
ކިލިއަން އެމްބާޕޭ
ފޯވާޑް

ފޯވާޑް
ފްރާންސްގެ ޕެރިހަށް އުފަން ކިލިއަން އެމްބާޕޭ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން އޭނާ ވަނީ އިޑިވިޖުއަލް އެތަކެއް އެވޯޑެއް ހޯދާފަ އެވެ.
އެމްބާޕޭގެ ފުޓްބޯޅަ ހަޔާތް ފަށާފައިވަނީ އޭނާގެ ބައްޕަ ވިލްފްރެޑްގެ ކޯޗު ކަމުގެ ދަށުގައި ޕެރިހުގެ އާދައިގެ ކްލަބެއް ކަމުގައިވާ އޭއެސް ބޮންޑީ އިންނެވެ. އޭގެ ފަހުން ކްލެއަރފޮންޓޭންގެ އެކަޑަމީ އާއި ގުޅި ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުގެ ޝައުގުވެރިކަން އެމްބާޕޭއަށް ވަނީ ލިބިފަ އެވެ. ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސްގެ މޮނާކޯ އާއި ގުޅި އެ ކްލަބުގެ ފުރަތަމަ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އެމްބާޕޭއަށް ވަނީ ލިބިފަ އެވެ.

މޮނާކޯގައި އެމްބާޕޭގެ ވިދުން ގަދަވެ 2017 ވަނަ އަހަރުގެ ފްރެންޗް ލީގު މޮނާކޯ އަށް ކާމިޔާބުކޮށްދީ އެ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް މޮނާކޯ ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ އެމްބާޕޭ އެވެ. އޭގެ ފަހުން އޭނާ ވަނީ 150 މިލިއަން ޔޫރޯގެ ފީއަކަށް ދުނިޔޭގެ ފުޓްބޯޅައިގެ ދެވަނައަށް އޭރު ހެދި އެންމެ އަގުބޮޑު ޓްރާންސްފާގެ ދަށުން ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. އެ ކްލަބާއި ގުޅުނު ފަހުން އައި ތިން ސީޒަނުގައި އެ ކްލަބުގައި ދެއްކި މޮޅު ކުޅުމާއިއެކު 2018 އަދި 2019 ވަނަ އަހަރު ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭނާއަށްވަނީ ލިބިފަ އެވެ.
2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިންގެ މައްޗަށް ފްރާންސް އިން ކުރި ހޯދި ލަނޑު ޖަހާފައިވަނީވެސް އެމްބާޕޭ އެވެ.

· 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑްކަޕްގެ ފައިނަލުގައި އާޖެންޓީނާ ކޮޅަށް ޖެހި ތިން ލަނޑާއެކު އޭނާ ވެފައިވަނީ ވޯލްޑްކަޕްގެ ފައިނަލުގައި އެންމެ ގިނަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. މީގެ ކުރިން ވޯލްޑްކަޕްގެ ފައިނަލުގައި 3 ލަނޑު ޖަހާފައިވަނީ 1966 ވަނަ އަހަރުގެ ފައިނަލުގައި އިންގްލެންޑްގެ ޖިއޮފް ހާރސްޓް އެވެ.
· 18 ޑިސެމްބަރ 2022 ގައި އެމްބާޕޭ ވެގެންގޮސްފައިވަނީ ވޯލްޑްކަޕްގެ ދެ ފައިނަލުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.
· 2026 ގެ ވޯލްޑްކަޕްގައި ފައިނަލުގައި އެމްބާޕޭ ކުޅެފިނަމަ އޭނާ ވެގެންދާނީ ޖެހިޖެހިގެން ވޯލްޑްކަޕްގެ ތިން ފައިނަލުގައި ކުޅޫނު ދެވަނަ ކުޅުންތެރިޔަށެވެ. މީގެ ކުރިން ބްރެޒިލްގެ ކާފޫ ވަނީ 1994, 1998 އަދި 2002 ގެ ފައިނަލުގައި ކުޅެފަ އެވެ.
· އެމްބާޕޭ ވަނީ ވޯލްޑްކަޕްގެ ފަސް މެޗެއްގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.

މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ.

2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ.