
މެކްސިކޯ
ހާވިއާ އަގުއިރޭ

ހާވިއާ އަގުއިރޭ

130 މިލިއަން މީހުން
ފެޑަރަލް ނިޒާމެއް އޮންނަ މެކްސިކޯ އަކީ މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމެވެ. ދެކުނު އެމެރިކާއިން ވޯލްޑް ކަޕް ބޭއްވުމުގެ ޝަރަފުހޯދި ފުރަތަމަ ގައުމެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕުގައި ކުޅުނު ހުރިހާ މެޗަކުން ވީ ބައްޔެވެ. އެ މެކްސިކޯ އަށް ވޯލްޑް ކަޕުގައި ޕޮއިންޓެއް ހޯދުނީ ވެސް މުބާރާތް މުބާރާތުގައި ވާދަކުރާތާ 28 އަހަރު ފަހުންނެވެ. އެންމެ ފަހުން ބޭއްވި ހަ ވޯލްޑް ކަޕުގައި ވެސް މެކްސިކޯ ކުޅުނެވެ. މިހެންވެ އެ މީހުންނަކީ މުބާރާތުގެ ދާއިމީ މެހުމާނެކެވެ.
16 ވަނަ ގަރުނުގައި ސްޕޭނުގެ ބާރުގެ ދަށުގައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގައި ސްޕޭން ބަހުން ވާހަކަ ދައްކާ އެންމެ ގިނަ މީހުން ތިބީ ވެސް މެކްސިކޯގަ އެވެ. އެއީ މެހުމާނުންނަށް މަރުހަބާ ކިޔުމުގައި ނަމޫނާ ބައެކެވެ. ގައުމުގެ 80 ޕަސެންޓަކީ ކްރިސްޓިއަނުންނެވެ.
މެކްސިކޯގެ އިގްތިސާދު ބިނާވެފައިވަނީ ތެލާއި ޒުވާރި އާއި ތަރުކާރީ އާއި ސިލްވާ އާއި ކޮފީ އާއި ކޮޓަން ބޭރުކުރުމަށެވެ. އެ ގައުމުގައި އެކަނި ވެސް ފަސް ލައްކަ ކޮފީ ދަނޑުވެ އެވެ. މެކްސިކޯގެ ކޮފީ އެންމެ ގިނައިން ގަންނަ ބަޔަކީ އެމެރިކާ އެވެ.
މި ފަހަރުގެ މުބާރާތަށް ކޮލިފައިވީ މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގަ އެވެ. އަމިއްލަ ގައުމުގައި ދެ ފަހަރު ވޯލްޑް ކަޕް ބާއްވައިގެން ވެސް ދެވުނީ ކުއާޓ ފައިނަލާ ހަމައަށެވެ. މިއަށްވުރެ ބޮޑަށް އެ މީހުން ފާހަގަކުރެވެނީ ދެ ވަނަ ބުރުގެ ޓީމެއްގެ ގޮތުގަ އެވެ. މިހެންވެ ދަށްވެގެން ދެ ވަނަ ބުރު ނުވަތަ ކުއާޓާ ފައިނަލަށް ނުދެވިއްޖެނަމަ އެކަންވާނީ ބޮޑު މައްސަލައަކަށެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | MEXމެކްސިކޯ | 3 | +6 | 9 |
| 02 | RSAދެކުނު އެފްރިކާ | 3 | -1 | 4 |
| 03 |
| 3 |
| -1 |
| 3 |
| 04 | CZEޗެކިއާ | 3 | -4 | 1 |
މެކްސިކޯގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ގައުމުގެ 73 ޕަސެންޓް މީހުން ފުޓްބޯޅަ ކުޅެން ލޯބިކުރެ އެވެ. މިހާތަނަށް 17 ފަހަރު ވޯލްޑް ކަޕް ކުޅެފައިވާއިރު މި ފަހަރުގެ ވޯލްޑް ކަޕަކީ އެ ގައުމުގައި ބާއްވާ ތިން ވަނަ ވޯލްޑް ކަޕެވެ. ކޮންކާކަފްގެ އެންމެ ކާމިޔާބު ޓީމަށްވި ނަމަވެސް މެކްސިކޯ އަށް ދުނިޔޭގެ ފެންވަރުގައި ހޯދުނު ކާމިޔާބީއެއް ނެތެވެ.
މެކްސިކޯ އަށް ފުޓްބޯޅަ ތައާރަފް ކޮށްދިނީ މައިންގެ މަސައްކަތަށް އެ ގައުމުގައި ތިބި އިނގިރޭސީންނެވެ. ބިދޭސީ މަސައްކަތްތެރިން އެކުވެރިކުރުވުމުގެ ތަޅުދަނޑިއަކަށް ފުޓްބޯޅަ ހަދައި އެމީހުންގެ މެދުގައި އެންމެ ފުރަތަމަ ބޭއްވީ ފަސް ޓީމުގެ މުބާރާތެވެ. މެކްސިކޯގެ ކުލަބުތަކުގައި އިނގިރޭސި ނުފޫޒު ގަދައީ މިހެންވެ އެވެ.
