

ތައުލީމާއި ސިއްހަތު ފަދައިން ކުޅިވަރަކީ އެންމެންގެ ބައިވެރިވުން ހިއްސާ ކުރާ އެންމެންގެ އެއްޗެކެވެ. މިހެންވެ އިޖްތިމާއީ ކުޅިވަރާއި ވާދަވެރި ކުޅިވަރުތައް ވެސް ތިޔަބޭފުޅުންނާ ހަމަ އަށް ގެނެސްދިނުމަށް ވޭތުވެދިޔަ 48 އަހަރުގެ ތެރޭގައި ޓީވީ މޯލްޑިވްސް ވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ބައެއް މެޗުތައް ދުރަށް ދައްކަން ފެށުމާ ހަމައިން މިފަދަ ފަދަ ބޮޑެތި މުބާރާތްތައް ގެނެސްދިނުމަށްޓަކައި ޕޭ ޓީވީ އޮޕަރޭޓަރުންނާއެކު ޓީވީން ބައެއް ފަހަރު ވަރަށް ވަރުގަދައަށް ކުޅެން ޖެހުނެވެ. އެއީ މެޗުތައް ވަގުތުން ދުރަށް ދެއްކުމަށް ހިނގާ ހަރަދު އަހަރުން އަހަރުން ބޮޑުވަމުންދާތީ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުތައް ވަގުތުން ނުފެނިދާނެ ކަމުގެ ބިރު ބައެއް ފަހަރުތައް މަދެއްނޫން. އެކަމަކު އެއްވެސް އަގަކާ ނުލައި ހިލޭ ސާބަހަށް ދިވެހިންނަށް ފުޓްބޯޅަ ދައްކަން ޓީވީން ފަހަށް ނުޖެހުނީ އާއްމު ފަރުދުންގެ ވިންދާއި އިހުސާސްތައް ވަޒަންކުރެވޭތީ އެވެ. ބޮލަކަށް ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނު ނަމަވެސް ދިވެހި ސަރުކާރުގެ އެއްބާރުލުމާއެކު ޓީވީން މެޗުތައް ދައްކަނީ މިއީ ރައްޔިތުންގެ ޓީވީ އަކަށްވާތީވެ އެކަށީގެންވާ މަންފާ އެއް ނެތި. ބައެއް މެޗުތައް ސްޕޮންސަރެއްގެ އެހީއާ ވެސް ނުލަ އެވެ.
އެކަމަކު ވޯލްޑް ކަޕް ދުރަށް ދެއްކުމުގެ މި ދިގު ދަތުރުގައި ޓީވީ މޯލްޑިވްސް މިހާތަނަށް ހާސިލްކުރި އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ފުޓްބޯޅައަކީ މުބާރާތުގެ ޕާޓްނަރުންނަށް ފައިދާހުރި ގަނޑުކޮށް ވިއްކާލެވޭ އަގުހުރި ވިޔަފާރިއަކަށް ހަދައިދިނުމެވެ. ސްޕޮންސަރޝިޕް ބްރޭންޑްކޮށް ޓީވީން ދުރަށް ދެއްކި އެންމެ ފާހަގަ ކުރެވޭ ވޯލްޑް ކަޕަކީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި މުބާރާތުގެ ކަވަރޭޖެވެ. އެ ކަވަރޭޖްގެ ނަމަކީ ވުވުޒެލާ 2010 އެވެ. މިއީ ދެކުނު އެފްރިކާ މީހުން ދަނޑަށްވަދެ ފޯރި ނަގައި އަޑުހަރުކުރަން ބޭނުންކުރި އާލާތަލަށް ކިޔާ އުޅުނު ނަމެކެވެ. ސްޕޮންސަރުންނާއި ގިނަ ބަޔަކަށް މިނަން ކަމުގޮސް ވުވުޒެލާ ކަވަރޭޖް އަދިވެސް އެތައް ބައެއްގެ ހަނދާނުގައި އެވަނީ ފުޓްބޯޅަ މާކެޓް ކުރުމަށް ޓީވީން ގެންގުޅުނު ޓެކްޓިކްސް މޮޅުކަމުންނެވެ.

މި ފަހަރުގެ މުބާރާތުގެ ޝިއާރަކީ ވީއާ ޓުވެންޓީ ސިކްސް އެވެ. މި ބުނަނީ ވަރަށް ތެދުވާހަކަ އެކެވެ. އަހަރުމެން ކޮންމެ މީހަކީ ވެސް މި މުބާރާތުގެ ބައިވެރިއެކެވެ. ކޮންމެވެސް ސިފައެއްގައި ވޯލްޑް ކަޕުގައި އަހަރުމެން އެންމެންގެ ބައިވެރިވުން ވެސް އެބައޮތެވެ. ހާއްސަކޮށް މުބާރާތުގެ ސްޕޮންސަރުންނަކީ މި މުބާރާތުގެ އެންމެ މުހިންމު ބައިވެރިން. ޓީވީން މިހާތަނަށް ވޯލްޑް ކަޕް ދައްކަން ފެށީއްސުރެ އެންމެ ގާތުގައި ތިއްބަވަނީ ސްޕޮންސަރުން. އެންމެ ބޮޑު އެހީތެރިކަމެއް ދެއްވައި، އެންމެ ބޮޑު ހޭދައެއް ކުރެއްވި ބަޔަކީ މުބާރާތުގެ ސްޕޮންސަރުންނެވެ.
ވޯލްޑް ކަޕް ފަދަ މުބާރާތްތަކަށް ޓީވީން މިހާބޮޑަށް އަހަންމިއްޔަތު ކަމެއް ދެމުން އަންނަނީ ސަބަބެއް ނެތިއެއްނޫނެވެ. ކުޅިވަރަކީ ގައުމީ ރޫހާއި ޖޯޝުން ފުރިފައިވާ އިޖްތިމާއީ ހަރަކާތަކަށްވުމުން. ކުޅިވަރުގެ ފޯރިން އެއްވެސް ދިވެއްސަކު މަހުރޫމްވުމަށް ތިޔައިގެ އެއްވެސް ބޭފުޅަކު ބޭނުން ނުވާތީ އެވެ. ކުޅިވަރާ ނުލައި ދިވެހިންގެ ހިތަކު ވިންދެއް ވިންދެއްނުޖެހާނެކަން ޓީވީ އާއި ޕިއެސްއެމަށް ވަރަށް ސާފުކޮށް އެނގޭތީ އެވެ. އެ އިހުސާސް ނެތި އިންސާނާގެ ފުރާނަ އަށް ދިރިދެމިނުހުރެވޭނެ އެވެ. ކުޅިވަރަށް މީހުން ލޯ ހުޅުވައިދީ ކުޅިވަރު ކުރިއަރުވައި ޕްރޮމޯޓްކުރުމަށް ރާއްޖޭގައި އަދާ ހަމަ އަށް އެންމެ ފުޅާ ހިދުމަތްތަކެއް ކުރި ބަޔަކީ ތިޔަބޭފުޅުންގެ ޗެނަލް ޕީއެސްއެމް އެވެ.

ސަބަބަކީ އެމެރިކާ އާއި ކެނެޑާއަށް އެތެރެވާން އުފުލަންޖެހޭ ތަކުލީފު އެކަންޏެއް ނޫނެވެ. އެނބުރި ގައުމަށް އައުމުން ހައްޔަރު ކޮށްފާނެ ކަމުގެ ބިރު ވެސް ބޮޑީ އެވެ.


އެންމެ ހަނގު ކުޅުންތެރިޔާ ފެންނާނީ މެކްސިކޯއިން، އެންމެ މުސްކުޅީ ސްކޮޓްލެންޑް ކީޕަރު