
އީރާން
އާމިރު ގަލައޯނީ

އާމިރު ގަލައޯނީ
އާބާދީ: 93 މިލިއަން މީހުން
މިފަހަރުގެ ވޯލްޑް ކަޕް ކުޅޭ ގައުމުތަކުގެ ތެރެއިން އީރާނަކީ އެންމެ ޝައުގުވެރި ގައުމެވެ. އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ބޮން އަޅައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނެވެ.
މުސްލިމު ގައުމެއް ކަމަށްވާ އީރާނަކީ ދުނިޔޭގައި އެންމެ ގަދީމީ ހިޔާލުތަކާއި ގޮތްތައް ގެންގުޅުމުގައި އަދިވެސް ކުރީގައި އޮތް ގައުމެކެވެ. ގޫގަލް އަކީ ހަންފެތުރުމާއި މީސްމީހުންގެ ޒާތީކަންކަން ދެނެގެތުމާއި އެކަންކަން ހާމަކޮށް ހަދާއެއްޗެއް ކަމަށްބުނެ އިރާން ސަރުކާރުން ގޫގަލް މަނާކޮށް އަމިއްލަ އިންޓަނެޓް ނެޓްވޯކެއް އުފެއްދި އެވެ. ގިނަ ގޭގޭގައި އަދިވެސް ގޮނޑި އާއި މޭޒު ނުހުރެ އެވެ. ކައިބޮއި ހަދައި އުޅެނީ އަދިވެސް ކުނާއަޅައިގެން އޭގެ މަތީގައި ކާތަކެތި އަތުރައިގެންނެވެ. 1997 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކޮޅަށް 17 ލަނޑު ޖަހައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި އީރާނުގެ ވެރިރަށް ތެހެރާނަކީ ދުނިޔޭގައިވާ އެންމެ ނުސާފު އެއް ވެރިރަށެވެ. އެވެރެޖްކޮށް ދުވާލަކު 27 މީހުން ވައިނުސާފުވުމުން ޖެހޭ ބަލިތަކުގައި އެގައުމުގައި ދުނިޔެދޫކުރެ އެވެ. ހޮރްމޫޒް ކަނޑުއޮޅީގެ ބާރާ ވެސް އެކު ތެލުގެ މުއްސަދިކަން ލިބިފައިވާ އިރާނުން ދުވާލެއްގެ މައްޗަށް ހަ މިލިއަން ފީފާގެ ތެޔޮ ދުނިޔެ އަށް ބޭރުކުރެ އެވެ. އަނެއްކޮޅުން ނިއުކްލިއަ ހަތިޔާރުގެ މައްސަލާގައި އެ ގައުމަށް އަބަދުވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ތިބެނީ ފާރަލައިގެންނެވެ. ނަމަވެސް އެމީހުންނަކީ އޭޝިޔާގެ ފުޓްބޯޅައިގެ ގަދަ ބާރެކެވެ. އަދި މި ފަހަރުގެ ވޯލްޑަ ކަޕަކީ އިރާނުގެ ހަތް ވަނަ ވޯލްޑްކަޕެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެމެރިކާ ބަލިކުރުމަކީ އީރާނުގެ ފުރަތަމަ ކާމިޔާބީ އެވެ.
އީރާނަކީ ވޯލްޑް ކަޕަށް އޭޝިއާއިން އެންމެ ފުރިހަމަ ރެކޯޑަކާއެކު ކޮލިފައިވި ގައުމެވެ. އުޒުބަކިސްތާން ފަހަތަށް ޖައްސާލައި އޭޝިޔާގެ ގްރޫޕްގެ އެއްވަނަ ހޯދި އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | BELބެލްޖިއަމް | 3 | +4 | 5 |
| 02 | EGYމިސުރު | 3 | +2 | 5 |
| 03 |
| 3 |
| 0 |
| 3 |
| 04 | NZLނިއުޒީލަންޑް | 3 | -6 | 1 |
ވޮލީބޯޅަ އާއި ރެސްލިން ވާދަކުރި ނަމަވެސް އިރާނުގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅަ އެވެ. މަގުމަތީގަ އާއި ސްކޫލްތަކާއި މުޅި ގައުމުގައި ވެސް ކުޅޭ ކުޅިވަރަކީ އެއީ އެވެ. އެކަމަކު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން އަދި އަރައި ނުގަނެވެ އެވެ. އޭޝިޔާގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައި އެންމެ ފަހުގެ ދެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. އިރާނުގެ ގިނަ ކުޅުންތެރިން ކުޅެނީ އަމިއްލަ ގައުމުގަ އެވެ. އިރާނުގެ ލީގު މާވަރުގަދަ ނުވި ނަމަވެސް ގިނަ ކުޅުންތެރިން ގައުމުގައި ކުޅެން ތިބެނީ ތަފާތު ގިނަ ސަބަބުތަކާ ހުރެ އެވެ. އެމެރިކާ އާއި އިރާނުން ހަނގުރާމަ ފެށުމުން އިރާނުގެ ފުޓްބޯޅަ ލީގު ވެސް ވަނީ ހުއްޓާލައިފަ އެވެ. އަލުން ފަށާނެ މިހާރު ބެލެވިފައިވަނީ ވޯލްޑް ކަޕުގެ ފަހުންނެވެ.
