
ބެލްޖިއަމް
ރުޑި ގާސިއާ

ރުޑި ގާސިއާ
އާބާދީ: 11 މިލިއަން މީހުން
މި ފަހަރުގެ ވޯލްޑް ކަޕަކީ ބެލްޖިއަމަށް ވަރަށް ހާއްސަ މުބާރާތެވެ. މީގެ 20 އަހަރު ކުރިން ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ތައްޔާރުކުރި އެ ގައުމުގެ ރަންޖީލަށް ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދަން ލިބޭނެ އެންމެ ފަހު ފުރުސަތަކީ މިފަހަރުގެ ވޯލްޑް ކަޕެވެ. ޓީމުގައި މުޅިން ވެސް ތިބީ ތަރިންނެވެ. އެކަމަކު އެންމެ ފަހުގެ ދެ ވޯލްޑް ކަޕާއި ޔޫރޯގައި ވެސް މާއެދެވޭ ކާމިޔާބީއެއް ނުލިބުމުން މި ފަހަރުވެސް ބެލްޖިއަމް ފެވަރިޓުންގެ ގޮތުގައި ނުހިމެނެ އެވެ. 1920 ވަނަ އަހަރު ވަނަ އަހަރު އޮލިމްޕިކް ގޯލްޑް މެޑަލް ހޯދި ބެލްޖިއަމަކީ މި ފަހަރުގެ މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދާނެ ކަމަށް ޓީމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މައިގަނޑު ސަބަބަކީ ރަންޖީލު މުސްކުޅިވެ، ގިނަ ކުޅުންތެރިން ފޯމު ކަޓާފައި ތިބުމެވެ. ބެލްޖިއަމަކީ އެންމެ މަތީ ދަރަޖައަށް އިންކަމްޓެކްސް ނަގާ ގައުމެވެ. ގައުމުގެ ރިއާސީ ގަނޑުވަރު އިނގިރޭސިވިލާތުގެ ބަކިންހަމް ޕެލަސް އަށްވުރެ ބޮޑެވެ. ރަސްމީކޮށް ވާހަކަ ދައްކާއުޅޭ ތިން ބަހެއް އޮތް ނަމަވެސް ގިނަބަޔަކު ފްރާންސް ބަހުން ވާހަކަ ދައްކާ ބެލްޖިއަމަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޮންމެ ދުވަހަކު ކޮމިކް ޝާއިއުކުރާ ގައުމެވެ. އަދި އެންމެ ފުރަތަމަ ފަހަރަށް ޕްރިންޓްކޮށްގެން ނޫހެއް ނެރުނު ބަޔަކީ ވެސް އެއީ އެވެ. ބެލްޖިއަމްގެ އެންމެ މަގުބޫލު ދެ ކުޅިވަރަކީ ފުޓްބޯޅަ އާއި ޓެނިހެވެ. ކިމްކްލައިސްޓާސް ފަދަ ދުނިޔޭގެ ތަރިންނަށްވި އެތަކެއް ޓެނިސް ކުޅުންތެރިންނެ ނެރެދީފައިވާ ބެލްޖިއަމަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1980 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް ކުޅުމެވެ.
ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕުގެ ކޮލިފައިންގެ ގްރޫޕް ޖޭ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ވޭލްސް އަށް ވުރެ ގްރޫޕުގެ ކުރި ބެލްޖިއަމް ހޯދީ ކޮލިފައިންގެ ހުރިހާ މެޗެއްގައި ވެސް މޮޅަށް ކުޅެފަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | BELބެލްޖިއަމް | 3 | +4 | 5 |
| 02 | EGYމިސުރު | 3 | +2 | 5 |
| 03 |
| 3 |
| 0 |
| 3 |
| 04 | NZLނިއުޒީލަންޑް | 3 | -6 | 1 |
ހަ އަހަރު ދުނިޔޭގެ ރޭންކިންގެ އެއްވަނާގައި ތިއްބަސް ބެލްޖިއަމަށް ވީ ކަމެއް ނެތެވެ. މިއީ ބެލްޖިއަމް ކުޅޭ 15 ވަނަ ވޯލްޑް ކަޕެވެ. ޔޫރޯ އާއި ވޯލްޑް ކަޕަށް ގަވާއިދުން ފަހުގެ ތާރީހެއްގައި ކޮލިފައިވީ ނަމަވެސް ބެލްޖިއަމަށް އެކަށީގެންވާ ކާމިޔާބީ އެއް ނުހޯދެ އެވެ. މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2018 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދުމެވެ. ބެލްޖިއަމްގެ މިހާރުގެ ރަންޖީލަކީ ސްކޫލްތަކުން ފެށިގެން ވަކި ފޯމޭޝަނަކަށް ކުޅުވައި ޔޫރަޕަށް ފޮނުވި ކުޅުންތެރިންގެ ތަރިންގެ ދަރަޖައަށް ގޮސްފައިވާ ވަރުގަދަ ގްރޫޕެކެވެ.
