
ނިއުޒީލަންޑް
ޑަރެން ބާޒެލޭ

ޑަރެން ބާޒެލޭ
އާބާދީ: 5 މިލިއަން މީހުން
ނިއުޒީލޭންޑަކީ ދުނިޔޭގެ ފަހު ޕޮއިންޓްގައިވާ ގައުމޭ ވެސް ބުނެވިދާނެ އެވެ. އެ ގައުމުގައި އިންސާނުން ދިރިއުޅެން ފެށީ މީގެ 700 އަހަރު ކުރިންނެވެ. ނިއުޒީލޭންޑްގައި ދެ ގައުމީ ސަލާމެއް އޮވެ އެވެ. ގޯޑް ސޭވް ދަ ނިއުޒީލޭންޑާއި ގޯޑް ސޭވްދަ ކިންގެވެ. އެއީ އެންމެ ފުރަތަމަ އަންހެނުންނަށް ވޯޓު ދިނުމުގެ ހައްގު ހޯދައިދިން ގައުމެވެ. އެގައުމުގެ އޯކްލޭންޑްގައިވާ ސްކައި ޓަވަރަކީ ދުނިޔޭގެ ދެކުނު ސަތަހައިގައި އިންސާނުން ބިނާކުރި އެންމެ އުސްޓަވަރެވެ. ގައުމު އެކުލެވިގެންވަނީ 600 ކުދިކުދި ރަށްތަކުގެ މައްޗަށެވެ. ދުނިޔޭގެ އެންމެ ބޮޑު ދަޑުވެރިކަމުގެ ބިންތައް ވަނީ މި ގައުމުގަ އެވެ.
ނިއުޒީލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވީ އޯޝޭނިޔާގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކުރި އެވެ. ފައިދާ ގޯލު 28ގައި އޮތީ ބައިކޮޅަށް އެންމެ ގޯލެއް ވަދެގެންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ ނިއުޒީލޭންޑް ކުޅޭ ތިން ވަނަ މުބާރާތެވެ. މީގެ ކުރިން ވޯލްޑް ކަޕުގައި ކުޅެފައިވަނީ 1982 އާއި 2010ގަ އެވެ. މިއިން އެއްވެސް ފަހަރަކު ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވެ އެވެ. ނިއުޒީލޭންޑްގައި އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓެވެ. އެއީ ކްރިކެޓްގެ ގަދަ ބާރެކެވެ. ނަމަވެސް މަޑުމަޑުން ފުޓްބޯޅައިގެ މަގުބޫލުކަން އަންނަނީ ގަދަވަމުންނެވެ. ފުޓްބޯޅައިގައި ނިއުޒީލޭންޑް ކާމިޔާބީ އޮތީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ދަށް ކަމަށް ބެލެވޭ އޯޝޭނިޔާ ބައްރުގަ އެވެ. އެ ސަރަހައްދުގެ ޗެމްޕިއަންކަން ނިއުޒީލޭންޑް ވަނީ ހަ ފަހަރު ހޯދައިފަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | BELބެލްޖިއަމް | 3 | +4 | 5 |
| 02 | EGYމިސުރު | 3 | +2 | 5 |
| 03 |
| 3 |
| 0 |
| 3 |
| 04 | NZLނިއުޒީލަންޑް | 3 | -6 | 1 |
ނިއުޒީލޭންޑްގެ ގިނަ ކުޅުންތެރިން ކުޅެނީ އަމިއްލަ ގައުމުގަ އެވެ. ސަބަބަކީ ޔޫރަޕުގެ ކުލަބުތަކުގައި ހިފަހައްޓާލެވޭ ފެންވަރުގެ ކުޅުންތެރިން މަދުވުމެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ކްރިސް ވުޑް އެވެ. ގައުމީ ޓީމަށް އޭނާ ވަނީ 78 މެޗުން 37 ގޯލު ޖަހައިދީފަ އެވެ.
ނިއުޒީލޭންޑްގެ ކުޅުންތެރިން ބޮޑަށް ބޭނުންވަނީ 4-2-3-1 އަށް ކުޅޭށެވެ. އެކަމަކު ކޯޗު ގިނައިން ކުޅުވަނީ 4-3-3 އަށެވެ. ސަބަބަކީ ދިފާއު ކުރަން ޖެހޭތީ އެވެ. ޓީމުގެ އެންމެ ބޮޑު މައްސަލައަކީ އަރިމަތިން ކުޅޭނެ ހުނަރުވެރިން ނެތުމެވެ. މީގެ ސަބަބުން ބޯޅަ ހިފަހައްޓައިގެން ގިނައިރު ތިއްބަސް އެޓޭކް އުފެއްދޭ މިންވަރު މަދެވެ.
ކޯޗު: ޑަރެން ބާޒެލޭ
އުމުރު: 53
ގައުމު: އިންގްލޭންޑް
ނިއުޒީލޭންޑްގެ ކޯޗަކީ އިނގިރޭސިވިލާތުގެ ޑަރެން ބާޒެލޭ އެވެ. އެ ގައުމުގެ ޔޫތު ޓީމުތަކުގައި މަސައްކަތްކޮށް ހޯދި ތަޖުރިބާތަކާއެކު އޭނާ ސީނިއާ ހަވާލުވިއިރު ގިނަ ކުޅުންތެރިން ވަރަށް ރަނގަޅަށް ދަނެ އެވެ. ގައުމީ ޓީމަށް ކުޅެފައިނުވި ނަމަވެސް އޭނާ އަކީ އިނގިރޭސި ދެ ވަނަ ފަންތީގެ ޓީމުތަކުގައި ޑިފެންޑަރެއްގެ ދައުރު އަދާކޮށްފަ އެވެ. އޭނާ ކޯޗުކަން ފެށީ 2011 ވަނަ އަހަރު އެވެ. ނިއުޒީލޭންޑްގެ ގައުމީ ކޯޗުކަމާ ދެ ވަނަ ފަހަރަށް ހަވާލުވިއިރު އޭނާ މިހާތަނަށް މުޅިން ވެސް މަސައްކަތް ކޮށްފަވަނީ ނިއުޒީލޭންޑްގެ ޓީމުތަކުގަ އެވެ.
އަހަރެންނާއި ޓީމުގެ ދުވަސްވީ އަދި ޒުވާން ކުޅުންތެރިންގެ ގުޅުން ވެސް ރަނގަޅު. އަހަރުމެންނަކީ ވޯލްޑް ކަޕް ކުޅޭ ރޭންކިންގެ ގޮތުން އެންމެ ދަށް ގައުމު. މި ގްރޫޕުގައި އިރާނާއި މިސުރަކީ ވެސް ތަޖުރިބާކާރު ދެ ޓީމު. ބެލްޖިއަމްގައި އެތިބީ ވަރަށް މޮޅު ކުޅުންތެރިން. އަހަރުމެންގެ ޓާގެޓަކީ ދެ ވަނަ ބުރަށް ދިއުން. މިދިޔަ އަހަރުތަކުގައި ނިއުޒީލޭންޑް ވަނީ ފުޓްބޯޅަ ބަދަލުކޮށް ކުރިއެރުން ހޯދަން ވަރަށް މަސައްކަތް ކޮށްފައި.