ޓީމުގެ އެންމެ އިސް ފޯވަޑަކީ ސަރްދާރު އަޒްމޫން ވަނީ ސިޔާސީ ސަބަބަކާހުރެ ޓީމުން އުނިކޮށްފަ އެވެ. އުމުރުން 32 އަހަރުގެ ގޯލްކީޕަރު އަލީ ރިޒާ ވަނީ ގައުމީ ޓީމަށް 84 މެޗު ކުޅެދީފަ އެވެ. އިހްސާން ހަޖްސާފީ ވަނީ ގައުމީ ޓީމަށް 144 މެޗު ކުޅެދީ ހަ ގޯލު ޖަހައިފަ އެވެ. އުމުރުން 36 އަހަރުވިޔަސް ކޯޗު އެންމެ އިތުބާރު ކުރާ ޑިފެންޑަރަކީ ވެސް އެއީ އެވެ. މެހެދީ ތެރޭމީ އަކީ ޓީމުގެ ކުރި ލީޑްކުރާނެ އަނެއް ކުޅުންތެރިޔާ އެވެ.
މުޅި މުބާރާތުގައި އެންމެ އިސްކޮޅުން ދިގު ސްކޮޑް އޮންނާނީ އިރާނުގަ އެވެ. އެމީހުންގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ ވެސް މިއީ އެވެ. މަތިން ކުޅޭ ބޯޅަތަކުން ގޯލު ޖެހުމަކީ ކޮލިފައިންގައި ވެސް އިރާނުގެ ވަރަށް ބޮޑު ރޭވުމެކެވެ. އެކަމަކު އާދައިގެ ޓީމުތައް ވެސް އިރާން ކޮޅަށް ގޯލު ޖަހާފައިވާތީވެ ޑިފެންސާ މެދު ކަންބޮޑުވުންތައް ގިނަ އެވެ. އަރުމަތިން ކުޅޭ ކުޅުންތެރިން ދަނޑުގެ ކޮންމެ ދިމާލަކުން ވެސް ހުރަސް ކުރަން އިސްކަންދެ އެވެ.
ކޯޗު: އާމިރު ގަލައޯނީ
އުމުރު: 62
ގައުމު: އިރާން
އާމިރު ގަލަނޯއީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އުމުރުން 62 އަހަރުގެ ކޯޗަކީ އިރާނުގެ ގައުމީ ޓީމަށް 20 މެޗުން އެއް ގޯލު ޖަހާދީފައިވާ ކުރީގެ މިޑްފީލްޑަރެކެވެ. އޭނާ ވަނީ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން މެދުއިރުމަތީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާގެ ކުލަބު ކެރިއަރަށް ބަލާއިރު 346 މެޗުން މޮޅުވެ، ބަލިވީ 213 މެޗުންނެވެ. ގައުމީ ޓީމުގައި 43 މެޗު ކުޅެފައިވާއިރު 29 މެޗުން މޮޅުވެ 15 މެޗު އެއްވަރު ކުރި އެވެ. ބަލިވީ އެންމެ ހަ މެޗުންނެވެ.
ހަނގުރާމައިގެ ސަބަބުން އަހަރުމެންގެ ކުޅުންތެރިންގެ ކުޅުން މިވަނީ ހުއްޓިފައި. މީގެ ސަބަބުން ފިޓްނަސް ދަށްވެއްޖެ. އަދި ވަރަށް ގިނަ އުނދަގޫތައް ދިމާވެއްޖެ. އަހަރުމެންގެ އުއްމީދަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައިދިއުން. އަދި ގަދަ 16 އަށް ވެސް ދަތުރު ކުރުން. މި ގްރޫޕުގައި އިރާނާއި ނިއުޒީލޭންޑާއި މިސުރަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް.