
އައިވަރީ ކޯސްޓް
އެމާސް ފަޔޭ

އެމާސް ފަޔޭ
އާބާދީ: 33 މިލިއަން މީހުން
އެފްރިކާގެ ހުޅަނގު ބިތުގައި އޮތް އައިވަރީ ކޯސްޓަކީ އިހުގައި ފްރާންސްގެ އަޅުވެތިކަމުގައި ތިބި ބައެކެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގެ ގިނަ ބަޔަކު ވާހަކަ ދައްކައި އުޅެނީ ވެސް ފްރެންޗް ބަހުންނެވެ. މި ގައުމު މިނިވަންވީ 1960ގަ އެވެ. 1999 ވަނަ އަހަރު މިލިޓަރީ އިންގިލާބަށްފަހު އައިވަރީ ކޯސްޓްގެ ދާހިލީ ހަމަނުޖެހުން ބޮޑުވި އެވެ. މިކަން ނިމުމަކަށް ގެނައުމުގައި ވަރަށް މުހިންމު ދައުރެއް އޭރުގެ އައިވަރީ ކޯސްޓްގެ ކެޕްޓަން ޑިޑިއޭ ޑްރޮގްބާ އަދާ ކުރި އެވެ. ހިޔާލުތަފާތުވުންތައް ނައްތާލައި އެންމެން އެކުގައި ގައުމީ ޓީމާއިގެން ކުރިއަށްދާން އޭނާ ގޮވާލީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް އައިވަރީ ކޯސްޓް ކޮލިފައިވުމާއެކުގަ އެވެ. ގައުމުގެ ބޮޑު ބަޔަކީ މުސްލިމުންނެވެ. ގައުމުގެ ދިދާގައިވާ ތިން ކުލައިން ރަމްޒު ކޮށްދެނީ ގައުމުގެ ކުރިއެރުމާއި އެކުވެރިކަމާއި ރައްޔިތުންނާއި އުއްމީދެވެ. ފުޓްބޯޅަ ޓީމުގެ ވަނަމަކީ ލެސް އިލެފެންޓެވެ. ކޮކޯބީން އެންމެ ގިނައިން ބޭރު ކުރާ ގައުމަކީ ވެސް މިއީ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރަކު 3.8 ބިލިއަން ޑޮލަރުގެ ބީން އެމީހުން ބޭރުކުރެ އެވެ.
އައިވަރީ ކޯސްޓް ކޮލިފައިވީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެންނެވެ. އެމީހުން ކޮލިފައިވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އަމިއްލަ ގައުމުގައި ކުޅުނު މެޗުތައް ކާމިޔާބު ކުރުމެވެ. ރަށުން ބޭރުގައި ވެސް ބަލިނުވެ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | GERޖަރުމަނު | 3 | +6 | 6 |
| 02 | CIVއައިވަރީ ކޯސްޓް | 3 | +2 | 6 |
| 03 |
| 3 |
| 0 |
| 4 |
| 04 | CUWކިއުރަސާއޯ | 3 | -8 | 1 |
އައިވަރީ ކޯސްޓްގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ލޯބި ކުރަނީ ވެސް ފުޓްބޯޅަ އަށެވެ. ބައެއް ފަހަރު ގައުމީ ޓީމު ބަލިވުމުގެ ހިތާމައިގައި ސަރުކާރާއި ސްކޫލްތައް ވެސް ބަންދުކޮށްފައިވެ އެވެ. 1992 ވަނަ އަހަރާއި 2015 އައި 2023ގެ އެފްރިކާ ކަޕް ކާމިޔާބު ކުރީ އައިވަރީ ކޯސްޓެވެ. 2006 ވަނަ އަހަރަކީ އެ ގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި އަހަރެކެވެ. ގައުމުގެ އާބާދީގެ ބޮޑުއެއް ސަޕޯޓް ކުރަނީ އިނގިރޭސިވިލާތުގެ ޗެލްސީ އަށެވެ. ސަބަބަކީ އެ ގައުމުގެ ކުރީގެ ކެޕްޓަން ޑްރޮގްބާ އެ ޓީމުގައި މޮޅަށް ކުޅެ ހޯދި ކާމިޔާބީތަކެވެ.
