
ކްރޮއޭޝިޔާ
ލަޓްކޯ ޑަލިކް

ލަޓްކޯ ޑަލިކް
އާބާދީ: 4.1 މިލިއަން މީހުން
1991 ވަނަ އަހަރު މިނިވަންވި ބޯލްކަން ސަރަހައްދަށް ނިސްބަތްވާ ކްރޮއޭޝިޔާ އަކީ 1990ގެ ތެރޭގައި ވަރުގަދަ ޓީމެއް އޮތް ގައުމެކެވެ. ހަތަރު ބިލިއަން މީހުންގެ އާބާދީއަކާ އަޅާބަލާއިރު ކްރޮއޭޝިޔާއިން ބޮޑެތި މުބާރާތްތަކުގައި ހޯދަމުންދަނީ ފުދިއިތުރު ކާމިޔާބީތަކަކަށްވެސް ވެދާނެ އެވެ. އެންމެ ފަހުގެ ދެ ވޯލްޑްކަޕުގައި ވެސް ކަރުދާހުގައި މޮޅުކަމަށް ބެލެވުނު ޓީމުތައް ބަލިކޮށް ވަނީ ތިން ވަނަ ހާސިލްކޮށްފަ އެވެ. އޭގެ ކުރީ ވޯލްޑްކަޕް ފައިނަލް ކުޅުނެވެ.
މި ފަހަރުގެ ކޮލިފައިންގައި އެމީހުންގެ ފަރާތުން ފެނުނީ ކުރީ މުބާރާތްތަކުގައި ފެނިގެންދިޔަހާ މޮޅު، އެކުލަވާލިފައިވާ ކުޅުމެއް ނޫނެވެ. އަށް މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗު އެއްވަރުވެ ލިބުނީ ތުރުކީގެ ފަހަތުން ގްރޫޕް ޑީގެ ދެ ވަނަ އެވެ. މިހެންވެ ލޫކާ މޮޑްރިޗްގެ ބޮޑު ފަހު މުބާރާތްކަމަށް ބެލެވޭ މި ޔޫރޯގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ޓީމުގެ ތައްޔާރުވުންތައް ދުރާލައި ކޯޗު ފެށި އެވެ.
ނަމަވެސް ޑާވޯ ސުކާގެ ޒަމާނަށްފަހު ކްރޮއޭޝިޔާ އަށް ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ކާމިޔާބު ނުހޯދި ދިޔަ ހުސްކަން މިހާރުގެ ޓީމު ވަނީ ފުރައިދީފަ އެވެ. ސުކާގެ އެހީތެރިކަމާއެކު 1998ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދުމަކީ ކްރޮއޭޝިޔާގެ ކާމިޔާބީގެ ފެށުމެވެ. މިއަށްވުރެ ދުރަށް ކްރޮއޭޝިޔާ ދަތުރު ކުރީ އެކަމަކު މި ފަހަރަކީ އެކަން ބަދަލު ކުރުމަށް ކްރޮއޭޝިޔާ އަށް ލިބޭ ރަނުގެ ފުރުސަތެވެ. އެންމެ ފަހުގެ ވޯލްޑް ކަޕަށް ކޮލިފައިނުވި ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕަކީ ކްރޮއޭޝިޔާ ކުޅޭ ފަސް ވަނަ ވޯލްޑް ކަޕެވެ. ކްރޮއޭޝިޔާގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. މީގެ ސަބަބަކީ އެގައުމަކީ ކުރީގެ ޔޫގޯސްލާވިޔާ ބައިބައިވެގޮސް އުފެދުނު ޖުމުހޫރިއްޔާއަކަށްވުމެވެ. ޔޫގޯސްލާވިޔާއަކީ އިހުގައި ފުޓްބޯޅައިގެ ގަދަ ބާރެކެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ENGއިންގްލޭންޑް | 3 | +4 | 7 |
| 02 | CROކްރޮއޭޝިޔާ | 3 | 0 | 6 |
| 03 |
| 3 |
| 0 |
| 4 |
| 04 | PANޕެނަމާ | 3 | -4 | 0 |
ކްރޮއޭޝިޔާގެ މެދުތެރޭގެ އެންމެ މުހިންމު ދައުރެއް އަދާކޮށްދޭނެ ދެ ކުޅުންތެރިންނަކީ ކެޕްޓަން ލޫކާ މޮޑްރިޗާއި މަޓެއޯ ކޮވަސިޗެވެ. މީގެ ތެރެއިން ކޮވަސިޗްގެ ރޯލު އެހާބޮޑަށް ސާފުނުވެ އެވެ. ސަބަބަކީ އޭނާ އަށްވުރެ މަޝްހޫރު ކުޅުންތެރިންގެ ހިޔަނީގައި ހުންނަން ޖެހުމާއި އެކިފަހަރު އެކި މަގާމުތަކަށް ކުޅުވާތީ އެވެ. އަނިޔާނުވެ ހުރެފިނަމަ މޮޑްރިޗާއެކު އޭނާ އަދާކުރަން ޖެހިފައިވަނީ މުހިންމު ރޯލެކެވެ.
މޮޑްރިޗަކީ އުމުރުން 40 އަހަރުވިޔަސް ޓީމުގެ މައި އިންޖީނެވެ. މެދުތެރޭގައި މިހާރު އޭނާ އަދާ ކުރަނީ ހަކަތަ ހިފަހައްޓައިގެން މުހިންމު ދަނޑިވަޅުތަކުގައި ހަރަކާތް އަވަސްކުރާ ކުޅުމެކެވެ. ގޯލްކީޕަރު ލިވަކޮވިޗަކީ އަދިވެސް ކޯޗުގެ އިތުބާރު ލިބިފައިވާ ކީޕަރެކެވެ. ޖަސްކޯ ގަވަޑިއޯލް އަކީ ޑިފެންސާއި އެޓޭކްގައި ބައިވެރިވާ އަރަނި ރަނގަޅު ކުޅުންތެރިއެކެވެ.ލުކީޕަރު އެލިމިއާނޯ މާޓިނޭޒް އާއި އެންޒޯ ފެނާންޑޭޒް, އެލެކްސިސް މެކަލިސްޓަރ, ލިސަންދްރޯ މާޓިނޭޒް ގެ އިތުރުން ކްރިސްޓިއަން ރޮމޭނޯ ފާހަގަކޮށްލެވެ އެވެ.
ކްރޮއޭޝިޔާގެ އެންމެ ބޮޑު ބާރަކީ އެ މީހުންގެ އެންމެ ބޮޑު ބަލިފަޔެވެ. އެއީ ޓީމުގެ ތަޖުރިބާ ނުވަތަ އުމުރުން ދުވަސްވީ ކުޅުންތެރިންނެވެ. ޓީމުގެ އެންމެ މުހިންމު ލީޑަރަކީ 40 އަހަރުގެ ކެޕްޓަން ލޫކާ މޮޑްރިޗެވެ. މީގެ އިތުރުން ފަހަރުން ވުސްކޮވިޗަކީ އެންމެ މުހިންމު ޑިފެންޑަރެވެ. ދިފާއީ ފާރުގައި ޖެހޭ މައިގަނޑު މައްސަލައަކީ ކުރިއަރާފައި ރަނގަޅު ޓްރާންސިޝަން ނުހެދޭ މައްސަލަ އެވެ. ޖެސްކޯ ގަވަޑިއޯލް އަކީ ވާތު ބެކް ކަމަށްވާއިރު އޭނާގެ އަނިޔާ ރަނގަޅު ވެގެން ކުރީގެ ފިޓްނަސްއަށް އާދެވުނު ކަމާމެދު ސުވާލު އުފެދެ އެވެ.
ކޯޗު: ލަޓްކޯ ޑަލިކް
ގައުމު: ޔޫގޯސްލާވިއާ
އުމުރު: 51
ލަޓްކޯ ޑަލިކް އަކީ ބޮސްނިއާ އަށް އުފަންވި މީހެކެވެ. އޭނާ އަށް ކްރޮއޭޝިޔާގެ ކޯޗުކަން ދިނުމާ ހަމައަށް މަސައްކަތް ކޮށްފައިވަނީ މެދުއިރުމަތީގެ ޓީމުތަކަށް ކޯޗުކޮށްދިނުމުގަ އެވެ. ޑަލިކް އަކީ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކޯޗެއްނޫނެވެ. އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި ޓީމަށް 100 ޕަސެންޓް ނުދޭ ކުޅުންތެރިއަކަށް ގައުމީ ޖާޒީ ހައްގު ނުވާނެ އެވެ. ގައުމީ ކޯޗުކަމުގައި އޭނާގެ ހަތް އަހަރަށް ބަލާއިރު އެކަކު ވެސް ހީނުކުރާ އުހަށް ވަނީ ޓީމު ގެންގޮސްދީފަ އެވެ. ތަޖުރިބާކާރުންނާއި ޒުވާން ކުޅުންތެރިންގެ ޕޫލެއް ގެންގުޅުމަކީ އޭނާގެ އާދައެކެވެ. އޭނާގެ ކޯޗުކަމުގައި ގައުމީ ޓީމު ކުޅުނު ދެބައިކުޅަ އެއްބައި މެޗުތަކާއި ބޮޑެތި މުބާރާތްތަކުގެ މުހިންމު ގިނަ މެޗުތަކުން ކާމިޔާބު ހޯދި އެވެ. މިހެންވެ ޔޫރޯގައި ކޮންމެ ނަތީޖާއެއް ނުކުތަސް އޭނާ ވަޒީފާއާމެދު ސުވާލެއްނެތެވެ.
އަހަރުމެން ޓީމުގައި 14 ނުވަތަ 15 ކުޅުންތެރިން އެބަތިބި ވަރަށް މޮޅު. އަހަރެން ދެކޭ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕަކީ އަނެއްކާ ވެސް ކްރޮއޭޝިޔާ އަށް ތަފާތުތަކެއް ދެއްކިދާނެ މުބާރާތެއް. އެކަމަކު ކުރީ ދެ ފަހަރު އަހަރުމެންގެ ސަޕޯޓަރުން އަހަރުމެންނަށް ވަރަށް ބޮޑަށް އެހީތެރިވެދިން. އެ ތަރުހީބު މިހާރު ވެސް ބޭނުންވޭ.