ބެލްޖިއަމް ޓީމުގައި މެންޗެސްޓާ ސިޓީގެ ޖެރެމީ ޑޮކޫ އަކީ މުހިންމު ކުޅުންތެރިއެކެވެ. އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯގައި ވެސް ކުޅެފައިވާތީވެ މި ފަހަރުގެ މުބާރާތުގައި އޭނާ މިދަނީ ތަޖުރިބާތަކަކާއިގެންނެވެ. މެންޗެސްޓާ ސިޓީގައި ގަވާއިދުން ކުޅެން ފެށުމުގެ ކުރިން އޭނާ ވަނީ ބެލްޖިއަމްގެ އަންޑަލެކްޓާއި ފްރާންސްގައި ވެސް މޮޅަށް ކުޅެފަ އެވެ.
ގޯލްކީޕަރު ތިބައޫ ކޯޓުއާ ޔޫރަޕުގެ އެންމެ މޮޅު އެއް ގޯލްކީޕަރެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރު ވެސްމެ އެވެ. ރެއާލް މެޑްރިޑުގައި މޮޅަށް ކުޅެ އޭނާ ހޯދާފައިވާ ތަޖުރިބާ އާއި ކުރިއެރުން ގައުމީ ޓީމުގައި ދައްކަން ގޮވާލާ ބެލްޖިއަމްގެ މީހުން ގިނަ އެވެ.
ކެބިން ޑްބްރޫނޭ އަކީ ޓީމުގެ މައި އިންޖީނެވެ. އިޓަލީގެ ނާޕޮލީ ގައި ދޭތެރެދޭތެރެއިން ފޯމު ކަޓާފައި ހުއްޓަސް ޑެބްރޫނޭ ނުލައި ބެލްޖިއަމް ޓީމު ނެރޭވަރެއް ނުވާނެ އެވެ. މިހާތަނަށް ތިން ވޯލްޑް ކަޕް ކުޅެ ގައުމީ ޓީމަށް 115 މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ކުލަބު ލެވެލްގައި ކިތަންމެ ކާމިޔާބީއެއް ހޯދާފައިވިޔަސް ގައުމީ ޖާޒީގައި އަދި އެ ހުރީ ހުސްއަތާ އެވެ.
ބެލްޖިއަމް ޓީމަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަރޯސާވާ ޓީމެކެވެ. މީގެ އެއް ސަބަބަކީ އަބަދުވެސް ކުޅުންތެރިންގެ ގުޅުން ކުޑަވުމެވެ. ޓީމުގެ ފަހަތާއި ގޯލްކީޕިން ޑިޕާޓްމަންޓް ވަރުގަދަ އެވެ. އަރިމަތިން ކުޅޭ ކުޅުންތެރިން ހަލުވި އެވެ. އެކަމަކު އެންމެ އިސް ފޯވަޑް ލުކާކޫ ހުރީ ފޯމު ކަޓާފަ އެވެ. މެދުތެރެއިން ޑެބްރޫނޭ ފަދަ ކުޅުންތެރިންގެ ޕީކް ހިނގައްޖެ އެވެ. މިހެންވެ ގޯލްޑަން ޖެނެރޭޝަނުގެ ތެރެއަށް ޒުވާނުން ލިޔަސް ބެލްޖިއަމް ޓީމުގައި މާބޮޑު އާރެއް ނެތް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.
ކޯޗު: ރުޑި ގާސިއާ:
އުމުރު:
ގައުމު:
ރުޑިގާސިއާ ގައުމީ ކޯޗުކަމާ ހަވާލުވީ ވޯލްޑް ކަޕް ކޮލިފައިންގެ މެދުތެރެއިންނެވެ. ސައޫދީ އަރަބިއާ އާއި ފްރާންސާއި އިޓަލީގެ ކުލަބުތަކަށް ކުޅެ ހޯދި ތަޖުރިބާ ކޯޗެއްގެ ގޮތުގައި އޭނާ މިހާތަނަށް ދަނީ ރަނގަޅަށް ހިފަމުންނެވެ. ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ފްރާންސްގެ ލިލް އާއި މާސޭ އާއި ލިއޯނާއި އިޓަލީގެ ކުލަބުތަކުގައި ވެސް ކާމިޔާބު ހޯދައިފަ އެވެ. ރުޑިގާސިއާ އަކީ ކުޅުންތެރިންނާ ވަރަށް ބޮޑަށް ގުޅިގެން ހަރުކަށި އުސޫލުތައް ދޫކޮށްލައި ވަރަށް ބޮޑަށް މިނިވަން މާހައުލެއްގައި ކުޅުންތެރިން ގެންގުޅޭ ކޯޗެކެވެ.
އަހަރުމެންނަކީ ކުޑަ ގައުމެއް ނޫން. އަހަރެންނަށް މަޝްހޫރު އަދި މޮޅު ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ވެސް އުނދަގުލެއް ނޫން. މި ޓީމު މހާރު މިދަނީ އަނެއްކާ ވެސް ބިނާ ކުރަމުން. ފްރާންސް ވޯލްޑް ކަޕް ހޯދަން ލައްކަ ދުވަސް ނެގި. އެހެންވީމާ ބެލްޖިއަމަށް އެކަން ނުވެގެން އަދި މާޔޫސްވާން ޖެހޭ ސަބަބެއްނެތް.