
ނޯވޭ
ސްޓޭލް ސޯލްބާކެން

ސްޓޭލް ސޯލްބާކެން
އާބާދީ: 5 މިލިއަން މީހުން
ނޯވޭ އަކީ ޔޫރަޕުގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ނޯވޭގެ އިގްތިސާދަކީ މިސާލެކެވެ. އެއީ ތައުލީމަށް އިސްކަންދޭ އަދި ފޮތްތެރި ބައެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ނޯވޭގެ ކޮންމެ މީހަކު އަހަރަކު މަދުވެގެން ހަ ފޮތް ކިޔަ އެވެ. އަދި ނޫސްވެރިކަމާއި މަޖައްލާ ނެރުން ފަދަ ކަންކަމުގައި ވެސް ނޯވޭ އަކީ ކުރީގައި އުޅޭ ބައެކެވެ. އަހަރަކު 2000ވުރެ ގިނަ ފޮތް ޝާއިއުކުރެ އެވެ. ފިނިމޫސުމުގެ ކުޅިވަރު މުބާރާތުން މިހާތަނަށް އެންމެ ގިނަ މެޑަލް ހާސިލްކޮށްފައިވާ ގައުމަކީ ވެސް ނޯވޭ އެވެ.
ކޮލިފައިންގައި ނޯވޭ ހިމެނުނީ މަރުގެ ގްރޫޕެއްގަ އެވެ. އެކަމަކު ނޯވޭ ވޯލްޑް ކަޕަށް ކޮލިފައިވީ ބަލިނުވެ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު އަށް މެޗުގެ ތެރެއިން މަޝްހޫރު އިޓަލީ އަށް ވެސް ނޯވޭ ކައިރިން ކުރި ނުލިބުނެވެ. ވޯލްޑް ކަޕުގައި ނޯވޭ ހިމެނެނީ ފްރާންސާއި ސެނަގާލް އާއި އިރާގާއެކު ގްރޫޕް އައިގަ އެވެ.
ފުޓްބޯޅައަކީ ނޯވޭގެ އެންމެ މަގުބޫލު ކުޅިވަރެވެ. އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން އުފެއްދީ 1902 ވަނަ އަހަރު އެވެ. އަދި ފުރަތަމަ ފަހަރަށް ބައިނަލް އަގްވާމީ މެޗެއް ކުޅުނީ އޭގެ ހަ އަހަރު ފަހުންނެވެ. އެކަމަކު 18 ވަނަ ގަރުނުގެ ފަހުކޮޅު އެ ގައުމުގައި ކުލަބުތައް ހަރަކާތްތެރިވާނެ ފެށި އެވެ. ނޯވޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރާވާލާފައިވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. ޔޫރަޕުގައި ނޯވޭގެ ޓީމުތަކަށް މާބޮޑު ކާމިޔާބީއެއް ނުހޯދެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ނޯވޭ ކުޅޭ ހަތަރު ވަނަ ވޯލްޑް ކަޕެވެ. އަދި މިއީ 1998 ގެ ފަހުން އެ ގައުމު ކޮލިފައިވި ފުރަތަމަ ފަހަރެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނޯވޭ މިހާތަނށް ކުޅުނީ 2000 ވަނަ އަހަރު އެކަންޏެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | FRAފްރާންސް | 3 | +8 | 9 |
| 02 | NORނޯވޭ | 3 | +1 | 6 |
| 03 |
| 3 |
| +2 |
| 3 |
| 04 | IRQއިރާގް | 3 | -11 | 0 |
ނޯވޭގެ ގިނަ ކުޅުންތެރިން ކުޅެނީ ގައުމުން ބޭރުގަ އެވެ. ހާއްސަކޮށް ޔޫރަޕުގެ ގަދަ ލީގުގަތަކުގަ އެވެ. ގޯލްކީޕަރު އޮރަޔަން ނީލަންޑް ކުޅެނީ ސްޕޭނުގެ ސެވިއްޔާ އަށެވެ. އޭނާ ވަނީ ގައުމީ ޓީމަށް 69 މެޗު ކުޅެދީފަ އެވެ. ބްރެންޑްފޯޑްގެ ޑިފެންޑަރު ކްރިސްޓޮފާ އަޔާ ވަނީ ގައުމީ ޓީމަށް 50 މެޗު ކުޅެދީފަ އެވެ. އަދި ބޮރޫޝިޔާ ޑޯޓްމުންޑްގެ ހޫލިއަން ރަޔަސަން ވަނީ ގައުމީ ޓީމަށް 41 މެޗު ކުޅެދީފަ އެވެ.
