
ލަމީން ޔަމާލް
ބާސެލޯނާ، ސްޕޭން

ބާސެލޯނާ، ސްޕޭން
އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ގަދަ އެއް އަޑަކީ ކުޑަކުއްޖަކު އާދަޔާ ހިލާފް މޮޅަށް ކުޅެމުންދިޔަ ވާހަކައެވެ. ކިޔަވާ ފޮތްތަކާއެކު މުބާރާތަށް ގޮސް، ފިލާވަޅުތައް ނިންމާ އިމްތިހާނުވެސް ހެދި ވާހަކައެވެ. އަދި އެއިމްތިހާނުން ފާސްވި ވާހަކަ އެވެ. ސްޕޭން ލަމީން ލަމީން ޔަމާލަށް ތައުރީފް އޮހިގަތީ ތައުރީފާއި، މަރުހަބާގެ ބަސްތަކުންނެވެ. ފުޓްބޯޅައިގެ ލެޖެންޑުން އިމެއްނެތި އޭނާ އަށް ތައުރީފް ކުރަން ފެށީ ކުޅުމާއި، ތޫނު ފިލިކަމާއި، ޕްރެޝަރާ ކުރިމަތިލާ ގޮތުން އެއުމުރުގެ ކުއްޖަކަށްވުރެ މާ ހަރު 'ތަސައްރަފު ފުދިފައިވާ' ކުޅުންތެރިއެއްގެ ސިފަތައް ފެންނަމުންދިއުމުންނެވެ.
ބާސެލޯނާގެ ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަދި އެކުލަބުގެ ގްރާސްރޫޓް ފުޓްބޯޅަ އެކްސްޕާޓަކަށް މަސައްކަތް ކުރި މިހާރުގެ ޓީވީ ޖާނަލިސްޓް ޖައުމޭ މާކެޓް ބުނީ ބާސެލޯނާ ނިސްބަތްވާ ކަޓަލޯނިއާގެ ކެޑޭޓް މުބާރާތުގައި ޔަމީން ޔަމާލްގެ ކުޅުން ފެނިފައި އޭނާ ހައިރާންވި ކަމަށެވެ.
ޔަމީން ޔަމާލަކީ ސްޕޭނަށް ހިޖުރަކުރި ދެމަފިރިއެއްގެ ދަރިއެކެވެ. ބައްޕައަކީ ސްޕޭނާ އިންވެގެން އޮތް މޮރޮކޯ މީހެކެވެ. މަންމަ އަކީ އިކުއޭޓޯރިއަލް ގިނީގެ މީހެކެވެ. ބާސެލޯނާގެ ސްކައުޓުންނަށް އޭނާ ފެނުނީ ރޮކަފޮންޑާގެ ޕާކުތަކުގައި ކުޅެނިކޮށެވެ. މަޝްހޫރު ލަމާސިއާ އެކަޑަމީ އަށް އޭނާ ވައްދަކަން ޔަމާލްގެ ބައްޕަ އޭނާ ގޮވައިގެން ގޮސް އެހީ އަހަރެންގެ ދަރިފުޅު ބާސެލޯނާ އަށް ކުޅެން ކަލޭމެން ބޭނުން ހެއްޔެވެ؟ ޖަވާބުގައި ބާސެލޯނާއިން އާއެނކޭ ބުނުމުން ޔަމާލްގެ ބައްޕަ އެދުނީ އެހެންކަމަށްވާނަމަ އޭނާގެ ދަރިފުޅަށް އެންމެ ފުރަތަމަ ކަމަކަށް އުނގަންނައިދިނުމަށެވެ.

މިއަށްފަހު ޔަމާލް އާއި އޭނާގެ މައިން ބަފައިންނާއި އެޖެންޓުން ބާސެލޯނާގެ އޮފިޝަލުންނާއި ކޮންމެ އާދީއްތަ އަދި އަންގާރަ ދުވަހަކު ބައްދަލުކޮށް މަޝްވަރާތައް ބޭއްވި އެވެ. ކަރުދާހުގެ މަސައްކަތްތައް ނިމުމުން ލަމާސިއާ އެކަޑަމީ އަށް ޔަމާލް ވެއްދުމާއެކު ވެސް އެތަނުގެ ކޯޗުން އޭނާގެ ކުޅުމަށް ލޯބުކުރި އެވެ. ކުލަބުގެ ރަސްމީ ޗެނަލަށް ދިން އިންޓވިއު އެއްގައި ޔަމާލް ބުނީ ރޮކަފޮންޑާގައި އުޅުނުއިރު ގޭގައި ހޭދަކުރި ވަގުތަށްވުރެ ގިނަވާނީ ގެއާ ކައިރީގައި އޮތް ޕާކުގައި ފުޓްބޯޅަ ކުޅެން ހޭދަކުރި ވަގުތުކަމަށެވެ. އަދި ގެއިން ބޭރަށް އަޅާ ކޮންމެ ފިޔަވަޅަކީ ފުޓްބޯޅަ ކުޅެން އެޅި ފިޔަވަޅެއް ކަމަށެވެ.
ލަމީން ޔަމާލް އުފަންވި ކަމަށް ލިޔެކިޔުންތަކުން ފެންނާން އޮތީ 13 ޖުލައި 2007 އެވެ. އެކަމަކު ދުނިޔޭގެ އެންމެ ވަރުގަދަ ޑިފެންޑަރުން މިހާރު އެންމެ ޖެހިލުން ވެފައި އެތިބީ ހަގީގަތުގައި އުމުރަށް ބަލާއިރު ކުޑަކުއްޖެއް ދެކެއެވެ. އޭނާގެ އުމުރުން އަދި އެންމެ 18 އެވެ.
ބާސެލޯނާއިން އޭނާ ވިއްކަލް އެއް ބިލިއަން ޔޫރޯގެ އަގެއް ހަމަޖެއްސީ ޔަމާލްގެ އަގު ރޮކެޓް ސްޕީޑުގައި އަރައިގަތުމުންނެވެ.
ޔަމާލަކީ ހިތްތިރި ކުއްޖެކެވެ. ފުޓްބޯޅަ ކުޅެގެން އެންމެ ފުރަތަމަ ލިބުނު އާމްދަނީ ހަމަޖައްސައިދިނީ އާއިލާގެ ހަރަދު ބަރަދާއި އެ މީހުންގެ ތަކުލީފުތަކެވެ. އޭނާ ބަލާބޮޑުކުރުމުގައި އެންމެ މުހިންމު ދައުރެއް އާކުރި މާމަ އަށް ގެއެއް ގަނެދިނެވެ. ބާސެލޯނާގެ ސިޓީން މަންމަ އާއި ބައްޕަ އަށް ވެސް ގެއެއް ގަނެދިނެވެ. ހަފުތާއަކު 320000 ޕައުންޑް ލިބޭއިރު އޭނާ އަށް އަހަރަކު މިހާރު 25 މިލިއަން ޔޫރޯގެ އާމްދަނީ ލިބެ އެވެ.
އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ. އުފާފާޅު ކުރުމަށް ލަމީންގެ ޔަމާލް ގެންގުޅޭ ޓްރޭޑްމާކަކީ 304 އެވެ. މިއީ ވާތުން ތިން އިނގިލި ކަނާތުން ހަތަރު އިނގިލި ދައްކައި އެ ދެމެދުން ސުމެއް ސިފަވާގޮތަށް އޭނާ ގެންނަ ހަރަކާތެކެވެ. އަދި މިއީ ރޮކަފޮންޑާގެ ކޯޑް ނަންބަރެވެ.
މިހާރު އޭނާ އަކީ ޔޫރަޕާއި ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. ލަހެއްނުވެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޯދުމަކީ އުއްމީދެކެވެ. އެކަމަކު މާގިނައިން ލޯބިވެރިންނާއެކު ދަނޑުބޭރުގެ ހަރަކާތްތައް ގިނަވާތީވެ ކޯޗުންނާއި ބާސެލޯނާއިން އޭނާ އަށް އެތައް ފަހަރަކު ނަސޭހަތްދީފި އެވެ.

މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ.

2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފި އެވެ.

ޔަމާލަކީ ބާސެލޯނާ އަށް މެޗެއް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާ
ސްޕެނިޝް ލީގުގައި އެންމެ ހަނގު އުމުރެއްގައި ގޯލް ޖެހި ކުޅުންތެރިޔާ. ގޯލް ޖެހީ 2023 ވަނަ އަހަރު 16 އަހަރުގައި.
ސްޕޭނުގެ ގައުމީ ޓީމަށް ކުޅެން ފެށީ 16 އަހަރާއި 57 ދުވަހުން. މިއީ ސްޕޭނަށް އެންމެ ހަނގު އުމުރެއްގައި ކުޅެ އަދި ގޯލް ޖެހި ކުޅުންތެރިޔާ
ޔޫރޯ 2024ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ
ފާއިތުވެދިޔަ ދެ އަހަރު ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ
ގައުމީ ޓީމަށް ކުޅުނު އަދަދު: 25
ޖެހި ގޯލު: 6
އަހަރީ އާމްދަނީ: 25 މިލިއަން ޔޫރޯ