ޓީމުގެ މެދުތެރޭގެ މައިބަދަ އަކީ ބާސެލޯނާ އާއި އޭސީ މިލާނާއި އަލް އަހްލީ އަށް ކުޅުނު ފްރޭންކް ކެސޭއީ އެވެ. އޭނާ އަކީ ޓީމުގެ ކެޕްޓަނެވެ. ތަޖުރިބާއާއެކު މެދުތެރޭގައި ބޮކްސް ޓު ބޮކްސްކޮށް ކުޅޭނެ ކުޅުންތެރިޔާ އެވެ. އިވާން އެންޑިލާ އަކީ ޒަމާނީ ވާތު ސެންޓްރަލް ބެކެކެވެ. މީގެ އިތުރުން ވިޔަރެއާލްގެ ނިކޮލަސް ޕެޕޭ އަކީ ވެސް ފޯވަޑް ލައިނުން ފާހަގަ ކުރެވޭނެ ތަރި އެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް 54 މެޗުން 12 ލަނޑު ޖަހައިދީފަ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ އަމަޑް ޑިއާލޯ އާއި ގައުމީ ޓީމަށް 18 މެޗުން ފަސް ގޯލު ޖަހައިދިނުމުން އޭނާ އަކީ ކޯޗު ވަރަށް އިތުބާރު ކުރާ ކުޅުންތެރިއެކެވެ.
އައިވަރީ ކޯސްޓަކީ ވަރަށް ބޮޑަށް ވަކިވަކި ކުޅުންތެރިންނަށް ހުނަރަށް ބަރޯސާ ވެފައި އޮތް ޓީމެކެވެ. ހާއްސަކޮށް މުޅި ޓީމުގެ ސްޕީޑަކީ ޓީމުގެ އެންމެ ވަރުގަދަ އަސާސެވެ. އަރިމަތިން ކުޅޭ ހަލުވި ކުޅުންތެރިންނާއެކު އެ މީހުންގެ އަރަނި ވެސް ރަނގަޅެވެ. އެފްރިކާ ކަޕުގައި ފަސް މެޗުން 10 ގޯލު ޖެހި އެވެ. އެކަމަކު ޓީމުގެ ބަލި ފަޔަކީ ވަރަށް ގިނަ ފަހަރު އިދިކޮޅު އަންޑަ އެސްޓިމޭޓް ކުރުމެވެ. ވަރުގަދަ ޓީމެއް އޮއްވައި މިސުރު އަތުން ބަލިވެ، އެފްރިކާ ކަޕުން ކެޓުމަކީ މިސާލެކެވެ.
ކޯޗު: އެމާސް ފަޔޭ:
އުމުރު: 42
ގައުމު: އައިވަރީ ކޯސްޓް
އައިވަރީ ކޯސްޓްގެ ކޯޗަކީ އެ ގައުމުގެ ކުރީގެ މިޑްފީލްޑަރު އެމާސް ފަޔޭ އެވެ. އޭނާ އުފަންވީ ފްރާންސަށެވެ. އެންމެ ފުރަތަމަ ކުޅެން ބޭނުންވީ ވެސް ފްރާންސަށެވެ. ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެނިކޮށް ފީފާގެ ގަވާއިދު ބަދަލު ކުރުމާ ގުޅިގެން އައިވަރީ ކޯސްޓް އިހްތިޔާރުކޮށް ޖުމުލަ 41 މެޗު ކުޅެދީ އެއް ގޯލު ޖެހި އެވެ. އުމުމުން 42 އަހަރުގެ ކޯޗު ގައުމީ ޓީމާ ހަވާލުވީ 2024ގަ އެވެ. އޭގެ ކުރިން ހުރީ 23 އަހަރުގެ ދަށުގެ ކޯޗަކަށެވެ. ފްރާންސްގެ ނޯންޓްސް އާއި ނީސް އަދި ރެޑިން އަށް ކޯޗުކޮށްސިން ފައޭގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 31 މެޗުގެ ތެރެއިން 21 މެޗުން މޮޅުވި އެވެ. ބަލިވީ ފަސް މެޗުންނެވެ. ކުޅުންތެރިއެއްގެ ގޮތުގައި 2006 ވަނަ އަހަރުގެ ފައިނަލުން ބަލިވުމުން އޭނާ އަށް ގެއްލުނު އެފްރިކާ ކަޕުގެ ތަށި ހޯދައިދިނީ 2023 ވަނަ އަހަރު ކޯޗެއްގެ ގޮތުގަ އެވެ. އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކޯޗަކީ ވެސް އޭނާ އެވެ.
އަހަރުމެން މިސާލަކަށް ބަލަނީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި މޮރޮކޯ ކުރި ދަތުރު. ވޯލްޑް ކަޕް ފައިނަލަށް ދިއުމަކީ އުއްމީދެއް. އަހަރުމެން ކުޅޭނީ ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރަން. އަހަރުމެން ޓީމުގައި ފެންވަރު އެބަހުރި.