
ލޫކާ މޮޑްރިޗް
މިޑްފީލްޑަރު

މިޑްފީލްޑަރު
ލޫކާ މޮޑްރިޗް
އޭސީ މިލާން (ކްރޮއޭޝިޔާ)
އުފަން ދުވަސް: 9 ސެޕްޓެމްބަރު 1985
މޮޑްރިޗް އަކީ ވަރަށް ފަރީގު އާއިލާއަކުން އުފެދުނު މޮޅު ކުޅުންތެރިއެކެވެ. ޔޫގޯސްލާވިޔާ ހަނގުރާމައިގެ ތެރޭގައި އޭނާގެ ގެ ސުންނާފަތިކޮށްލުމުން ރެފިއުޖީއެއްގެ ގޮތުގައި ހަތް އަހަރު އުޅެން ޖެހުނެވެ. އަދި އޭނާގެ ފުރަތަމަ ކޯޗު ބުނާ ގޮތުން ކަށިމަތިގަންނާނެ ފައިސާ ނެތުމުން މޮޑްރިޗްގެ ބައްޕަ އޭނާ އަށް ވަކަރުންގާޑެއް ހަދައިދިނެވެ. ނަމަވެސް މި ވާހަކަ މާބޮޑަށް ދެކެވެން ފެށުމުން މޮޑްރިޗް ވަނީ ފަހުން އެކަން ހުއްޓުވައިފަ އެވެ.
ސަބަބަކީ ހިމޭން ދިރިއުޅުމަކަށް ލޯބިކުރާތީ އެވެ. އޭނާ އަކީ ދަނޑުބޭރުގެ ހަރަކާތްތައް މަދު މީހެކެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ ދުރު މީހެކެވެ. އޭނާގެ ބައޯގްރަފީގައި ބުނެފައިވަނީ ކުޑައިރު އުޅެން ޖެހުނީ ހަނގުރާމައިގެ ތެރޭގައި ކަމަށާއި މިހާރު ހަމަޖެހޭ ދިރިއުޅުމެއް ކަމަށެވެ.
މޮޑްރިޗް އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ އެވެ. މިވާނުގައި ގޮސް އެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އޭނާ އެވެ.
އުމުރު މަތިވިޔަސް މިވަގުތު ޔޫރަޕުގައި ހުރި އެންމެ އުފެއްދުންތެރި މިޑްފީލްޑަރެވެ. އެޓޭކް ކުރަން ޖެހުނަސް އަދި ޑިފެންސް ކުރަން ޖެހުނަސް އޭނާ އަކީ ކޮންމެ ކޯޗަކު ޖެހިލުމެއްނެތި އެއްވަނަ ހޮވުމަކަށް ނަގަން އެފަދަ ދެވަނައެއްނެތް މިޑްފީލްޑަރެކެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މޮޑްރިޗް ރެއާލް މެޑްރިޑަށް ގެންދަން އޭނާ އެކުލަބުގައި ހުރިއިރު ބޭނުންވީ މޮޑްރިޗް ގޭމް ބަދަލުކޮށްލާލެއް ރަނގަޅު ކަމުން ކަމަށެވެ. މި ގޮތުން އޭނާއަކީ ހީނުރާ ވަގުތުތަކުގައި ވަރަށް އަވަހަށް ކިލް ޕާސްކުރާ ކުރާ ކުޅުންތެރިއެއް ކަމަށެވެ. އަދި ގޭމް ރީޑް ކުރުން ރަނގަޅު ވެފައި މެޗުގެ އެންމެ ނާޒުކު ވަގުތުތަކުގައި މެދުތެރެ އާއި ފަހަތް އަދި ކުރި ގުޅުވައިދިނުމުގައި އެފަދަ ދެވަނަ އެއްނެތް މިޑްފީލްޑަރެއް ކަމަށެވެ.
2012 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު މޮޑްރިޗް ވަނީ ލަލީގާގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް 2016 ވަނަ އަހަރު ހޯދައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ.

2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ.

ރެއާލް މެޑްރިޑަށް ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން
ކުޑައިރު އުޅުނީ ރެފިއުޖީ ކޭމްޕެއްގައި
އޭސީ މިލާނަށް ބަދަލުވީ ކުޑައިރުއްސުރެ ސަޕޯޓް ކުރާ ކުލަބަކަށް ވުމުން
ގައުމީ ޓީމަށް ކުޅުނު އަދަދު: 196
ޖެހި ގޯލު: 28
އަހަރީ އާމްދަނީ: 7.4 މިލިއަން ޔޫރޯ