
ގިޔޭރްމާ އޮޗޯއާ
ގޯލްކީޕަރު

ގޯލްކީޕަރު
ގިޔޭރްމާ އޮޗޯއާ އަކީ މެކްސިކޯގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާ ގައުމީ ޓީމަށް ކުޅެނެ ފެށި 2005 ވަނަ އަހަރު އެވެ. އޭނާގެ ފުރަތަމެ މެޗުގައި މޮޅުވީ ހަންގޭރީ އަތުން 2-0 އިންނެވެ.
އޮކޯޗާ އަކީ ވަރަށް ހަމަޖެހިގެން ކުޅޭ އިތުބާރު ކީޕަރެކެވެ. ހާއްސަކޮށް މަތިން ކުޅޭ ބޯޅަތަކަށް އޭނާ ފަރިތަ އެވެ. އޭނާގެ ސައްޕު ތަކާއި ފަހަތުން ކްލިއާ ކުރާ ބޯޅަތަކަކީ ޓީމުގެ ހަމަލާ އުފެއްދުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރާ ބޯޅަތަކެކެވެ. ޑެންމާކުގެ ކުރީގެ ކީޕަރު މައިކަލް ޝުމައިކަލް މިސާލަކަށް ބަލައިގެން ކުޅޭ އަޗޯއާ އަކީ ވެސް ޖެހިލުން ކުޑަ ކީޕަރެކެވެ.
އާއްމުކޮށް އޭނާ ކުޅެނީ 13 ނަންބަރުގަ އެވެ. މިއީ އޭނާ އުފަން ދުވަސް ރަމްޒުކޮށްދިނުމުގެ ގޮތުން އިހްތިޔާރު ކުރި އަދަދެކެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕް މެޗެއް ކުޅުނީ ވެސް 13 ވަނަ ދުވަހެއްގަ އެވެ. އޭނާ އަކީ މިހާރު ކުޅުންތެރިއެއްގެ އިތުރުން ފުޓްބޯޅަ މެނޭޖްމަންޓްގެ ދާއިރާއިން ޖޯހަން ކްރައިފް އިންސްޓިޓިއުޓްއިން ޑިގްރީ ހާސިލް ކޮށްފައިވާ ކީޕަރެއްވެސްމެ އެވެ.
މެކްސިކޯގެ ފުޓްބޯޅައިގައި އޭނާ އަށް ހާއްސަ ރެކޯޑްތަކެއް ވެސްވެ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ތަށި ހޯދި ކީޕަރަކީ އޭނާ އެވެ. ވޯލްޑް ކަޕެއްގައި އެއް މެޗެއްގައި އެންމެ ގިނަ ސޭވް ކުރީ ވެސް އޭނާ އެވެ.

ގައުމީ ޓީމަށް ކުޅުނު އަދަދު: 152
ޖެހި ގޯލު: 0
އަހަރީ އާމްދަނީ: 1.5 މިލިއަން ޑޮލަރު
މިއީ ވޯލްޑް ކަޕުގައި ކުޅޭ ހަ ވަނަ ފަހަރު
ކޮންކާކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ
ކޮންކާކަޕް ގޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރުގެ މަގާމު 2019 އަދި 2023ގައި ހޯދި

މުހައްމަދު ސަލާ ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ އާއިއެކު ފެށިއިރު އޭނާ ކޮޕީ ކުރަމުން ގޮސްފައިވަނީ ރޮނާލްޑޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ޒިނެޑީން ޒިދާން ފަދަ ކުޅުންތެރިއަކަށް ވެވޭތޯ އެވެ.

2002 ވަނަ އަހަރު އިންޓަރނޭޝަނަލްގެ އެކަޑާމީ އިން ފުޓްބޯޅަ ހަޔާތް ފެށި އެލިސަން ބެކާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

އޭނާ އުޅެ ބޮޑުވީ ސްޕޭނަށް ހިޖުރަކުރާ މީހުންގެ މެދުގަ އާއި ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތުން ރަމްޒުކޮށްދެނީ ވެސް ރޮކަފޮންޑާ އެވެ.