
ޗެކިއާ
މިރޮސްލާވް ކޫބެކް

މިރޮސްލާވް ކޫބެކް
އާބާދީ: 10 މިލިއަން މީހުން
ޗެކް ރިޕަބްލިކް އަކީ 1992 ޗަނަ އަހަރު ޗެކޮސްލަވާކިޔާ ބައިބައިވެދިއުމުން އުފެދުނު ޖުމްހޫރިއްޔާ އެވެ. ޔޫރަޕުގެ މެދުތެރެއަށް ފިތިފައި އޮތް ގައުމަކީ ދުނިޔޭގެ އެންމެ ރައްކާތެރި 10 ގައުމުގެ ތެރެއިން އެއް ގައުމެވެ. ޔޫރަޕުގައި އެންމެ ކިއްލާތައް ގިނަ ގައުމެވެ. މިގައުމުގައި އެކަނި ވެސް 2000ވުރެ ގިނަ ކިއްލާ އެބަހުއްޓެވެ. ނިސްބަތުން މިއީ ތައުލީމީ ގައުމެކެވެ. ވަރުގަދަ އިގްތިސާދެއް އޮތް ގައުމުގެ ގާތްގަނޑަކަށް 90 ޕަސެންޓް މީހުން ތިބީ ސެކަންޑަރީ ތައުލީމް ނިންމާފައެވެ. ޗެކްރިޕަބްލިކްގެ އެންމެ މަގުބޫލު ކުޅިވަރަކީ އައިސް ހޮކީ އެވެ. ފުޓްބޯޅައަށްވުރެ ބޮޑަށް ދުނިޔެ އަށް ޗެކް ރިޕަބްރިކް މަޝްހޫރުވެފައިވަނީ އަންހެނުންގެ ޓެނިހުގަ އެވެ. ސްޓެފީ ގްރާފާއި މާޓިނާނަވްރަޓިލޮވާ އަކީ ދުނިޔޭގެ އަލިގަދަ ތަރިންނެވެ. ދުނިޔޭގެ ގަދަ 100 ޓެނިސް ކުޅުންތެރިންގެ ތެރޭގައި ޗެކް ރިޕަބްލިކްގެ އަށް ކުޅުންތެރިން ހިމެނެ އެވެ.
ޗެކް ރިޕަބްލިކް އަކީ ޔޫރަޕުން މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ފަހު ގައުމެވެ. ވޯލްޑް ކަޕަށް ޗެކްރިޕަބްލިކް ކޮލިފައިވީ ޔޫރަޕުގެ ޕްލޭއޯފް ކުޅެގެންނެވެ. ޕެނަލްޓީ ޖަހައިގެން ޑެންމާކް ބަލިކޮށްގެންނެވެ.
ޗެކޮސްލަވާކިޔާ އަކީ އިހުގައި ފުޓްބޯޅައިގެ ބާރެކެވެ. 1934 އާއި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅެ ބަލިވީ އެވެ. އެކަމަކު 1976ގެ ޔޫރޯ ކާމިޔާބު ކުރީ އެ މީހުންނެވެ. މި ގައުމުގެ ފުޓްބޯޅައިގެ ތާރީހު ނިސްބަތްވިޔަސް ޗެކް ރިޕަބްލިކަށް އެފަދަ ފަންވަރެއް ނުދެއްކެ އެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ 1994ގެ ފަހުން ޗެކްރިޕަބްލިކް ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. އެ ގައުމުގެ ކުލަބުތަކަކީ ވެސް ޔޫރަޕުގެ މެދު ފަންތީގެ ކުލަބުތަކެވެ. ގިނަ ކުޅުންތެރިން ކުޅެނީ ޔޫރަޕުގެ ގަދަ ލީގުތަކުގަ އެވެ. އެކަމަކު ޓީމެއްގެ ގޮތުގައި ގައުމީ ޓީމަށް ނަތީޖާ ނެރުން ވަނީ ދަތިކަމަކަށް ވެފަ އެވެ. މީގެ އެއް ސަބަބަކީ ކުޅުންތެރިންގެ އަހުލާގީ މައްސަލަތަކެވެ. ހާއްސަކޮށް ޓީމެއްގެ ގޮތުގައި ގުޅުން ކުޑަވުމެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | MEXމެކްސިކޯ | 3 | +6 | 9 |
| 02 | RSAދެކުނު އެފްރިކާ | 3 | -1 | 4 |
| 03 |
| 3 |
| -1 |
| 3 |
| 04 | CZEޗެކިއާ | 3 | -4 | 1 |
ޗެކްރިޕަބްލިކްގެ އެންމެ ވިދުންގަދަ ތަރިއަކީ ލަޑިސްލާވް ކްރެޗްސީ އެވެ. އުމުރުން 27 އަހަރުގެ ސެންޓަ ބެކް ކުޅެމުންދަނީ ލޯނު އުސޫލުން އިނގިރޭސި ޕްރެމިއާ ލީގުގެ ވުލްވުސް އެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 25 މެޗު ކުޅެދީ ފަސް ގޯލު ޖަހައިފަ އެވެ. އޭނާ އަށް ގައުމީ ޓީމުގެ ކެޕްޓަންކަން ދިނީ މި އަހަރުގެ މާޗު މަހު އެވެ. އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލަކީ އެ ގައުމުގެ ތާރީހުގައި މިހާތަނށް ޖެހި އެންމެ އަވަސް ލަނޑެވެ. އެއީ 2023 ވަނަ އަހަރު ޔޫރޯ ކޮލިފައިންގައި ޕޮލެންޑާ ދެކޮޅަށެވެ. ކުރީގެ ކެޕްޓަން ތޯމަސް ސޫސެކް އަކީ ޓީމުގެ މުހިންމު މީހަކަސް އޭނާގެ އަހުލާގީ މައްސަލަތައް އެބަހުއްޓެވެ. ޕެޓްރިކް ޝިކް އަކީ އަދިވެސް ޓީމުގެ އެންމެ މުހިންމު އެއް ފޯވަޑެވެ.