ޓީމުގެ އެންމެ ވިދުންގަދަ ތިން ކުޅުންތެރިންނަކީ އާސެނަލްގެ މިޑްފީލްޑަރު އަދި ކެޕްޓަން މާޓިން އޮޑެގާޑް އާއި ދެ ފޯވަޑުން ކަމަށްވާ މެންޗެސްޓާ ސިޓީގެ ހާލިން ހާލަންޑާއި އެތްލެޓިކޯ މެޑްރިޑްގެ އެލެގްޒެންޑާ ސޯލޯތެވެ. މީގެ ތެރެއިން އޮޑެގާޑަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ އުފެއްދުންތެރި އަދި ޑިފެންސިވްކޮށް ވެސް ތަފާތު މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ. ދެ ފޯވަޑުންގެ ތެރެއިން ހާލަންޑަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކުލަބުތަކުން ބޭނުންވާ ކުޅުންތެރިއެކެވެ. ފާއިތުވެދިޔަ ދެތިން ސީޒަނެއްގައި މެންޗެސްޓާ ސިޓީ ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާދާރާކީ އޭނާ އެވެ. ހާލަންޑް ގައުމީ ޓީމަށް 49 މެޗުން 55 ގޯލު ޖަހާފައިވާއިރު އޭނާގެ ޕާޓްނަރު ސޯލޮތް ވަނީ މިހާތަނަށް ގައުމީ ޓީމަށް 70 މެޗުން 26 ގޯލު ޖަހައިފަ އެވެ.
ނޯވޭގެ މިހާރުގެ ޓީމަކީ އެ ގައުމު ދުށް އެންމެ ފުރިހަމަ ޓީމު ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެދާނެ އެވެ. ނަމަވެސް ޓީމުގެ ބެލެންސެއް ނެތެވެ. އެޓޭކިން ޑިޕާޓްމަންޓަކީ ޓީމުގެ މައި ހަތިޔާރެވެ. އާލިން ހާލަންޑާއި އެލެގްޒެންޑާ ސޯލޮތް އަދި މާޓިން އޮޑެގާޑަކީ ކުރި ހިފަހައްޓައިދޭ ތިން ކުޅުންތެރިންނެވެ. ހާލަންޑް ގޯލާ ގާތުގަ އެވެ. ބައެއް ފަހަރު ސޯލަތް ކަނާތު ފަޅިއަށް ހުސްވެގެންނެވެ. އޮޑެގާޑަކީ މި ދެ ކުޅުންތެރިންނާއި ކުރި ގުޅުވައިދޭ ކަނެކްޝަނެވެ. މި ގުޅުން ކެނޑިއްޖެނަމަ ނޯވޭގެ މާބޮޑު ބާރެއް ނުފެނެ އެވެ.
ކޯޗު: ސްޓޭލް ސޯލްބާކެން
އުމުރު: 58
ގައުމު: ނޯވޭ
ސްޓޭލް ސޯލްބާކެން އަކީ 2020 ވަނަ އަހަރުން ފެށިގެން ގައުމީ ކޯޗެވެ. އުމުރުން 58 އަހަރުގެ ކޯޗަކީ ނޯވޭގެ ކުރީގެ މިޑްފީލްޑަރެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް 58 މެޗު ކުޅެދީ ނުވަ ގޯލު ޖަހާފަ އެވެ. ނޯވޭގެ ގައުމީ ކޯޗުކަން އޭނަ އަށް ދިނީ ކޯޕެންހޭގަންގެ ކޯޗަކަށް ހުއްޓަ އެވެ. ކޯޗެއްގެ ގޮތުގައި އޭނާ އަކީ ޑެންމާކުގައި ކާމިޔާބު ކޯޗެކެވެ. މި ގޮތުން އެ ގައުމުގެ ލީގުގެ އެންމެ މޮޅު ކޯޗުކަން ދެ ފަހަރު ހޯދި އެވެ.
ސަޕޯޓަރުން ވެސް ދަންނަންވީ ކަމަކީ އަހަރުމެން ވޯލްޑް ކަޕަށް މިދަނީ 24 އަހަރު ފަހުންކަން. އެހެންވީމާ މާވަރުގަދަ އުއްމީދުތަކެއް ކުރުމަކީ ވެސް ގޯހެއް. އަހަރުމެން ޖެހޭނީ ބަލަން މި ގްރޫޕުގައި ކުރިއަށްދެވޭނީ ކިހާ ވަރަކަށްކަން. ހުރިހާ ޓީމުތަކަކީ ވެސް ވަރުގަދަ ޓީމުތަކެއް. އަހަރެން ދެކޭ ގޮތުގައި އެންމެ އުނދަގޫވާނީ ސެނަގާލާއި އިރާގް މެޗު. އަހަރުމެން މުބާރާތަށް ދާނީ ވަރަށް ހިތްތިރިކޮށްގެން.