އެކަމަކު ކުރީ ވޯލްޑް ކަޕް ތަކެކޭ އެއްފަދައިން މި ފަހަރުގެ ވޯލްޑް ކަޕުގައި ވެސް މެކްސިކޯ ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ޔޫރަޕުގެ ނަގާކިޔާ ޓީމުތަކުގެ ކުޅުންތެރިން ނެތުމެވެ.
ރައުލް ހިމެނޭޒަކީ މި ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. 2025 ވަނަ އަހަރު މެކްސިކޯއިން ޖެހި 22 ގޯލުގެ ތެރެއިން ނުވަ ގޯލު ޖެހީ އޭނާ އެވެ. ފުލަމްގައި މި ސީޒަނުގައި މޮޅަށް ކުޅެ އޭނާ ޖެހި ގޯލުތަކާއެކު ވޯލްޑް ކަޕް ޓީމު ލީޑް ކުރާނީ ވެސް އޭނާ އެވެ. ފެނަބާޗޭގެ އެޑްސަން އަލްވަރާޒަށް އޮންނާނީ ޑިފެންސްލައިނުގެ ކުރިމަތިން ޓީމު ހަމަޔަކަށް އަޅުވައިދިނުމެވެ. އޭސީ މިލާނުގެ ފޯވަޑް ސެންތިއާގޯ ޖިމިނޭޒް އަކީ ފޯވަޑް ލައިނުގައި މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ. އުމުރުން 40 އަހަރުގެ ގޯލްކީޕަރު ގުއިލާމޯ އޮޗާއޯ ރެކޯޑް އަދަދެއް ކަމަށްވާ ހަ ވަނަ މުބާރާތެއް ކުޅެން ތައްޔާރުވީ މެކްސިކޯގެ ގޯލު އިތުބާރާއެކު ފޫބައްދައިދޭނެ އެހެން މީހަކު ނެތިގެންނެވެ.
ކަމެއް ގޯސްވުމުން މެކްސިކޯ މީހުންނަށް އަގުއިރޭ ވަރެއް ނޯވެ އެވެ. ނަތީޖާއެއްގެ ގޮތުން މިއީ އަގުއިރޭ މެކްސިކޯ އަށް ކޯޗުކޮށްދޭ ތިން ވަނަ ފަހަރެވެ. އުމުރުން 66 އަހަރުގެ ކޯޗު ވަނީ 2002 ވަނަ އަހަރުގެ އޭނާގެ ކޯޗުކަމުގައި މެކްސިކޯ ގަދަ 16އިން ބަލިވީ ވާދަވެރި އެމެރިކާ އަތުންނެވެ. އޭގެ ފަހުން 2010ގައި މެކްސިކޯ ކެޓީ އާޖެންޓީނާ އަތުން ބަލިވެގެންނެވެ. އޭނާ އަކީ މެކްސިކޯގެ ތާރީހުގައި މިހާތަނަށް ދެ ފަހަރު ގޯލްޑްކަޕް ކާމިޔާބު ކޮށްދިން ހަމައެކަނި ކޯޗެވެ. އަދި މެކްސިކޯ ގޮވައިގެން އެންމެ ގިނަ މެޗުން މޮޅުވި ކޯޗަކީ ވެސް އޭނާ އެވެ.
އަގުއިރޭ އާއްމުކޮށް ކުޅުވަނީ 4-3-3 ފޯމޭޝަނަށެވެ. އެކަމަކު ޓީމުގެ ކުރީގައި ފަންވަރު ދަށްވުމުން ބެލެންސް ކުރުމަށް 3-4-2-1 އަށް ވެސް ވަރަށް ގިނައިން ކުޅުވަން ޖެހެ އެވެ. މިހެންވެ މި މުބާރާތުގައި ވެސް މިއިން ފޯމޭޝަނެއް ބޭނުން ކުރުމަކީ ވަރަށް ގާތް ކަމެކެވެ. އަގުއިރޭ ޓީމާ ހަވާލުވި ފަހުން ވެސް މެކްސިކޯގެ އެންމެ ބޮޑު މައްސަލައަކީ ގޯލްކީޕަރުގެ މައްސަލަ އެވެ. ޓީމުގައި ތިބި ދެ ކީޕަރުން ވެސް ވަރުގަދަ މެޗުތަކުގައި ކުލަބާއި ގައުމީ ޓީމުގައި ވެސް ހަދާ މިސްޓޭކްތައް ގިނަ އެވެ. އުމުރުން 40 އަހަރުގެ ކީޕަރު ގުއިލާމޯ އޮޗޯއާ އަލުން ގައުމީ ޓީމަށް ގެނެސް އޭނާ އަށް ބަރޯސާ ވާން ޖެހެނީ މިހެންވެ އެވެ.
މަގުމަތިން ހިނގާފައިދާއިރު ގައުމީ ޓީމާމެދު މީހުން އުއްމީދުތަކެއް ކުރާކަން އެނގޭ. އަހަރެން ޓީމަށް ނަގާނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން. އަހަރެންގެ ޓީމުގައި ކޮންމެ މަގާމަކަށް ވެސް އެއް ފެންވަރަކަށް ކުޅެވޭނެ ދެ ކުޅުންތެރިން އެބަތިއްބޭ ބުނެވިދާނެ. އެކަމަކު އަނިޔާގެ މައްސަލަތައް ވެސް މަދެއް ނޫން.