
އާލިން ހާލަންޑް
ފޯވާޑް

ފޯވާޑް
އުމުރުން އެންމެ 15 އަހަރުގައި މުޅި ދުނިޔޭގެ ސަމާލުކަން އާލިން ހާލަންޑް އަށް ހުއްޓިގެންދިޔައީ ސަލްބަރގް ގައި އޭނާ ހޭދަކުރި ފުރަތަމަ ސީޒަނުގައި ކުޅުނު 22 މެޗުގައި ޖެހި 28 ލަނޑާއެކުގަ އެވެ. އަދި 2019 ވަނަ އަހަރު ޕޮލެންޑްގައި ބޭއްވި ފީފާ 20 އަހަރުން ދަށުގެ ވޯލްޑްކަޕްގައި ހޮންޑިއުރާސް އަތުން ނޯވޭ 12-0 އިން މޮޅުވި މެޗުގައި ހާލަންޑް ވަނީ 9 ލަނޑު ޖަހާފަ އެވެ.
އޭގެ ފަހުން 2020 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ކުޅުނު 89 މެޗުގައި 86 ލަނޑު ޖަހާފަ އެވެ.

2022 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީ އިން ވަނީ 60 މިލިއަން ޔޫރޯ ދިނުމަށްފަހު ހާލަންޑްގެ ސޮއި ހޯދާފަ އެވެ. މެންޗެސްޓަރ ސިޓީ އާއި ގުޅުމަށްފަހު އޭނާ ވަނީ އެ ކްލަބަށް ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދައިދިނުމަށްފަހު އިނގިރޭސި ޕްރިމިއާ ލިގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ސީޒަނުގައި އެ ކްލަބަށް ހޯދަދީފަ އެވެ.
2026 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކޮލިފައިންގައި ނޯވޭ ކުޅުނު 8 މެޗުގައި ހާލަންޑް ވަނީ ޖުމްލަ 16 ލަނޑު ޖަހާފަ އެވެ.

· ބޮރޫޝިޔާ ޑޯޓްމަންޑްގައި އޭނާ ކުޅުނު ފުރަތަމަ 56 މިނިޓުގެ ތެރޭގައި ވަނީ 5 ލަނޑު ޖަހާފަ އެވެ.
· މެންޗެސްޓަރ ސިޓީއަށް ކުޅުނު ފުރަތަމަ ސީޒަނުގައި ހާލަންޑް ވަނީ ޖުމްލަ 36 ލަނޑު ޖަހާ ޕްރިމިއާ ލީގުގެ ރެކޯޑެއް ހަދާފަ އެވެ. މީގެ އިތުރުން ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 50 ލަނޑާއި 100 ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފަ އެވެ. އޭނާ 50 ލަނޑު 48 މެޗުން ޖަހާފައިވާއިރު 100 ލަނޑު ޖަހާފައިވަނީ 111 މެޗުންނެވެ.
· ޔޫއެފާ ޗެމްޕިއަންސް ލީގުގައި 49 މެޗުން 50 ލަނޑު ޖަހާ އޭނާ ވަނީ އެ މުބާރާތުގައި އެ އަދަދަށް އެންމެ މަދު މެޗުތަކަކުން ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް ހޯދާފަ އެވެ.
· ހާލަންޑް ވަނީ ނޯވޭގެ ގައުމީ ޓީމަށް 46 މެޗުގައި 50 ލަނޑު ޖަހައިދީފަ އެވެ. މި ރެކޯޑާއިއެކު އޭނާ ވެފައިވަނީ 50 އަށްވުރެ މަދު މެޗަކުން 50 ލަނޑު ޖެހި ފަސްވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.
· ހާލަންޑް ވަނީ 2025 ވަނަ އަހަރު ނޯވޭ އަށް ކުޅުނު 9 މެޗުގައި ޖުމްލަ 17 ލަނޑު ޖަހާފަ އެވެ.

މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ.

2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ.