
ޕެނަމާ
ތޯމަސް ކްރިސްޓިއެންސެން

ތޯމަސް ކްރިސްޓިއެންސެން
އާބާދީ: 4 މިލިއަން މީހުން
ޕެސިފިކް ކަނޑުން އިރުއަރައިގެން ގޮސް އެޓްލާންޓިކް ކަނޑަށް އޮއްސޭ މަންޒަރު ދުނިޔެއިން ފެންނާނެ ހަމައެކަނި ގައުމަކީ ޕެނަމާ އެވެ. އެއީ ޕެސިފިކް ކަނޑުގައި ކޮލަމްބިއާ އާއި ކޮސްޓަރިކާއާ ދެމެދުގައި މެދުތެރޭ އެމެރިކާ އަށް ވާ ގޮތަށް އޮތް ކުޑަ ގައުމެކެވެ. 1881 ވަނަ އަހަރު ހެދި ޕެނަމާ ކެނަލް އަކީ ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވުމުން އެމެރިކާގެ ނުފޫޒު ޕެނަމާގައި ވަރަށް ބޮޑެވެ. ގައުމުގެ އިގްތިސާދުގެ ތިން ބައިކުޅަ އެއްބަޔަކީ މި ކެނަލްގެ މުއާމަލާތްތަކެވެ. އަހަރަކު ދެ މިލިއަން މީހުން ޒިޔާރަތް ކުރާ ގައުމުގެ ގިނަ ބަޔަކު ވާހަކަ ދައްކައި އުޅެނީ ސްޕޭން ބަހުންނެވެ. ސަބަބަކީ އިހުގައި 300 ވަރަކަށް އަހަރު ސްޕޭނު މީހުންގެ ބާރުގެ ދަށުގައި ޕެނަމާ އަހަރުތަކެއް ވަންދެން އޮތުމެވެ. ގައުމުގެ އިގްޔިސާދު ބިނާވެފައިވަނީ ކޮޕާ އާއި ދަގަނޑު އެކްސްޕޯޓް ކުރުމަށެވެ. މި ގޮތުން އެމެރިކާ އާއި ޗައިނާ އާއި ޖަޕާނާއި ކޮލަމްބިއާއަކީ ކެނެޑާގެ ވިޔަފާރީގެ މުހިންމު ބައިވެރިންނެވެ.
ކޮންކާކަފް ކޮލިފައިންގައި ފުރަތަމަ ބުރުން ޕެނަމާ ޓޭބަލުވެ ކުރި ހޯދީ އެއްވެސް ދަތިކަމެއް ނެތި އެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 10 ގޯލު ޖަހައި ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. ދެ ވަނަ ބުރުގައި ސުރިނާމް އާއި ގުއަޓެމާލާ އާއި އެލްސަލްވަޑީ ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދީ ވެސް މެޗަކުން ބަލިނުވެ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ENGއިންގްލޭންޑް | 3 | +4 | 7 |
| 02 | CROކްރޮއޭޝިޔާ | 3 | 0 | 6 |
| 03 |
| 3 |
| 0 |
| 4 |
| 04 | PANޕެނަމާ | 3 | -4 | 0 |
ފުޓްބޯޅަ އަކީ ޕެނަމާގައި ދެ ވަނަ އަށް އެންމެ މަގުބޫލު ކުޅިވަރެވެ. 1988 ވަނަ އަހަރު ފުޓްބޯޅައިގެ ތެރެއަށް ވަން ނަމަވެސް ޕެނަމާގައި މިހާރު 10 ސަރަހައްދެއްގައި ފުޓްބޯޅަ މުބާރާތްތައް ބާއްވަ އެވެ. ގައުމުގެ ޕްރެމިއާ ލީގަށް ކޮލިފައިވުމަށް ހަތަރު ޑިވިޝަނެއްގެ މައްޗަށް އޮނިގަނޑު އެކުލަވާލާފައިވާއިރު އަންހެނުންގެ ފުޓްބޯޅަ ވެސް ދަނީ ކުރިއަރުވަން ފަށައިފަ އެވެ.
ޕެނަމާގެ ފުޓްބޯޅައިގެ އެންމެ އަލިގަދަ އަހަރަކީ 2010 އެވެ. އެއީ އެ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާއި ކޮންކާކަފްގެ ޗެމްޕިއަންކަން ހޯދާފައިވާތީ އެވެ.
