
ލަޔޮނަލް މެސީ
ފޯވަޑް

ފޯވަޑް
އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފި އެވެ. މި ފަހަރުގެ މުބާރާތަށް ނުކުންނަނީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި އުފުލާލި ތަށި ދިފާއު ކުރުމަށެވެ.
އުމުރު މަތިވުމުން މެސީ އަކީ މިހާރު ކުރީގެ ހަލުވި ކުޅުންތެރިޔާ އެއް ނޫނެވެ. އެމެރިކާ ލީގުގައި އޭނާ ކުޅެމުންދިޔައީ ވެސް ލިބޭ ހާނިއްކަތައް މަދުވާނެ އުސޫލަކުން އަރާމު ކުރުމުގެ މުހިންމު ޕްލޭނަކާ އެކުގަ އެވެ. ބޭނުނަމީ މި ފަހަރުގެ ވޯލްޑް ކަޕަށް ވީއެންމެ ފުރިހަމަ އަށް ތައްޔާރުވުމެވެ. އާޖެންޓީނާ ޓީމުގައި ވެސް މިހާރު އޭނާ އަށް ދެނީ އެހެން ކުޅުންތެރިން ލައްވައި ކުޅުވާފައި ލިބޭ ފުރުސަތު ނިންމާލުމުގެ ރޯލެކެވެ.
ލަފާ ކުރެވެ ގޮތުގައި މިއީ މެސީގެ ފަހު ވޯލްޑް ކަޕެވެ. އޭނާ އަކީ އަހަރަކު 80 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ކުޅުންތެރިއެކެވެ. މިއާމީން މުސާރައިގެ ގޮތުގައި އަހަރަކު 28.3 މިލިއަން ލިބޭއިރު ވިޔަފާރި އާއި އިސްތިހާރާއި އެނޫން ވެސް ކަންކަމުން ލިބޭ އާމްދަނީ ކުޅެގެން ލިބޭ އަދަދަށްވުރެ އިތުރެވެ. އޭނާ އަކީ އެޑިޑާސް އާއި އެޕަލް ޓީވީ އާއި ސައޫދީ އަރަބިއާގެ ޓުވަރިޒަމް އެމްބެސެޑަރެއް ވެސްމެ އެވެ.އަދި ޔުނެސެފް އެމްބެސެޑަރެކެވެ. ހިސޭ ސާބަހަށް މަސައްކަތްކޮށްދޭ ޖަމާއަތްތަކަށް އެހީތެރިވެދޭ ކުޅުންތެރިއެކެވެ. ލިއޯ މެސީ ފައުންޑޭޝަނުން ކުޑަކުދިންގެ ސިއްހަތާއި ތައުލީމަށް އެހީދެ އެވެ.

ދުނިޔޭގެ ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ބަލަންޑޯ ހާސިލްކުރި
ގައުމީ ޓީމަށް ކުޅުނު އަދަދު: 198
ޖެހި ގޯލު: 116
ބާސެލޯނާ އާއި އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ
މިއީ ވޯލްޑް ކަޕުގައި ކުޅޭ ހަ ވަނަ ފަހަރު
ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2014 އަދި 2022ގައި ހާސިލްކުރި
އަހަރީ އާމްދަނީ: 80 މިލިއަން ޑޮލަރު

މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ.

2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ.