޗަކަށް ގެންދިއުމުގެ ކުރިން އެ ގައުމުގެ ކުލަބުތަކަށް ކޯޗުކޮށްދީ ޔުނިވަސިޓީތަކުގައި ކިޔަވަން ވެސް އުޅުނެވެ، އޭނާ އަކީ ވަރަށް މަސައްކަތްތެރި ހުށހިޔާރު މީހެކެވެ. ޔެސޭ ދެ ވަނަ ފަހަރަށް ގައުމީ ކޯޗުކަން ދިނީ އޭނާގެ ކުރީގެ ރެކޯޑް ތަކަށް ވެސް ބަލައިފަ އެވެ. ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް ގެންގޮސްދިނުމާއި އިނގިރޭސިވިލާތުގެ ލީޑްސް އާއި ޖަރުމަނުގެ ލައިޕްޒިގާއި އޮސްޓްރިއާގެ ސަލްސްބާގްގައި އޭނާ ހޯދި ތަޖުރިބާއިން ގައުމީ ޓީމަށް ފައިދާ ކޮށްފާނެ ކަމަށް ދެކިގެންނެވެ.
ޓީމު ދަނީ ކުރިއަރަމުން. އަހަރުމެން ގޯލު ޖަހަން ޖެހޭ ކުރިއެރުން ސާބިތު ކޮށްދޭނެ. އަހަރުމެން ޗާންސް ހޯދަން. މެޗު ކޮންޓްރޯލް ވެސް ކުރަން. އެކަމަކު ގޯލު ޖެހުން އެހާ ފުރިހަމައެއްނޫން. މިހެންވެ އަހަރުމެންނަށް އެނގޭ ފަހަތް ވަރަށް އޮގަނައިޒްވާން ޖެހޭނެކަން.