
ކިއުރަސާއޯ
ޑިކް އެޑްވޮކާޓް

ޑިކް އެޑްވޮކާޓް
އާބާދީ: 185440 މީހުން
ކިއުރަސާއޯއަކީ ކެރިބިއަން ގައުމެކެވެ. ރާއްޖެ ފަދަ ކުޑަ ޖަޒީރާއެކެވެ. ސްޕޭނާއި ނެދަލޭންޑްސް އަދި އިނގިރޭސިން އަތްގަދަ ކޮށްގެން އުޅުނު ކުޑަކުޑަ މީސްކޮޅު މަދު ބައެކެވެ. ކިއުރަސާއޯގެ މާނައަކީ ހިތެވެ. އެތަން ވެރިކޮށްގެން އުޅުނު ކޮންމެ ބަޔަކު ވެސް އެކަން ކުރީ ވިޔަފާރީގެ މަގުގައި އެ ހިތުގެ ނުވަތަ މުހިންމު އެ ބަނދަރުގެ ބޭނުން ބޮޑުކަމުންނެވެ. ސާފު ހުދު ދޮންވެލި ގޮނޑުދޮށްތަކާއި ފަޅުތަކާއި ދިގު އައްސޭރި ފަށެއް ލިބިފައިވާ ކިއުރަސާއޯގެ ވަށައިގެން އޮތީ ކަނޑެވެ. އެ މީހުންގެ ދިދާގައިވާ ގަދަ ނޫލަ ރަމްޒުކޮށްދެނީ ވަށައިގެންވާ މާސިންގާ ކަނޑާއި ނޫއުޑެވެ. ތާރީހީ އެތަކެއް އާސާރެއް ހުރި ކިއުރަސާއޯގެ މީހުންނަކީ ސާފު އަދި ރީތި ކަމަށް ލޯބިކުރާ ކަމެކެވެ. އަބަދުވެސް ހޫނު މޫސުން އޮންނަ މި ގައުމަށް އަރައިފިނަމަ އެންމެ ގިނައިން އިވޭނެ އެއް ބަހަކީ "ދުށީ" އެވެ. މާނައަކީ ވަރަށް ހިތްހަމަޖެހޭ، ވަރަށް ރީތީ، އޯގާތެރި ފަދަ ބަސްތަކުގެ މާނަ އެވެ. އެމީހުން ބޭނުން ކުރަނީ ނެދަލޭންޑްސްގެ ފައިސާ އާއި ބަހެވެ. ގައުމުގެ އިގްތިސާދު ބިނާވެފައިވަނީ ތެލުގެ މައްޗަށެވެ.
މުޅިން އަލަށް ކިއުރަސާއޯ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮންކާކަޕް ސަރަހައްދުގެ ދެ ވަނަ ބުރުގައި ގްރޫޕް ބީގެ އެއްވަނަ ހޯދައިގެންނެވެ. ކޮލިފައިންގެ ދެބުރުގައި ޖުމުލަ 10 މެޗު ކުޅުނުއިރު އެ މީހުން އެންމެ މެޗަކުން ބަލިނުވެ އެވެ. ހަތް މެޗު ކާމިޔާބުކޮށް އަނެއް ތިން މެޗުވީ އެއްވަރެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | GERޖަރުމަނު | 3 | +6 | 6 |
| 02 | CIVއައިވަރީ ކޯސްޓް | 3 | +2 | 6 |
| 03 |
| 3 |
| 0 |
| 4 |
| 04 | CUWކިއުރަސާއޯ | 3 | -8 | 1 |
ކިއުރަސާއޯގައި ފުޓްބޯޅަ އަކީ މަގުބޫލު ކުޅިވަރެވެ. އެކަމަކު އެ ގައުމުގެ ރަސްމީ ލީގު ނުބާއްވާތާ ވެސް ދެ އަހަރު ވެއްޖެ އެވެ. އާއްމުކޮށް ބާއްވަނީ އެކި ގައުމުތަކުގެ އާދައިގެ ކުލަބުތަކުން ބާއްވާ އެކުވެރިކަމުގެ މުބާރާތްތަކެވެ. ކިއުރަސާއޯގެ ގިނަ ކުޅުންތެރިން ކުޅެނީ ވެސް ނެދަލޭންޑްސްގަ އެވެ. ގިނަ ކުޅުންތެރިން ނިސްބަތްވަނީ ވެސް އެހެން ގައުމުތަކަށެވެ. ކިއުރަސާއޯގެ ފުޓްބޯޅަ އެސޯސިއޭޝަނގެ ބަޖެޓް ވެސް 10 މިލިއަން ޑޮލަރަށްވުރެ މައްޗެއް ނޫނެވެ. އެ ގައުމުގެ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ކެރީބިއަން ކަޕް ކާމިޔާބު ކުރުމެވެ.
ކިއުރަސާއޯގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ރަންގެލޯ ޖަންގާ އެވެ. އޭނާ ކުޅެނީ ނެދަލޭންސްގެ ޕީއެސްވީ އަށެވެ. މިހާތަނަށް ވަނީ ގައުމީ ޓީމަށް 43 މެޗުން 21 ގޯލު ޖަހައިދީފަ އެވެ. މީގެ އިތުރުން ލީންޑްރޯ ބަކޫނާ އަކީ ޔޫރަޕުގެ ތަޖުރިބާ ގިނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ އެސްޓަންވިލާ އާއި ކާޑިފަށް ވެސް ކުޅެފަ އެވެ. ގޯލްކީޕަރު އެލޯއީ ރޫމް ކުޅެނީ އެމެރިކާގެ މިއާމީ އެފްސީ އަށެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 70 މެޗު ކުޅެދީފަ އެވެ. ޑިފެންޑަރު ޖޫރިއޭން ގާރީ ކުޅެނީ ސައޫދީ ލީގުގަ އެވެ.
ކިއުރަސާއޯ އަކީ ކޮލިފައިންގައި ގިނަ ގޯލުތަކެއް ޖެހި ޓީމެކެވެ. ފަހަތް ވަރުގަދަ އެވެ. ނަމަވެސް ވޯލްޑް ކަޕުގައި އެ މީހުން ކުޅޭނެ ކަމަށް ލަފާ ކުރެވެނީ 4-51 ފޯމޭޝަނަށެވެ. ސަބަބަކީ ދިފާއަށް އިސްކަން ދޭނެ ޖެހުމެވެ. ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ތަޖުރިބާ މާބޮޑަށް ގޯސްވިޔަ ނުދިނުމަށެވެ. ކިއުރަސާއޯގެ ދިފާއު ވަރުގަދަވިޔަސް ކައުންޓަ އެޓޭކަށް ޓީމު ހާނަން ޖެހޭ ކަމަށް ކޯޗު ވަނީ މާކުރިން ބުނެފަ އެވެ.
ކޯޗު: ޑިކް އެޑްވޮކާޓް
އުމުރު: 78
ގައުމު: ނެދަލޭންޑްސް
ވޯލްޑް ކަޕަށް ކިއުރަސާއޯ ކޮލިފައިކޮށްދިނީ ނެދަލޭންޑްސްގެ ތަޖުރިބާކާރު ކޯޗު ޑިކް އެޑްވޮކާޓެވެ. މި ފަހަރުގެ މުބާރާތުން ފެނިގެންދާން އެންމެ ދުވަސްވީ ކޯޗަކީ ވެސް އޭނާ އެވެ. ކޮލިފައިކޮށްދީފައި އޭނާ މަގާމު ދޫކޮށްލީ އަންހެނުންނާއި ދަރިފުޅު ބަލިވެ އުޅޭތީވެ އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ކިއުރަސާއޯ ކޮލިފައިވި މެޗުގައި ވެސް އޭނާ އިރުޝާދު ދިނީ ހޮސްޕިޓަލުގައި ހުރެ ފޯނުން އެހީތެރިން މެދުވެރިކޮށެވެ. އޭގެ ފަހުން ކޯޗުކަމާ ހަވާލުވީ ނެދަލޭންޑްސްގެ ފްރެޑެރިކަސް ރޫޓެން އެވެ. އެޑްވޮކާޓްގެ ފިލޯސަފީ ކޮޕީ ކުރަން އުޅުނަސް އޭނާ މެއި މަހު މަގާމުން ދުރަށް ދާން ޖެހުނީ ކުޅުންތެރިން އަލުން އެޑްވޮކާޓް ގެންނަން ބޭނުންވުމުންނެވެ.
ވަރަށް ކުޑަކުޑަ ގައުމެއް އަހަރުމެންނަކީ. ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއް. އެކަމަކު މިއީ ފަސޭހަ ރާސްތާއެއްނޫން. ވޯލްޑް ކަޕުގައި އަހަރުމެން އޮތް ގްރޫޕަކީ ހުރިހާ ގޮތަކުން ވެސް އުނދަގޫ ގްރޫޕެއް. އިކުއެޑޯ މެޗަކީ އަހަރުމެންނަށް ވަރަށް މުހިންމު މެޗެއް.