ދުނިޔޭގެ އެތަން މިތަނުގައި ޕެނަމާގެ ކުޅުންތެރިން އެބަތިއްބެވެ. ޓީމުގެ އެންމެ އިސް ފޯވަޑް ހޯސޭ ފަހާރޯ މިހާތަނަށް ވަނީ ގައުމީ ޓީމަށް 17 ގޯލު ޖަހައިދީފަ އެވެ. އޭނާގެ އެންމެ ވިދުން ގަދަ މުބާރާތަކީ 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އެވެ. ޑިފެންޑަރު އާމިރު މުރިލޯ އަކީ ފަހަތުން ކުރިއަރައި ގޯލު ޖަހަން ކުޅަދާނަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 2010އިން ފެށިގެން 157 މެޗު ކުޅެދީފައިވާއިރު އޭނާގެ ތަޖުރިބާ އަކީ މި ޓީމަށް ވަރަސް މުހިންމު އެއްޗެކެވެ. ޑިފެންޑަރު އަނިބާލް ގޮޑޯއީ އަކީ ޓެކްލް ކުރުމުގައި އެ ފަދަ ދެވަނަ އެއްނެތް ކުޅުންތެރިއެކެވެ. ޓީމުގެ ކެޕްޓަން ވަނީ މިހާޔަނަށް 150 މެޗު ކުޅެދީފަ އެވެ. ވަރުގަދަ ޑިފެންސިވް މިޑްފީލްޑަރު ވަނީ މިހާތަނަށް ކުލަބު ލެވެލްގައި ގާތްގަނޑަކަށް 100 ރީނދޫ ކާޑު އަދި ޕެނަލާގެ ގައުމީ ޓީމުގައި 32 ފަހަރު ރީނދޫ ކާޑު ހޯދައިފަ އެވެ.
2025 ވަނަ އަހަރުގެ ގޯލްޑް ކަޕުގެ ނާކާމިޔާބީ އަށް ފަހު ޕެނަމާ ޓީމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ޓީމުގެ ފަހަތް ހަތަރަކުން ތިނަކަށް ބަދަލު ކުރުމެވެ. މި ބަދަލާއެކު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން މޮޅުވި އެވެ. މީގެ އިތުރުން ޕެނަމާ ޓީމު ފާހަގަ ކުރެވެނީ ވަރަށް ބޮޑަށް ފަހަތުގައި ތިބެ ދިފާއު ކުރާ ޓީމެއްގެ ގޮތުގަ އެވެ. އާއްމުކޮށް ޕެނަމާ ލައްވައި ކޯޗު ކުޅުވަނީ 4-5-1 ފޯމޭޝަނަށެވެ.
ކޯޗު: ތޯމަސް ކްރިސްޓިއަންސެން
އުމުރު: 53
ގައުމު: ޑެންމާކް/ސްޕޭން
ޕެނަމާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ މުހިންމު ނަމަކީ ކްރިސްޓިއަންސެން އެވެ. 2020 ވަނަ އަހަރު ގައުމީ ކޯޗުކަމާ ހަވާލުވުމަށް ފަހު އޭނާ ވަނީ ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ޓީމުގެ ކުޅުން އޮގަނައިޒް ކޮށްފި އެވެ. ކުޅުންތެރިން ޑިސިޕްލިން ކޮށްފި އެވެ. ހަދާ ގޯސްތައް މަދެވެ.
އަހަރުމެން މިދަނީ ހަމައެކަނި ސެލްފީ ނަގާކަށް ނޫން. އަދި އަހަރުމެން މިދަނީ މަޖާ ކޮށްލާފައި އަންނާކަށް ވެސް ނޫން. އަހަރުމެން ވޯލްޑް ކަޕަށް މި ދަނީ ސީރިއަސް ކަމާއެކު. އަހަރުމެން އުއްމީދު ކުރަނީ ދެ ވަނަ ބުރު ކުޅެން. އެއީ ވިސްނުންތެރި ކަމާއެކު މަސައްކަތް ކޮށްފިނަމަ ނުދެވޭނެ ހިސާބެއް ނޫން.