
ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލް / އަލް ނަސްރު

ޕޯޗުގަލް / އަލް ނަސްރު
ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅޫ އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ގައުމުގެ ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2003 ވަނަ އަހަރު އެވެ.
ޕޯޗުގަލްގެ ހުރިހާ އުމުރު ފުރާއަކަށް ކުޅެފައިވާ ރޮނާލްޑޯ ވަނީ ސީނިއާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 226 މެޗުގައި 143 ލަނޑު ޖަހާ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހޯދާފަ އެވެ. ކުރިން މި ރެކޯޑް އޮންނަނީ އިރާނުގެ އަލީ ދާއީ އަތުގަ އެވެ.
ޕޯޗުގަލްގެ ސްޕޯޓިން ޓީމުން ސީނިއާ ކެރިއަރ ފފެށި ރޮނާލްޑޯ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ 2003 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ހިސާބުންނެވެ. އަދި އެ ކްލަބާއި ގުޅި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ފުޓްބޯޅައިގައި ވޯލްޑްކަޕްގެ ޓްރޮފީ ފިޔަވާ އެހެން ހުރިހާ ޝަރަފެއް ހޯދާފަ އެވެ. އޭގެ ތެރޭގައި ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު, ފީފާގެ މޮލު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު, ޕްރިމިއާ ލިގު, ޗެމްޕިއަންސް ލީގު, ފީފާ ކްލަބް ވޯލްޑްކަޕް, ޔޫއެފާ ސުޕަރ ކަޕް, ސެރިއާ, ޔޫއެފާ ނޭޝަންސް ލީގު އަދި ޔޫރޯ 2016 ގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އިންޑިވިޖުއަލް ގިނަ އެވޯޑްތަކެއް ހިމެނެ އެވެ.

މިހާތަނަށް 1300 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ރޮނާލްޑޯ ވަނީ 970 ލަނޑު ޖަހާފަ އެވެ. އެހެންކަމުން ސައުދި އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ ރޮނާލްޑޯ އަށް 1000 ލަނޑު ޖެހުމުގެ ޝަރަފު ހޯދުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބިލިއަނަރަކަށްވި އެތްލީޓުގެ ގޮތުގައި ފޯބްސް އިން ފާހަގަކޮށްފައިވާ ރޮނާލްޑޯ ވަނީ އޭނާ މިހާތަނަށް ކުޅެފައިވާ ބޮޑު 11 މުބާރާތުގައި ލަނޑު ޖަހާފަ އެވެ. އުމުރުން 41 އަހަރު ވެފައިވީ ނަމަވެސް ފިޓްނަސް ހިފެހެއްޓުމަށްޓަކައި ދަނޑުން ބޭރުގައި ރޮނާލްޑޯ އަކީ ނަމޫނާ ދައްކާ އެތްލީޓެކެވެ.

މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ.

2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ.

- ގައުމީ ޓީމަށް އެންމެ ގިނަ މެޗު އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް. އެއީ 226 މެޗުގައި 143 ލަނޑު
- 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާ ވަނީ ފަސް ވޯލްޑްކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ
- ޔޫއެފާ ޔޫރޯގައި އެންމެ ގިނަ މެޗު އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް. އެއީ 30 މެޗުގައި 14 ލަނޑު. ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ޕޯޗުގަލް އަށް ކާމިޔާބުކޮށްދީފަ
- ބޮޑު 10 މުބާރާތުގައި އޭނާ ވަނީ ލަނޑު ޖަހާފައި, ވާދަކުރާ އެހެން ކުޅުންތެރިންނަށް ލަނޑު ޖެހިފައިވަނީ 6 މުބާރާތުގައި
- ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖެހި 140 ލަނޑާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް
- އަލް ނަސްރުގައި ޖެހި 100 ލަނޑާއެކު އޭނާ ވެފައިވަނީ ހަތަރު ކްލަބުގައި 100 އަށްވުރެ ގިނަ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް
- ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2016 އަދި 2017 ވަނަ އަހަރު ހޯދި
- 2009 ވަނަ އަހަރު ޖެހި ހިތްގައިމު ލަނޑަށް ވަނީ ފީފާ ޕުސްކަސް އެވޯޑް ލިބިފަ