
އެލިސަން ބެކާ
ގޯލުކީޕަރު

ގޯލުކީޕަރު
2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ. އިންޓަރނޭޝަނަލްގައި ހޭދަކުރި ހަތަރު އަހަރުވެސް އޭނާ ވަނީ އެ ކްލަބާއި އެކު ބްރެޒިލްގެ ލީގު ކާމިޔާބުކޮށްފަ އެވެ.
2016 ވަނަ އަހަރު އިޓަލީގެ ރޯމާއަށް ބަދަލުވެ ޖެހިގެން އައި ސީޒަނުގައި އޭނާ ވަނީ ސެރިއާގެ އެންމެ މޮޅު ގޯލުކީޕަރުގެ މަގާމް ހޯދާފަ އެވެ. ރޯމާގައި ދެއްކި މޮޅު ކުޅުމާއިއެކު ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލް އިން ވަނީ 72.5 މިލިއަން ޔޫރޯ ފީ އަކަށް އޭނާ އެ ކްލަބަށް ގެންގޮސްފަ އެވެ. މިއީ ގޯލުކީޕަރަކަށް އެވަގުތާއި ހަމައަށް ހޭދަކުރި އެންމެ ބޮޑު އަދަދެވެ.

ލިވަޕޫލް އާއިއެކު ބެކާ ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި. އެފްއޭ ކަޕާއި, ލީގު ކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑްކަޕް ހޯދާފަ އެވެ. 2019 ވަނަ އަހަރު ބެކާ ވަނީ އަހަރުގެ އެންމެ މޮޅު ގޯލުކީޕަރުގެ އެވޯޑާއިއެކު ޔަޝީން ޓްރޮފީ ފުރަތަމަ ފަހަރަށް ހޯދާފަ އެވެ.
ބްރެޒިލްގެ ޖޫނިއާ ޓީމުތަކަށްވެސް ކުޅެފައިވާ ބެކާ ސީނިއާ ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމަށް ޖުމްލަ 77 މެޗު ކުޅެފަ އެވެ. ބެކާ ވަނީ 2018 ވަނަ އަހަރު ފީފާ ވޯލްޑްކަޕްގައި ބްރެޒިލް އަށް ކުޅެފަ އެވެ. އަދި 2019 ވަނަ އަހަރުގެ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އަމިއްލަ ގައުމުގައި ކާމިޔާބުކުރިއިރު ބެކާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

· 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ އެންމެ މޮޅު ގޯލުކީޕަރުގެ އިތުރން ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ގޯލުކީޕަރު
· ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރު ފީފާ އިން ތައާރަފު ކުރި ޔަޝީން ޓްރޮފީ ހޯދާފައިވޭ
· 2019 އަދި 2018 ވަނަ އަހަރުގެ ގްލޯބް ސޮކާ އެވޯޑްސްގެ އެންމެ މޮޅު ގޯލުކީޕަރު
· 2020-21 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލްގެ ގޯލް އޮފް ދަ ސީޒަންގެ ޝަރަފު ހޯދި
· 2022-23 ވަނަ އަހަރުގެ ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާ

މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ.

އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ.

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފި އެވެ.