އިހުގައި ވަރުގަދަޔަސް ޗެކްރިޕަބްލިކް ޓީމުގައި މިހާރު އެ ފެންވަރެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން ކިރިޔާ ވެސް މޮޅު ޓީމަކާ ދެކޮޅަށް ޗެކް ކުޅެނީ ވަރަށް ދިފާއީ ކުޅުމެކެވެ. ބައެއް ފަހަރު ފަހަތަށް ތިނެއް އަނެއްބައި ފަހަރު ފަހަތަށް ފަސް ޑިފެންޑަރުން ލައްވައި ވެސް ކުޅުވަ އެވެ. މިރޮސްލާވް ކޫބެކްގެ އިރުޝާދުގެ ދަށުން ޗެކްގެ މެދުތެރެ އަކީ އެންމެ ގޮތްނޭނގޭ ޑިޕާޓްމަންޓެވެ. ބައެއް ފަހަރު ސޫސެކް ވެސް ބެންޗުގައި އިންނަން ޖެހެނީ މިހެންވެ އެވެ. ކުރިއަށް ބަލާއިރު އައުޓް ސައިޑް އެޓޭކަރުން ލައްވައި ކުޅުވަން ކޯޗު ކޮލިފިކޭޝަން އިސްކަންދިނެވެ. އެކަމަކު ވޯލްޑް ކަޕުގައި އޭނާ މިފަދައިން އެޕްރޯޗް ކުރުން ދުރު ކަމަށް ގިނަ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.
ކޯޗު: މިރޮސްލާވް ކޫބެކް
އުމުރު: 74
ގައުމު: ޗެކިޔާ
މިރޮސްލާވް ކޫބެކަށް ގައުމީ ކޯޗުކަން ދިނީ 2025 ވަނަ އަހަރު އެވެ. އޭނާ އަކީ ނަފްސާނީ ގޮތުންނާއި ޓެކްޓިކަލީ ޓީމު ތައްޔާރުކުރުމުގެ ވިސްނުމުގެ ކޯޗެކެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ގަވާއިދުތަކަށް ކުޅުންތެރިން ފުރިހަމައަށް ބޯލަނބައި ވަކި އިމެއްގެ ތެރޭގައި ތިބެން އޭނާ ވަނީ އަންގާފަ އެވެ. ދަނޑުމަތީގައި ކުޅުންތެރިންނަށް ވަރަށް ބޮޑަށް މިނިވަންކަންދީގެން ކުޅުވަ އެވެ. އުމުރުން 74 އަހަރުގެ ކޫބެކަކީ ޗެކޮސްލަވާކިޔާގެ ކުރީގެ ގޯލްކީޕަރެކެވެ. ގައުމީ ޓީމަށް ކުޅެފައިނުވެ އެވެ. 1983 ވަނަ އަހަރުގެ ފެށި ކޯޗިން ކެރިއަރުގައި އޭނާ އަށް ކާމިޔާބު ކުރެވުނީ އަމިއްލަ ގައުމުގެ ތިން މުބާރާތެއް އެކަންޏެވެ.
ގައުމީ ކޯޗުކަން ލިބުމަކީ ވަރަށް ހައިރާންވި ކަމެއް. އަދި މިއީ ވަރަށް ބޮޑު ޝަރަފެއްވެސްމެ. މިއީ ލައިފް ޓައިމްގެ ޗެލެންޖެއް ހާސިލްވުން ފަދަ ކަމެއް. ޓީމުގައި މޮޅު ކުޅުންތެރިން އެބަތިބި. އެކަމަކު ޓީމެއްގެ ގޮތުގައި ބްރެޒިލާއި އާޖެންޓީނާ ފަދަ ގައުމުތަކާ އަރާ ހަމަކުރުމަކީވާނެ ކަމެއް ނޫން.