
މުހައްމަދު ސަލާ
ފޯވާޑް

ފޯވާޑް
މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ. ޅައިރުގެ ހަނދާންތައް ހަގީގަތަކަށް ހަދާ މުޅި ދުނިޔޭގެ ސަމާލުކަން ސަލާ ހޯދާފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ސަލާގެ އުމުން 20 އަހަރުގައި ސްވިޒަލޭންޑްގެ އެފްސީ ބަސޭލް އަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެ ކްލަބާއިއެކު ސްވިސް ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފަ އެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަސެލް ކުޅުނު މެޗުތަލުގައި ސަލާ ދެއްކި ކުޅުމާއިއެކު ޔޫރަޕްގެ ވަރުގަދަ ޓީމުތަކުން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ޗެލްސީ އިން ސަލާ އެ ކްލަބަށް ގެންދިޔަ ނަމަވެސް އޭނާއަށް ވަނީ އެ ކްލަބުގައި އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވެފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އިޓަލީގެ ފިއޮރެންޓީނާ އާއި ރޯމާއަށް ވެސް ކުޅެފަ އެވެ.
ސަލާގެ ވިދުން ގަދަވެގެންދިޔައީ 2017 ވަނަ އަހަރު ލިވަޕޫލް އަށް ބަދަލުވެ އެ ކްލަބާއި އޭނާ ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުންނެވެ. ލިވަޕޫލް ގައި ހޭދަކުރި ފުރަތަމަ ސީޒަނުގައިވެސް ސަލާ ވަނީ 44 ލަނޑު ޖަހާފަ އެވެ. މިއީ 34 އަހަރުގެ ތެރޭގައި އެއް ސީޒަނެއްގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

· 18/2017 ވަނަ އަހަރުގެ ސީޒަނުގައި ސަލާ ވަނީ 32 ލަނޑު ޖަހައިގެން ޕްރިމިއާ ލީގުގައި އޭރު ރެކޯޑެއް ހަދާފައި
· ޗެމްޕިއަންސް ލީގުގާއި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާގެ ކުޅުންތެރިޔާގެ ޝަރަފު ޑިޑިއޭ ޑްރޮގްބާ ފަހަތަށް ޖައްސާލުމަށްފަހު ސަލާ ވަނީ ހޯދާފަ
· ޕްރިމިއާ ލީގުގެ ރަން ބޫޓް ހަތަރު ފަހަރު ހޯދާފައިވާ ދެ ކުޅުންތެރިންގެ ތެރޭގައި ސަލާ ހިމެނޭ. ދެން މި ލިސްޓުގައި ހިމެނެނީ ތިއެރީ އޮންރީ
· 2018 ވަނަ އަހަރު ފީފާ ޕުސްކަން އެވޯޑް ހޯދާ ސަލާ ވަނީ މި އެވޯޑް ހޯދި އެފްރިކާގެ ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައި
· ޕްރޮފެޝަނަލް ޕްލޭޔަރސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާ

2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ.

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފި އެވެ.